ކ. މާލެ
|
18 މާރޗް 2020 | ބުދަ 08:13
9 މަހުގެ ތުއްތު ދަރިފުޅު ކެސިއަން
9 މަހުގެ ތުއްތު ދަރިފުޅު ކެސިއަން
ސްކައި ނިއުސް
ކޮވިޑް-19
ކޮވިޑް-19: 9 މަހުގެ ދަރިފުޅު ޝައްކު ކުރެވޭ ކޭސްއަކަށް ވުމުން ހައިރާންވި ވަރުން މަންމަ ފެށީ ހޭން!
 
ދެމަފިރިންނަށް އިރުޝާދު ދިނީ ގޭގައި ސެލްފް އައިސޮލޭޓްކޮށް، 2 ހަފްތާ ވަންދެން ކެސިއަންއަށް ފަރުވާދިނުމަށް
 
އުމުރުގެ ކުދިންގެ ކިބައިން ފެންނަ ބައެއް އަލާމަތްތަކުން ޝައްކު ކުރެވޭ ގިންތީގައި ހިމެނޭ
 
މިއީ އިނގިރޭސިވިލާތުގައި ހިނގި ހާދިސާއެއް

އިންސާނީ ޖަޒުބާތު ތަކަކީ ވަރަށް ތަފާތު އެއްޗެކެވެ. އުފާވެރިކަމާއި، ދެރައާއި، ބިރުގަތުންފަދަ އިހުސާސްތަކަކީ އެކި މީހުން އެކި ގޮތައް ބޭރުކުރާ އިހުސާސް ތަކެކެވެ. ބައެއް މީހުންނަށް މާ އުފާވާ ކަމެއް ދިމާވުމުން އުފަލުން ގޮސް ރޮވޭއިރު، އަނެއްބައި މީހުން ދެރަވުމުން އިންތިހާއަށް ރުޅިގަދަވެއެވެ. ބައެއް ފަހަރު ދެރަވެ، ޖަޒުބާތުތައް އިންތިހާއަށް އަސަރުކުރާ ކަމެއް ދިމާވުމުން ހުނުމަކީވެސް ބައެއް މީހުން ކޮށްއުޅޭ ކަމެކެވެ. މިފަހަރުވެސް މީ އެކަހަލަ ހާދިސާއެކެވެ.

މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ނުރައްކަލެއްކަމަށްވާ ކޮވިޑް-19 ގެ ބިރުވެރިކަން މިފަހަރު ތަހައްމަލު ކުރަން ޖެހުނީ 9 މަހުގެ ތުއްތު ދަރިއަކު ބަލަމުން އަންނަ ދެމަފިރިންނަށެވެ. ކޯޓީސްއާއި އޭނާގެ ފިރިމީހާ ކެލަމްއަށް ކޮވިޑް-19 ގެ ބިރުވެރިކަން ތަޙައްމަލު ކުރަން ޖެހުނީ 9 މަހުގެ ތުއްތު ދަރިފުޅު ވައިރަސްއަށް ޝައްކު ކުރެވޭ ގިންތީގައި ހިމެނުނު ހިސާބުންނެވެ. އެކަން އެނގުނު ވަގުތު ލިބުނު ހައިރާންކަމުގައި ކޯޓީސްއަށް ހޭން ފެށުނީ ހަމަ ބޭއިޚުތިޔާރުގައެވެ. އެކަން ހިނގި ގޮތް އޭނާ ވަނީ ބޭރުގެ މީޑިއާއަކަށް ކިޔާދީފައެވެ.

ކެސިއަންއާއި އޭނާގެ މަންމަ ކޯޓީސް އަދި ބައްޕަ ކެލަޕް

އިނގިރޭސިވިލާތުގައި ހިނގި މި ހާދިސާއާ ގުޅޭގޮތުން ސްކައި ނިއުސްގައި ރިޕޯޓުކޮށްފައިވާ ގޮތުން ކޯޓީސްއާއި އޭނާގެ ފިރިމީހާ އުމުރުން 9 މަހުގެ ތުއްތު ދަރިފުޅު ކެސިއަން ގޮވައިގެން ޑޮކްޓަރަށް ދައްކަން ދިޔައީ ހުންއައިސް ރޯގާގެ އަލާމަތްތަކެއް ފެނިގެންނެވެ. އެގޮތުން ކުރިންވެސް ފުއްޕާމޭގެ މައްސަލަތަކެއް ކުރިމަތިވެފައިވާތީ ޑޮކްޓަރަށް ދައްކަން ދިޔައީއެވެ.

ނަމަވެސް ޑޮކްޓަރަށް ދެއްކުމުން ގެންގޮސް ބޭތިއްބި ވެއިޓިންގ ރޫމްގައި ބޮޑު އަކުރުން " ސަސްޕެކްޓަޑް ކޭސް" އޭ ޖަހާފައި އޮތުމުން ދެމަފިރިން ކޮންމެސް ވަރަކަށް ހިތް އަވަސްވެގެން ދިޔައެވެ. އެހިސާބުން ޑޮކްޓަރު މާސްކެއް އަޅައިގެން ހުރެ ކައިރިއަށް އައިސް ތުއްތު ކެސިއަން އިތުރަށް ބެލުމަށްފަހު، އެއީ ކޮރޯނާވައިރަސްއަށް ޝައްކު ކުރެވޭ ކޭސްއެއްކަމަށް ބުންޏެވެ.

ކެސިއަންގެ މަންމަ ބުނި ގޮތުގައި އެވަގުތު ބުނާނެ އެއްޗެއް ނޭނގިގެން ދެމަފިރިންނަށްވެސް ހެވުނީ އެ ދަނޑިވަޅުގައި "ރިއެކްޓް" ކުރާނެ ގޮތެއް ނޭނގިގެންނެވެ. ލިބުނު ބޮޑު ހައިރާން ކަމުންނެވެ. އެ ދެމަފިރިން ބޭރަށް ނުގޮސް އަބަދު ގޭގައި ތިބޭއިރު، 9 މަހުގެ ތުއްތު ކެސިއަން ވައިރަސްއަށް ޝައްކުކުރެވުނުކަމުގެ ޚަބަރު ލިބުމުން ދެމަފިރިންނަށްވެސް ރިއެކްޓު ކުރާނެ ގޮތެއް ނޭނގުނީއެވެ. ކެސިއަންއަށް ވައިރަސް ޖެހެންވީ ކީއްވެތޯ ސުވާލު އުފެދުނީއެވެ. ހައިރާންކަމާއި ލިބުނު ޝޮކުގެ ބޮޑުކަމުންނެވެ.

ކެސިއަންގެ ޙާލު މިހާރު އަންނަނީ ރަނގަޅުވަމުން

އެކަމަކު ވައިރަސްއާ ގުޅިގެން އިވިފައި ހުރި ވާހަކަތަކުން އިސާހިތަކު އެ ދެމަފިރިންވެސް ނުހަނު ބިރުގަތެވެ. ނަމަވެސް ޑޮކްޓަރުގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަން އެއީ ލިބިގެން ދިޔަ ބޮޑު ހިތްވަރެއްކަމަށް އެ ދެމަފިރިން މިހާރު ސިފަ ކުރެއެވެ. އެގޮތުން އެ އުމުރުގެ ކުދިންގެ ކިބައިން ފެންނަ ބައެއް އަލާމަތްތަކުން ވައިރަސްއަށް ޝައްކު ކުރެވޭ ގިންތީގައި ހިމެނޭ ކަމަށާއި، މާހައުލުގައި އުޅޭ ކަންކަމުގެ އަސަރު ތުއްތު ކުދިންނަށް ފަސޭހައިން ކުރާނެކަމަށް ޑޮކްޓަރ ބުނެފައިވެއެވެ.

ކެެސިއަން ކިބައިން ވައިރަސްގެ އިތުރު އަލާމާތެއް ނުފެނޭ

ޑޮކްޓަރު އެ ދެމަފިރިންނަށް އިރުޝާދު ދިނީ ގޭގައި ސެލްފް އައިސޮލޭޓްކޮށް، 2 ހަފުތާ ވަންދެން ކެސިއަންއަށް ފަރުވާދިނުމަށެވެ. މިހާރު އެގޮތަށް އެ ދެމަފިރިން އަމަލުކުރަމުންދާއިރު، ކެސިއަންގެ ކިބައިން ބައްޔަށް ޝައްކު ކުރެވޭ އިތުރު އަލާމާތެއް ފެނިފައެއް ނުވެއެވެ. އަދި އޭނާގެ ޙާލުވެސް އަންނަނީ ރަނގަޅުވަމުންނެވެ.

އެ ދަނޑިވަޅުގައި ޑޮކްޓަރުގެ ކިބައިން ލިބުނު އެހީތެރިކަން ފާހަގަކޮށް ކެސިއަންގެ މައިންބަފައިން ބުނީ، ކޮންމެ ބެލެނިވެރިއަކުވެސް އެކަމަށް ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށެވެ. ކުޑަ ކުއްޖެއްގެ ކިބައިން ބަލީގެ އަލާމާތެއް ފެނުނު ކަމުގައިވިޔަސް އެހާ އަވަހަށް މީހާ ހާސްވެ ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިގެން ދިއުމުގެ ބަދަލުގައި އެކަށީގެންވާ ރަނގަޅު ފަރުވާ ހޯދުން އަވަސް ކުރުމަށެވެ. އިވޭ ހުރިހާ މައުލޫމާތެއް ޙަޤީޤަތެއްކަމަށް ޤަބޫލުކޮށްގެން ބިރުވެރިކަމެއްގެ ތެރޭގައި ނުތިބެ، ވައިރަސްގެ ސައްޙަ މައުލޫމާތު ހޯދުމަށް ހުރިހާ ބެލެނިވެރިންގެ ކިބައިންވެސް އެދޭ ކަމަށެވެ. މި ވައިރަސްއަކީ އެކަށީގެންވާ ރަނގަޅު ފަރުވާއާއި، ސިއްޙީ ފިޔަވަޅުތަކާއެކު އެއިން ރައްކާތެރި ވުމުގެ ފުރުސަތު ބޮޑު ވައިރަސްއެއްކަން ހުރިހާ އެންމެންވެސް ހަނދާން ކުރުމަށް އެ ދެމަފިރިން އެދިފައިވެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
18%
59%
8%
3%
10%
3%
ކޮމެންޓް