ކ. މާލެ
|
18 މާރޗް 2020 | ބުދަ 00:54
މަތިން ތިރިއަށް (ކ) އިޑްރިސް އެލްބާ، ޓޮމް ހޭކްސްއާއި ރީޓާ ވިލްސަން، ރޫޑީ ގޮބަރޓް (މެދު) މިކެލް އާޓޭޓާ، ޖަސްޓިން އަދި ސޯފީ ޓްރޫޑޯ، (ވ)  ޕީޓާރ ޑަޓަން، ސްޕެއިންގެ ރަސްގެފާނާއި ރާނީ އަދި ކެލަމް ހަޑްސަން-އ
މަތިން ތިރިއަށް (ކ) އިޑްރިސް އެލްބާ، ޓޮމް ހޭކްސްއާއި ރީޓާ ވިލްސަން، ރޫޑީ ގޮބަރޓް (މެދު) މިކެލް އާޓޭޓާ، ޖަސްޓިން އަދި ސޯފީ ޓްރޫޑޯ، (ވ) ޕީޓާރ ޑަޓަން، ސްޕެއިންގެ ރަސްގެފާނާއި ރާނީ އަދި ކެލަމް ހަޑްސަން-އ
ރާއްޖެއެމްވީ
ކޮވިޑް-19
ކޮވިޑް-19: މިހާތަނަށް ޕޮޒިޓިވްވެފެއިވާ ސިޔާސީ ފަރާތްތަކާއި އެހެނިހެން ފަންނާނުން
 
194،000 އަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި

މުޅި ދުނިޔޭގައި ބާރުކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ބިރު އެންމެނަށް ވެސް އަބައޮތެވެ. ވަކި ނަސްލެއް އަދި ޝަހްހިއްޔަތަކަށް ނުބަލާ މި ވައިރަސް ދަނީ ފެތުރެމުންނެވެ.

އެގޮތުން ގައުމުތަކުގެ ލީޑަރުންނާއި ކުޅިވަރާއި މުނިފޫހިފިލުމުގެ ދާއިރާގެ މަޝްހޫރު ފަންނާނުންވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވެއެވެ.

ސިޔާސީ ފަރާތްތައް

  • ސިޔާސީ މައިދާނަށް ބަލާއިރު ކޮރޯނާ ވައިރަސްއާ ގުޅިގެން މިހާތަނަށް ކަރަންޓީނުކޮށްފައިވާ ގައުމެއްގެ އެންމެ އިސް ލީޑަރަކީ ކެނެޑާގެ ބޮޑު ވަޒީރު ޖަސްޓިން ޓްރޫޑޯއެވެ. އެ މަނިކުފާނު 14 ދުވަހަށް ކަރަންޓީނުކޮށްފައިވަނީ އަނބިކަނބަލުން، ސޯފީ ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުންނެވެ.
  • ސްޕެއިންގެ ރަސްގެފާނު ފިލިޕް VI އާއި އަނބިކަނބަލުން، ރާނީ ލެޓީޒިއާ، ކޮވިޑް-19 އަށް ނެގެޓިވްވި ނަމަވެސް ތިއްބެވީ މޮނީޓަރިންގައެވެ.
  • އިރާންގެ ސަރުކާރުގެ ގިނަ ފަރާތްތައް ވެސް ވައިރަސްއަށް ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރޭގައި ނައިބު ރައީސް އާއި ހެލްތު މިނިސްޓަރުގެ ނައިބު ހިމެނިވަޑައިގަންނަވައެވެ.
  • ސްޕެއިންގެ އީކުއަލިޓީ މިނިސްޓަރ އައިރީން މޮންޓެރޯ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، އެކަމަނާއާއި ލޯބިވެރިޔާ، އެ ގައުމުގެ ބޮޑު ވަޒީރުގެ ނައިބު ޕަބްލޯ އިގްލީސިއަސް ވަނީ ކަރަންޓީނު ކުރެވިފައެވެ.
  • ފްރާންސްގެ ކަލްޗަރ މިނިސްޓަރ ފްރޭންކް ރައިސްޓަރ ވެސް ވަނީ ޕޮޒިޓިވްވެފައެވެ.
  • ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން އޮސްޓްރޭލިއާގެ ކުރީގެ ހޯމް އެފެއާޒް މިނިސްޓަރ ޕީޓާރ ޑަޓަން ވަނީ ހޮސްޕިޓަލްގައި އެޑްމިޓް ކުރެވިފައެވެ.

ކުޅިވަރު

  • އޭސެނަލްގެ މެނޭޖަރ، މިކެލް އާޓޭޓާ
  • ޗލްސީގެ ކެލަމް ހަޑްސަން-އޮޑޮއި
  • ޔުވެންޓަސްގެ ޑެނިއަލް ރުގާނީ
  • ކްލަބް ވެލެންސިއާގެ ފަސް ކުޅުންތެރިން
  • އެމެރިކޭގެ އެންބީއޭގެ ޔުޓާ ޖޭޒްގެ ދެ ކުޅުންތެރިން: ރޫޑީ ގޮބަރޓްއާއި ޑޮނޮވަން މިޗެލް
  • ސައިކްލިސްޓުން ފަނެންޑޯ ގަވީރިއާ (ކޮލޮމްބިއާ) އާއި ޑިމިޓްރީ ސްޓަރަކޯވް (ރަޝިއާ)

މުނިފޫހި

  • އެމެރިކާގެ ފިލްމީ ތަރި ޓޮމް ހޭންކްސްއާއި އޭނާގެ އަންހެނުނ ރީޓާ ވިލްސަން ކޮވިޑް-19 އަށް ޓެސްޓްކޮށް ޕޮޒިޓިވްވެފައިވަނީ އޮސްޓްރޭލިއާގައި، ދެ މީހުންވެސް ވަނީ ކަރަންޓީނުގައެވެ.
  • އިނގިރޭސިވިލާތަށް ނިސްބަތްވާ ފިލްމީ ތަރި އިޑްރިސް އެލްބާ؛ އެލްބާ ބުނީ އޭނާ ކޮވޮޑް-19 އަށް ޓެސްޓް ކުރީ އޭނާ ދަތުރުކޮށްފައިވާ ސަރަހައްދުތަކުން މީހުން ޕޮޒިޓިވްވެފައިވާކަން އެނގުމުންކަމަށާއި އޭނާގެ އެއްވެސް އަލާމާތެއް ހުރެގެން ނޫންކަމަށެވެ.
  • ތައިލެންޑްގެ ޓީވީ ތަރި މެތިއު ޑީން
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
29%
0%
71%
0%
0%
0%
ކޮމެންޓް