ކ. މާލެ
|
17 މާރޗް 2020 | އަންގާރަ 07:13
ކޮވިޑް-19 އާ ގުޅިގެން އެކި ޤައުމުތަކުން ދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުން
ކޮވިޑް-19 އާ ގުޅިގެން އެކި ޤައުމުތަކުން ދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުން
ޓްވިޓަރ
ކޮވިޑް-19
ކޮވިޑް-19: ބޭނުމީ ތިބާގެ އަމަލުތަކުން އެތައްބަޔަކު ނުރައްކަލަކަށް ވައްޓާލަންތޯ؟
 
ބައެއް މުވައްޒަފުން އޮޅުވާލައިގެން އަމިއްލަ ރަށައް ފުރައިގެންދާކަން ފާހަގަކުރެއްވި
 
ކަރަންޓީން ކޮށްފައިވާ ބައެއް ފަރާތްތަކުން އުސޫލުތަކަށް ބޯނުލަނބާކަމަށް ޑޮކްޓަރ ވިދާޅުވި
 
މި ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދޭ

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ނުރައްކާތެރި ރޯގާއެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކޮވިޑް-19 ފެތުރެމުންދާ ގިނަ ޤައުމުތަކަށް ނަޒަރު ހިންގާލުމުން ފެންނަނީ އެޤައުމެއްގެ ސަރުކާރުން ކުރީބައިގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުން ލަސްވުމުގެ ސަބަބުން ޤައުމުގެ ރައްޔިތުން ބޮޑު ނުރައްކަލަކަށް ވެއްޓިގެންދިޔަ މަންޒަރެވެ. ނަމަވެސް މި ބަލިމަޑުކަމުން އަރައިގަތުމަށް ކެނޑިނޭޅި ދިވެހި ސަރުކާރުން މިދަނީ ހަރުދަނާ ފިޔަވަޅުތަކަކާއި މަސައްކައްތަކެއް މާކުރިން ފެށިގެން އަޅަމުންނެވެ. ކޮންމެދުވަހަކު ޓީވީ ތަކުންނާއި ސޯޝަލް މީޑިޔާ މެދުވެރިކޮށް އެތައް މައުލޫމާތުތަކެއް ރައްޔިތުންނާ ހިއްސާކުރަމުންނެވެ. މި ބަލިމަޑުކަމުން އަރައިގަނެވޭނީ ދިވެހި ސަރުކާރު އަންގާ އެއްގުންތަކަށް ޚުދު އަޅުގަނޑުމެން ކިޔަމަންތެރިކަމާކު ބޯލަނބައިގެންނެވެ.

އެގޮތުން މާރޗް 16 ވަނަ ދުވަހު އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް އެޗްޕީއޭގެ އެޕިޑަމޮއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ތަކުރާރުކޮށް ދިވެހި އެންމެހާ ރައްޔިތުން ގާތު އެދިވަޑައިގަތީ އަމިއްލަ ފަރުދީ ޒިންމާ އަދާކުރުމަށެވެ. މި ބައްޔާމެދު ފަރުވާކުޑަ ނުކުރުމަށެވެ. ހަމައެކަނި ސަރުކާރުން މަސައްކަތްކޮށްގެން މި އަނދަވަޅުން އަރައިނުގަނެވޭނެ ކަމެވެ. އެގޮތުން ޑރ ވިދާޅުވީ، ބަލިވުމުގެ ސަބަބުން ކަރަންޓީން ކޮށްފައިވާ ބައެއް ފަރާތްތަކުންވެސް ސަރުކާރުން އެންމެހައި ފަރުދުންގެ ރައްކާތެރިކަމަށް އަޅާފައިވާ ބައެއް ފިޔަވަޅުތަކައް ބޯނުލަނބާ ވާހަކައެވެ. އެކަން ސަމާލުކަމަށް އައިސްފައިވާ ވާހަކައެވެ.

ކަރަންޓީން ކުރެވޭ މީހުން މާނައަކީ އެއްވެސް އަލާމާތެއް ނެތް މީހުން. ދެން ހަގީގަތުގައި ހީވަނީ އަލާމާތެއް ނެތިއްޔާ ގެއިން ބޭރަށް ނުނިކުމެ ކީއްކުރަންހޭ ހުންނަންވީ. އަދި ކަރަންޓީން ކޮށްފައިވާ ބައެއްބޭފުޅުން ބޭރުގައި އުޅޭކަމުގެ ޚަބަރުވެސް އެކި ދިމަދިމާލުން ލިބޭ. އެކަމަކު ކިހިނެއްތޯ އެއިގެން ކޮންމެ މީހެއެއްގެ ފަހަތުގައި ސިފައިންގެ މީހަކު ބަހައްޓާނީ
އެޕިޑަމޮއޮލޮޖިސްޓް ޑރ.އިބްރާހިމް އަފްޒަލް
ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

އޭގެ އިތުރުން، ރިސޯޓުތަކުގައި މަސައްކަތް ކުރަމުންދާ ބައެއް މުވައްޒަފުންވެސް އޮޅުވާލައިގެން އަމިއްލަ ރަށައް ފުރައިގެންދާ ކަމަށް މައުލޫމާތު ލިބޭކަމަށްވެސް ޑރ. އަފްޒަލް ވިދާޅުވިއެވެ. ނަމަވެސް މިގޮތަށް ކަންތައްކުރުމުން ތިބާއާ ތިބާ ވަށައިގެންވާ އެތައްބަޔަކު ހުށައެޅިގެން އެ ދަނީ ނުރައްކަލަކަށް ނޫންތޯއެވެ. އެގޮތަށް ކަންތައް ހިނގަމުންދާނަމަ އަމިއްލަ އާއިލާއާއި ގާތް ތިމާގެ މީހުންނަށް އެހީތެރިވުމަށް ދާ މީހާގެ ފަރާތުން މުޖުތަމައުގެ އެހެން މީހުންނަށް މުސީބާތެއް ކުރިމަތިވުން ގާތެވެ.

ތެދެކެވެ. އެންމެންގެ ރައްކަލަކަށް އަޅާފައިވާ މިފަދަ ފިޔަވަޅުތަކަށް ރައްޔިތުން ބޯލަނބާކަން ކަށަވަރު ކުރުމަކީ ކަމާބެހޭ ފަރާތްތަކުގެ ޒިންމާއެއް ނަމަވެސް، ކޮންމެ ރައްޔިތެއްގެ ފަހައި މުއައްސަސާތައް ދުވުމަކީ ނާދިރު ކަމެކެވެ. ޤާނޫނުތަކަކާއި ޤަވާއިދުތަކެއް ހެދިފައި ހުންނަނީ ވަކި ބޭނުމަކުއެވެ. ވީއިރު، ހެދިފައި ހުންނަ ޤާނޫނުތަކާއި އުސޫލުތަކަށް ކިޔަމަންވުމަކީ މި ދަނޑިވަޅު އެންމެ ބުއްދިވެރި ގޮތެވެ.

މިވަރު ދަނެގެން ނޫނީ އަޅުގަނޑުމެންނަކަށް މިކަމަކުން އަރައެއްނުގަނެވޭނެއެވެ. މިއީ ބަލިވާ މީހާ މުޖުތަމައުން ދުރުކުރުން ނުވަތަ އެކަހެރިކޮށްލުންކަމަށް ނުދެކި، މިއީ މި ބަލީގެ ނުރައްކާތެރިކަމާއި، ބާކީ ތިބި ތިބާގެ އަޚުންނާއި އުޚުތުންގެ ރައްކާތެރިކަމާމެދު ވިސްނަންވީ ވަގުތެވެ.

މިއީ މިކަމުގައި ހުރިހާ ރައްޔިތުން އަތުކުރި އޮޅާލާ ނުކުންނަންވީ ވަގުތުނުންތޯއެވެ! މިވަގުތަކީ ތިބާގެ އާއިލާއާ މި ދިވެހި ފަސްގަނޑު ތިބާގެ ނޭދެވޭ އަމަލަކުން ބުނަންވެސް ނޭންގޭހާ ބޮޑު ނުރައްކަލަކަށް ވެއްޓިދާނެ ފަދަ ނާޒުކު ވަގުތެކެވެ. ވުމާއެކު އެންމެންވެސް މިކަމަށް ސަމާލުވެ ފަރުދީ ޒިންމާ އަދާކުރަން އެބަޖެހެއެވެ.

އަބަދުވެސް ދުއާ އަކީ ދިވެހި ޤައުމު އަމާންކަމާއި ރައްކާތެރިކަން މަތީ ދެމި އޮތުމެވެ.

އިލާހީ މި ބިން، ކުރައްވާނދޭ ޢަމާން، މި އަޅާގެ އުފަން، ދިވެހިންގެ މި ބިން، ތިބާ ހަޒްރަތުން، އޮހޭ މަދަދުން، ފިލާ ނުމެދާ ދިވެހިންގެ މި ބިން
މަޝްހޫރު ޅެންވެރިޔާ އަބްދުއްރަޝީދު ހުސައިންގެ ޅެމެއްގެ ބައިތެއް
Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
100%
0%
0%
0%
0%
ކޮމެންޓް