ކ. މާލެ
|
17 މާރޗް 2020 | އަންގާރަ 00:17
އިދްރީސް އެލްބާ
އިދްރީސް އެލްބާ
އިންސްޓަގްރާމް
ކޮވިޑް-19
ކޮވިޑް-19: އިދްރީސް އެލްބާ ވައިރަހަށް ޕޮސިޓިވް!
 
މިކަން ހާމަކޮށްފައިވަނީ އޭނާގެ އޮފިޝަލް ޓްވިޓަރ އެކައުންޓުން

ހޮލީވުޑްގެ މަޝްހޫރު އެކްޓަރ އިދްރީސް އެލްބާ ކޮވިޑް-19 އަށް ޕޮސިޓިވް ވެފައިވާކަމަށް އޭނާ ބުނެފިއެވެ.

މިކަން އޭނާ ހާމަކޮށްފައިވަނީ އޭނާގެ އޮފިޝަލް ޓްވިޓަރ އެކައުންޓުގައެވެ. ވައިރަހަށް ޕޮސިޓިވްވިކަން ހާމަކޮށް އޭނާ އާއްމުކުރި ވީޑިއޯގައި ބުނީ ވައިރަހަށް ޕޮސިޓިވް ވި ނަމަވެސް އޭނާގެ ހާލަތު ރަނގަޅުކަމަށެވެ. އަދި ވައިރަހަށް ޝައްކުކުރެވުނު ހިސާބުން އޭނާ ހުރީ އައިސޮލޭޝަންގައި ކަމަށް އޭނާ ބުންޏެވެ.

އުމުރުން 47 އަހަރުގެ އެލްބާއަކީ އާއްމުންގެ ތެރޭގައި މަޝްހޫރު ގިނަ ފިލްމުތަކުން ފެނިފައިވާ ތަރިއެކެވެ. އެގޮތުން ސްޓްރިންގަރ ބެލް އާއި ލޫތަރ މަންޑޭލާގެ ހަޔާތުގެ މައްޗަށް ކުޅެފައިވާ ނެލްސަން މަންޑޭލާ ފިލްމުން ފެނިގެން ގޮސްފައިވެއެވެ.

އިދްރީސް އެލްބާ ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް

އޭނާ ވަނީ ގޯލްޑަން ގްލޯބްގެ ބެސްޓް އެކްޓަރ ގެ އެވޯޑަށް 4 ފަހަރު ނޮމިނޭޓްވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް