ކ. މާލެ
|
16 މާރޗް 2020 | ހޯމަ 18:18
ދިރާގު
ދިރާގު
ދިރާގު
ދިރާގު
ދިރާގުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލުޔެއް
 
ޕިކްސްޑް ބްރޯޑްބޭންޑްގެ ޕެކޭޖުތަކުގެ މަހު ފީ އިން %25 ޑިސްކައުންޓު ދިނުމަށް ނިންމާފައިވޭ

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލުޔެއް ދިނުމުގެ ގޮތުން ދިރާގުން ޚާއްސަ ޑިސްކައުންޓްތަކެއް ދޭން ނިންމައިފިއެވެ.

ދިރާގުން ބުނީ ބިޒްނަސް ޕިކްސްޑް ބްރޯޑްބޭންޑްގެ ޕެކޭޖުތަކުގެ މަހު ފީ އިން %25 ޑިސްކައުންޓެއް މާރޗު އަދި އޭޕްރިލް މަހަށް ދޭން ނިންމާފައިވާ ކަމަށެވެ. މީގެއިތުރުން ގެސްޓް ހައުސް އިންޓަނެޓް ޕެކޭޖްތަކުގެ މަހުފީ އިން ވެސް %25 ޑިސްކައުންޓް ދޭން ނިންމާފައިވާކަމަށް އެ ކުންފުނިން ބުނެއެވެ.

ކޮވިޑް-19 އާ ގުޅިގެން ދިރާގުން ދަނީ ކަސްޓަމަރުންނަށް އެކި ގޮތް ގޮތުން ލުއި ފަސޭހަތައް ދިނުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން، ދިރާގުގެ ރެސިޑެންޝަލް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އާދިއްތަ ދުވަހު ވަނީ %30 އިތުރު ޑޭޓާ ދީފައިއެވެ.

މީގެއިތުރުންވެސް ދިރާގުން ވަނީ މޮބައިލް އަދި އިތުރު ކަސްޓަމަރ ސެގްމެންޓްތަކަށްވެސް ލުއި ފަސޭހަތަކެއް ފޯރުކޮށްދިނުމަށް ނިންމާފައެވެ.

ދިރާގުން އަބަދުވެސް ބަލަނީ ޤައުމަށް ކުރިމަތިވާ މިފަދަ ދަނޑިވަޅުތަކުގައި ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުންނަށާ މުޖުތަމައަށް ލުއިފަސޭހަކޮށް ދިނުން ކަމަށް އެ ކުންފުނިން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް
16 މާރޗް 2020 | ހޯމަ 20:31
ާއަދުނާނު ތަބައް
ޚިދުމަތުގެ ފެންވަރު، މި ހާރު މާލަެގެ ގިނަ ގޭގޭތެރޭ ފޯނު ނުކުރެވޭތީ ޖެހެނީ ބޭރަށް ނުކުންނަން ފޯނުކުރަން! އންތަރނެޓްގެ ބޭނުންކުރަން ވެއްޖެނަމަ ޕްރީޕައިޑް ރައުޓަރ ހިފައިގެން މަގުމައްޝ