ބުދަ 01 އޭޕުރިލް 2020
07 ރޭވަ
1441 ޝައުބާން 08
ފަތިސް 04:53
އިރުއަރާ 06:04
މެންދުރު 12:14
އަސްރު 15:12
މަޣްރިބް 18:16
އިޝާ 19:28
ލުއި ޚަބަރު - ކޮވިޑް-19

ކޮވިޑް-19: ފާސްޓް އެންޑް ފިއުރިއަސް ރިލީސް ކުރުން އަންނަ އަހަރަށް ފަސްކޮށްފި

  • ފިލުމު ރިލީސް ކުރުން ކުރިން ރާވާފައި އޮތީ، މިއަހަރުގެ މެއި މަހުގެ 22 ވަނަ ދުވަހަށް
  • މިހާރު ކަނޑައަޅާފައިވަނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ 2 ވަނަ ދުވަހު ފިލުމު ރިލީޒް ކުރަން
  • މިއަހަރު ބޮކްސް އޮފީހަށް ލިބޭ އާމްދަނީވެސް 5 ބިލިއަން ޑޮލަރަށްވުރެ ދަށަށް ދާނެ

ލައިޝާ އަހްމަދު
LailaAhmeds

ކ. މާލެ 16 މާރޗް 2020 | ހޯމަ 08:47 2,176

ފްރެންޗައިޒް ފިލްމު ސީރީޒް- ފާސްޓް އެންޑް ފިއުރިއަސް - ގޫގުލް

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ފްރެންޗައިޒް ފިލްމު ސީރީޒެއް ކަމަށްވާ ފާސްޓް އެންޑް ފިއުރިއަސް ރިލީސް ކުރުން އަންނަ އަހަރަށް ފަސްކޮށްފިއެވެ.

މި ސީރީޒްގެ އައު ފިލްމު ރިލީސް ކުރުން ކުރިން ރާވާފައި އޮތީ، މިއަހަރުގެ މެއި މަހުގެ 22 ވަނަ ދުވަހަށެވެ. ނަމަވެސް ރިޕޯޓުތައް ބުނާގޮތުން ފިލްމު ރިލީސް ކުރުން ފަސްކޮށް، މިހާރު ކަނޑައަޅާފައިވަނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ 2 ވަނަ ދުވަހު ފިލްމު ރިލީޒް ކުރުމަށެވެ.

ރިޕޯޓުތައް ބުނާގޮތުން ކޮވިޑް-19 އާ ގުޅިގެން ހޮލީވުޑްގެ ގިނަ ފިލްމުތަކެއް ރިލީޒް ކުރުން ފަސްކޮށްފައިވާއިރު، "ޕީޓަރ ރެބިޓް 2" ރިލީސް ކުރުންވެސް ވަނީ ފަސްކޮށްފައެވެ. އެގޮތުން މާރޗު 27 ގައި ރިލީޒް ކުރަން އޮތް ފިލްމު މިހާރު ވަނީ އޯގަސްޓަށް ފަސްކޮށްފައެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި ކޮވިޑް-19 އާ ގުޅިގެން އަންނަ ބަދަލުތަކުގެ ސަބަބުން މިއަހަރު ބޮކްސް އޮފީހަށް ލިބޭ އާމްދަނީވެސް 5 ބިލިއަން ޑޮލަރަށްވުރެ ދަށަށް ދާނެއެވެ. އެގޮތުން މިއީ ބޮކްސް އޮފީހުގެ ތާރީޚުގައިވެސް އާމްދަނީއަށް މިހާ ބޮޑު ގެއްލުމެއް ލިބޭ ފުރަތަމަ ފަހަރުކަމަށް ރިޕޯޓުތައް ބުނެއެވެ.

ބޮކްސް އޮފީހަށް ނިމިދިޔަ އަހަރު ވަނީ 42.5 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް