ކ. މާލެ
|
15 މާރޗް 2020 | އާދީއްތަ 09:57
ޝާހުރުކް ޚާން، އާލިއާ ބަޓް އަދި ރަންބީރު ކަޕޫރު
ޝާހުރުކް ޚާން، އާލިއާ ބަޓް އަދި ރަންބީރު ކަޕޫރު
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
"ބްރަމާސްތްރާ" ގައި ޝާހުރުކް ޚާން ފެނިގެންދާނީ ސައިންޓިސްޓެއްގެ ރޯލުން
 
ފިލްމްގައި ބޮލީވުޑްގެ ގިނަ ތަރިންތަކެއް ފެނިގެންދޭ
 
ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޑިސެމްބަރުގައި

އާލިއާ ބަޓް އާއި ރަންބީރު ކަޕޫރު ލީޑް ރޯލުން ފެނިގެންދާ ފިލްމު "ބްރަމާސްތްރާ" ގައި ޚާއްސަ ރޯލަކުން ޝާހުރުކް ޚާން ފެނިގެންދާނެ ކަމަށް ރިޕޯޓުތައް ވަނީ ބުނެފައެވެ.

ޕިންކްވިލާ ގައި ރިޕޯޓުކޮށްފައިވާ ގޮތުން އަޔާން މުކަރުޖީ ޑައިރެކްޓް ކުރާ މި ފިލްމުގައި ޝާހުރުކް ޚާން ފެނިގެންދާނީ ސައިންޓިސްޓެއްގެ ރޯލުންނެވެ.

ޝާހުރުކް ފެނިގެންދާ މަންޒަރަކީ ވަރަށް ދިގު މަންޒަރެއް ކަމަށާއި މި މަންޒަރު ޝޫޓްކުރުމަށް 10 ދުވަސް ހޭދަކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ފިލްމުގައި ޝާހުރުކް އަދާ ކުރާ ރޯލް ޝޫޓްކޮށްފައިވަނީ މިއަހަރުގެ ކުރީކޮޅު ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ފިލްމުގައި ރަންބީރާއި، އާލިއާ ގެ އިތުރުން ޝާހުރުކް ޚާން، ޑިމްޕަލް ކަޕާޑިއާ އަދި އައްކިނޭނީ ނަގަރްޖޫނާވެސް ފެނިގެންދެއެވެ. ނަގަރްޖޫނާ އަދާ ކުރަނީ އާކިއޮލޮޖިސްޓެއްގެ ރޯލެވެ. މި ފިލްމުގައި ރަންބީރުގެ އަދާކުރާ ރޯލަށް އެހެންތަރިން އަދާކުރާ ރޯލުން އެހީތެރިކަން ލިބިގެންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެތަރިންގެ އިތުރުން ވެސް މުހިއްމު ރޯލްތަކުން އަމީތާބް ބައްޗަން އާއި މޯނީ ރޯއީވެސް މި ފިލްމުގައި ފެނިގެންދާނެއެވެ.

ދަރްމާ ޕްރޮޑަކްޝަނުން މި ފިލްމު ރިލީޒް ކުރުމަށް ނިންމާފައިވަނީ މިއަހަރުގެ ޑިސެންބަރު މަހުގެ ހަތަރު ވަނަ ދުވަހުއެވެ. ގައުމުން ބޭރުގައި ގިނަ މަންޒަރުތަކެއް މިހާރު ނަގާ ނިމިފައިވާ މި ފިލްމްގެ މުމްބާއިގައި ޝޫޓް ކުރުމަށް ހަމަޖެހިފައިވާ މަންޒަރުތައް ކޯވިޑް-19 އާއި ގުޅިގެން އަންނަ އެޕްރީލް މަހަށް ވަނީ ފަސްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް