ކ. މާލެ
|
14 މާރޗް 2020 | ހޮނިހިރު 17:02
މަނީލާގައި ގިނަ ދިވެހި ދަރިވަރުން އުޅޭ ސަރަޙައްދެއް ކަމަށްވާ ސިޓީ ހޯލް
މަނީލާގައި ގިނަ ދިވެހި ދަރިވަރުން އުޅޭ ސަރަޙައްދެއް ކަމަށްވާ ސިޓީ ހޯލް
އިންސްޓަގްރާމް
ކޮވިޑް-19
ކޮވިޑް-19: މަނީލާގައި ތިބި ދިވެހި ދަރިވަރުން އެކަތިގަނޑަކަށްވެ އެ ކުރާ ހިތްވަރަށް ސާބަސް!
 
ސިއްހީ ޚިދުމަތް ނުހަނު އަގުބޮޑު، މާސްކް ލިބުން އިންތިޙާއަށް ދަތި
 
ކުރީ ބައިގައި ތައްޔާރީ ފިޔަވަޅު އަޅައިފި
 
ދަނޑިވަޅުގެ ނާޒުކުކަން ގިނަ ކުދިންނަށް ވިސްނޭ

ކޮވިޑް-19 ގެ ބިރުވެރިކަން މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި ހުރިހާ ޤައުމަކުންވެސް މަސައްކަތް ކުރަމުންދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް ވައިރަސްއިން ސަލާމަތްވާނެ މަގެއް ހޯދުމަށެވެ. ރާއްޖެއިންވެސް މަސައްކަތް ކުރަމުންދަނީ އެކި ޤައުމުތަކާއި ގުޅިގެން، ދިވެހިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ވަރުގަދަ ކުރުމަށެވެ.

އެކި ޤައުމުތަކުގައި ގިނަ ދިވެހިން ވެސް އުޅެމުންދާއިރު، ބުރާސްފަތި ދުވަހުގެ ހަވީރު އިވިގެންދިޔަ ޚަބަރަކީ ކޮވިޑް-19 ގެ ބިރުވެރިކަން ފެތުރި، ފިލިޕީންސްގެ މަނީލާ ލޮކްޑައުން ކުރި ޚަބަރެވެ. އެއާއެކު ގިނަ ބައެއްގެ ހިތްތަކުގައި އުފެދިގެން ދިޔަ ސުވާލަކީ މަނީލާގައި ދިރިއުޅެމުންދާ އެތަކެއް ދިވެހި ދަރިވަރުންނެއްގެ ޙާލަކީ ކޮބައިބާއެވެ.

"ރާއްޖެއެމްވީ" އަށް މައުލޫމާތު ދެމުން މަނީލާގައި ތައުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރެއް ބުނީ، މަނީލާގައި 100 އަށްވުރެ ގިނަ ދިވެހި ދަރިވަރުން ތައުލީމު ހާސިލު ކުރަމުންދާއިރު، އޭގެ ތެރޭގައިވެސް ގިނައީ ސިއްޙީ ދާއިރާއިން މަތީ ތަޢުލީމު ހާސިލުކުރަމުންދާ ކުދިން ކަމަށެވެ. އެގޮތުން ގިނަ ދިވެހި ދަރިވަރުން ދިރިއުޅެމުންދަނީ މަނީލާގެ ސިޓީ ހޯލް ކައިރީގައިކަން ބަޔާންކޮށް، އެތަނުގައި އުޅެމުންދާ ބައެއް ދަރިވަރުން ވަނީ އެތަނުގެ ޙާލަތު 'ރާއްޖެއެމްވީ"އަށް ކިޔާދީފައެވެ.

ދަނޑިވަޅުގެ ނާޒުކުކަން ގިނަ ކުދިންނަށް ވިސްނޭ!

މި ދަނޑިވަޅުގައި އެންމެ ބޮޑު ހާސްކަމެއްގެ ތެރޭގައި އުޅޭނީ ސިއްޙީ ދާއިރާގެ މަތީފަޑީގައި މަސައްކަތްކުރާ ސިއްޙީ އެހީތެރިންކަން ޔަޤީނެވެ. މުޅި ދުނިޔެއަށް ބަލާލި ކަމުގައިވިޔަސް މި ދަނޑިވަޅުގައި އެންމެ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި އުޅޭނީ ސިއްޙީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކެވެ. އެގޮތުން މަނީލާގައި ގިނަ ދަރިވަރުންތަކެއް މެޑިސިން ދާއިރާއިން ތައުލީމު ހާސިލުކުރަމުންދާއިރު، ގިނަ ދަރިވަރުން ދަނީ މި ޙާލަތުގެ ނާޒުކުކަން ވިސްނި، ހިތްވަރާއެކު އެކަމާ ކުރިމަތިލަމުންނެވެ.

މިތާ ގިނައިން ތިބީ މެޑިކަލް ދަރިވަރުން، އެހެންވީމާ އެންމެންނަށްހެން ވަރަށް ބޮޑަށް އަންޑަސްޓޭންޑް ވޭ މި ޙާލަތު، ބޮޑަށް އެންމެންވެސް ހާސްވަނީ ކޮލެޖާ ދޭތެރޭގައި، އެއީ ކުރިން ބުނެފަ އޮތީ މާރޗު 30 އިން ފެށިގެން އިމްތިޙާނުތައް އޮންނާނެ ކަމަށް، އެހެންވެ އިމްތިޙާނުތައް ފަސްކުރާނެތޯ ނޫންތޯ ސުވާލެއްގެ ތެރޭގައި ތިއްބައި ޑީން އެންގީ އޮންލައިންކޮށް ކްލާސްތައް ކުރިއަށްގެންދާނޭ، އޮންލައިން އެޕެއް ބޭނުންކޮށްގެން ބައެއް މާއްދާތަކުގެ އެސައިންމަންޓުތައްވެސް ދަނީ ޙަވާލުކުރަމުން، އަނެއްހެން އޯކޭ 1 މަސް ވަންދެން ގޭގައި ތިބެން އެއީ ވަރަށް ބޮޑަށް ތައްޔާރުވެ މިތިބީ، އެކަމަކު އިމްތިޙާނުވެސް އޮންލައިންކޮށް ހަދަން ޖެހިދާނެތީ ކަންބޮޑުވަނީ، އެކަން އަދި ޔަޤީނެއް ނުވޭ،
މަނީލާގައި ތައުލީމު ޙާސިލު ކުރަމުންދާ ދިވެހި ދަރިވަރެއް
މަނީލާގައި ގިނަ ދިވެހި ދަރިވަރުން އުޅޭ ސަރަޙައްދެއް ކަމަށްވާ ސިޓީ ހޯލް

ކުރީ ބައިގައި ތައްޔާރީ ފިޔަވަޅު އަޅައިފި!

މަނީލާގައި ތިބި ދިވެހި ދަރިވަރުންވެސް ދަނީ ކުރީބައިގައި އަމިއްލަ ފަރުދީ ޒިންމާ އަދާކޮށް، ތައްޔާރީ ފިޔަވަޅުތައް އަޅަމުންނެވެ. ހުރި ކަންބޮޑުވުންތަކާއެކުވެސް އަމިއްލައަށް އެޅެންހުރި މުހިއްމު ފިޔަވަޅުތައް ދަނީ އަޅަމުންނެވެ. އެގޮތުން މަނީލާގެ ސުޕަމާކެޓުތައް ފުރި ތޮއްޖެހެމުންދާ މި ދަނޑިވަޅުގައި ބޭރަށް ނުކުމެ އުޅުން ރައްކާތެރިނުވާނެތީ ހުރިހާ ދަރިވަރުން ދަނީ އެކަމަށް ސަމާލުވެ ތައްޔާރުވަމުންނެވެ.

އެގޮތުން ގޭތެރޭ ސާމާނާއި، ކެއްކުމަށް ބޭނުންވާ ސާމާނު ގިނަ ކުދިން ވަނީ މަހަކަށްވާވަރަށް ގޭގައި ރައްކާކޮށްފައެވެ. އަމިއްލަ ޤައުމު ނޫން ތަނެއްގައި ދިރިއުޅެމުންދާތީ ކޮންމެ ޙާލަތަކަށްވެސް ތައްޔާރުވެ ތިބުމުގެ ގޮތުންނެވެ.

އެންމެ ހާސްވީ ގްރޯސަރީސް ނުލިބި މޯލްތައް ބަންދުކޮށްފާނެތީ، އެކަމަކު މިހާރު ޚަބަރުލިބޭ ސްޓޮކްތައް އަބަދުވެސް ރިނުއު ކުރާނެ ކަމަށް، ދެން ގިނަ ކުދިން ތިބީ މަހަކަށް ވާވަރަށް ގްރޯސަރީސް ގަނެގެން، އެއީ އެއްމަހަށް ލޮކްޑައުން ކުރީމަ ކަންބޮޑުވި، އެކަމަކު އެނގޭ އެއީ އެންމެންގެ ރައްކަލަކަށް އަޅާފައިވާ ފިޔަވަޅެއްކަން، ބައެއް ގަޑިތަކަށް ކާފިޔާވެސް އިއުލާނު ކުރާ ޚަބަރު ލިބޭ، އެކަމަކު ހުރިހާކަމެއްވެސް ޕޮޒިޓިވްކޮށް ނަގައިގެން ތައްޔާރުވެ މި ތިބެނީ
މަނީލާގައި ތައުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރެއް
މަނީލާގައި ދިވެހި ކުދިން އުޅޭ ސަރަޙައްދެއް

ސިއްހީ ޚިދުމަތް ނުހަނު އަގުބޮޑު، މާސްކް ލިބުން އިންތިޙާއަށް ދަތި!

މަނީލާގައި ތިބި ދިވެހި ދަރިވަރުންގެ ތެރެއިން ބައެއް ދަރިވަރުން އެނބުރި ރާއްޖެ އަންނަން ބޭނުންވާއިރު، އެ ދަރިވަރުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ދިވެހި ދަރިވަރުންނަށް ހެލްތު އިންޝުއަރެންސް ނެތުމާއި، ކުޑަކޮށް ބަލިވިޔަސް ޑޮކްޓަރަށް ދައްކަން ދާ ޚަރަދު ބޮޑުކަމެވެ. އެއާއެކު މިފަދަ ހައްސާސް ދަނޑިވަޅެއްގައި ބަލިވެއްޖެނަމަ ދާނެ ޚަރަދަކީ ގިނަ ދަރިވަރުންގެ އެންމެ ބޮޑު ކަންބޮޑުވުމެވެ.

އޭގެ އިތުރުން، މާސްކު ނުލިބުމުގެ ދަތިކަމަކީވެސް އެކުދިން ފާހަގަކުރާ ކަންބޮޑުވުމެކެވެ. އޭގެ ތެރެއިން ބައެއް ކުދިން އެނބުރި ޤައުމަށް އަންނަން ބޭނުންވާ މައިގަނޑު ސަބަބަކީވެސް އެއީއެވެ.

މިތާ ދިވެހިންނަށް ހެލްތު އިންޝުއަރެންސް އެއް ނީނދޭ، ވަރަށް އަގުބޮޑު ކުޑަކޮށް ބަލިވިޔަސް ޑޮކްޓަރަށް ދައްކަން ދާ ޚަރަދު، އަދި ބޭސްވެސް އެހާ އަގުބޮޑު، ކޮވިޑް-19 ކަހަލަ ބަލިމަޑުކަމެއް ކުރިމަތިވެއްޖެނަމަ އަތްމަތި އެއްކޮށް ހުސްވާނެ، ޑިސްކައުންޓެއްނަމަވެސް ނީނދޭ، އެއީ ހުރިހާ ދަރިވަރުންގެ ވެސް ބޮޑު ކަންބޮޑުވުމެއް، މާސްކްވެސް ލިބުން ވަރަށް ދަތި، އޮންލައިންކޮށްވެސް ނުލިބޭ އެހާވެސް އަގުބޮޑު،
މަނީލާގައި ތައުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރެއް

މި ކަންބޮޑުވުންތަކާއެކުވެސް މަނީލާގައި ތިބި ދިވެހި ދަރިވަރުން ތިބީ ހިތްވަރާއެކު މި ޙާލަތުގެ ނާޒުކުކަން އެނގި، އެކަމަށް ތައްޔާރުވެގެންނެވެ. އޭގެ ތެރެއިން ބައެއް ކުދިން އެނބުރި ޤައުމަށް އައުމަށް މަސައްކަތް ކުރި ނަމަވެސް އެންމެންވެސް މި ދަނޑިވަޅުގެ ހައްސާސްކަން ޤަބޫލު ކުރެއެވެ. އެގޮތުން ފިލިޕީންސްގައި މި ވައިރަސް ފެތުރި މަރުވި މީހުންގެ ނިސްބަތްވެސް އިތުރުވަމުންދާއިރު، ފިލިޕީންސްގެ މަނީލާގައި ތިބި ދިވެހި ދަރިވަރުންގެ ހިތްވަރުން ނަމޫނާ ލިބިގަންނަން ޖެހެއެވެ. އެކުދިންގެ ހިތްވަރަށް ސާބަސްދޭ ވަރު ވެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
6%
23%
3%
0%
68%
0%
ކޮމެންޓް
14 މާރޗް 2020 | ހޮނިހިރު 19:11
ީއިސްކޯ
ތީ ކާކު ދިން މައުލޫމާތެއް؟؟؟
14 މާރޗް 2020 | ހޮނިހިރު 17:20
ޖަވާޒު
ނޫނޭ ރާއްޖޭގައި ބަޔަކު ކާބޯތަެކތި ގަނެ ރައްކާ ކުރާތީ ސަރުކާރުން ކަން ބޮޑުވުނ ފާޅުކުރަން އަދިވެސް ވީ... މީހަކު ދެބަސްތާ ހަނޑޫ ގަންނަ އިރައް އެސްޓީއޯ ހިންގަން ހަވާލުވެ ހުރި ސޮރުކަރު ކަރުތެރއިން ފާދަެއްގެ އަދެއް ނެރަގެން އިނދެ ގޮވަމުންދިޔައީ ހަނގުރާމައެއް ނުފެށއޭ ކާޞޯތަކެތީގެ ދަތިކަމެއް ކުރިމަތި ނުވާނެއޭ.... މިއަދު ވެސް ލޯކލްމާރކެޓް ގެ ތަކެތީގެ އަގު ދަނީ އުފުލެމުން. ރާއްޖޭން ބޭރުގައި އެކި ބޭޏުމައް ދިރިއުޅުއްވަމުން ގެންދަވާ ބޭފުޅުން ހާއްސަ ކޮއް އާއިލތަކާ ވަކިން ތައުލީމް ހާސިލް ކުރަމުންދާ ކުދިންނައް އިހްލާތެރިކަމާ އެކު ބުނަން އޮތީ ދިވެހި އެމްބަސީ ހުރި ކޮންމ ގައުމެއްގައިވެސް އެމްބަސީގައި ވީއެންމެ އަވހަކައް ރަޖިސްޓްރީ ވާސެވެ. މަދުވެގެން 20 ނޫނީ 30 ދުވަހައް ބޭޏުންވާ ތަކެތި ގަނެފައިބަހައްޓާށޭ އަދި ކުއްލިއަކައް ބޭޏުންވާނެ އާންމު ބޭސް ނޫނީ ތިންކާޑޫ ވަރު ގގަނެފައި ގޭގައި ބާއްވާށޭ.. މިއި ޔޫއެސް ގައި ސިއްހީދާއިރާ ފަރާތަކުން ވެސް އިލްތިމާސް ކުރަމުން ދާ ގޮތްތަކެއް.