ކ. މާލެ
|
14 މާރޗް 2020 | ހޮނިހިރު 13:53
ސީރިއާގެ ދެކުޑަކުދިން
ސީރިއާގެ ދެކުޑަކުދިން
ދި ޓައިމްސް އޮފް އިޒްރޭލް
ރެފިއުޖީން
ގެދޮރު ގެއްލިފައިވާ ރެފިއުޖީންގެ ހާލު ބަލާލަނީ ކާކު؟
 
ރަނގަޅު ކާނާ ސާފުތާހިރު ވާނެ ސާފު ފެން ނުލިބޭ
 
ރެފިއުޖީ ކޭންޕްތަކުގައި ގިނަ މީހުން ދިރިއުޅެމުންދަނީ ކުދިކުދި ޓެންޓުތަކުގައި
 
މިކޭންޕްތަކުގައި ގިނަ ފަހަރު ޑޮކްޓަރުން ވެސް ނުތިބޭ

އިލެކްޓްރޯނިކް މައިކްރޯސްކޮޕްއަކުން އަކުން އެތަށް ގުނައެއް ޒޫމް ކޮށްގެން ނޫނީ ނުފެންނަ ވަރުގެ ކުޑަ ވައިރަސް އަކުން މުޅި ދުނިޔެ ކަކޫ މަށްޗަށް ތިރި ކޮށްފިއެވެ. ގައުމުތަކުގެ ހޮސްޕިޓަލް ތަކަށް ބާރު ބޮޑުވެ ސިއްހީ މާހިރުން ހަދާނެއް ގޮތް ހުސްވެއްޖެއެވެ. ބާރުގަދަ ބޮޑުބިޔަ ގައުމަކަސް، ކުދި ޖަޒީރަ ގައުމަކަސް، މި ވައިރަސް މިވަނީ ގައުމުތައް ބިކަ ކޮށްފައެވެ. ސިއްހީ މާހިރުންނާއި، ގައުމުތަކުގެ ސައިންސްވެރިން އަދި ޑަބްލިއުއެޗްއޯގެ ފަދަ ބޮޑެތި މުއައްސަސާތަކުން ވެކްސިންއެއް ހޯދުމަށް ދަނީ އަތްފުނާ އަޅަމުންނެވެ. އަދި ވައިރަސް ކޮންޓްރޯލް ކުރުމަށް ހުރިހާ ވަސީލަތެއްގެ ބޭނުން ހިފަމުން ދާއިރު، އެބައެއްގެ މަތިން އަހަރެމެން އެންމެން ވެސް ހަދާން ނައްތާލައިފައިވާ ބަޔަކު އެބަތިއްބެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައި ތިބި ރެފިއުޖީންނެވެ. މިރެފިއުޖީންނަކީ ވަންނާނެ ގެދޮރެއް، ނެތި ބިކަ ވެފައިވާ ބައެކެވެ.

އެމެރިކާގެ ބޮސްޓަން ޔުނިވަރސިޓީގައި ބަޔޯ މެޑިކަލް އިންޖިނިއަރިންގެ ލެކްޗަރަރއެއް ކަމަށްވާ މުހައްމަދު ޒަމަން ވަނީ މިކަމުގައި ހުރި ނުރައްކާތެރިކަން އަދި ކޮވިޑް-19 އެފަދަ ސަރަހައްދެއްގައި ފެތުރިއްޖެނަމަ ނުކުންނާނެ ހިތި ނަތީޖާއާ މެދު އޭނާގެ ޚިޔާލު ފާޅުކޮށްފައެވެ.

ޒަމަން ވިދާޅުވެފައިވާ ގޮތުގައި ކޮވިޑް-19އާ މެދު ދުނިޔޭގެ ގައުމުތަކުގެ ގިނަ އާންމު ރައްޔިތުން މިހާރު ވައިރަސްއަށް ހޭލުންތެރި ވެއްޖެވެ. ކިރިޔާ ވެސް ބަލި ވެއްޖެނަމަ ޑޮކްޓަރަށް ދެއްކުމަށް މިހާރު އެންމެން ވެސް އިސްކަންދޭ ކަމަށް ޒަމަން ވިދާޅުވިއެވެ. ނަމަވެސް މިނިކަމެތި ރެފިއުޖީން ބަލިވެއްޖެނަމަ ދައްކާނީ ކޮން ޑޮކްޓަރަކަށްތޯކަމާ މެދު މިވަނީ ސުވާލު އުފައްދާފައެވެ.

ރެފިއުޖީން ދިރިއުޅެމުންދާ ސަރަހައްދާ ކައިރި ހިސާބެއްގައި ހޮސްޕިޓަލެއް ނުހުރޭ

މި ވޭތުވެދިޔަ އަހަރު ތަކުގައި މިފަދަ ރެފިއުޖީން ކޭމްޕު ތަކުގައި މަސައްކަތް ކޮށްފައިވާ ޒަމަން ވިދާޅުވެފައިވާ ގޮތުގައި ޕަކިސްތާން، ޔުގާންޑަ، ލުބުނާން ފަދަ ގައުމު ތަކުގައި ހުރި ރެފިއުޖީ ކޭމްޕްތަކުގައި ދިރިއުޅޭ ރެފިއުޖީން ސިއްހީ ފަރުވާ ހޯދުމަށް މަސައްކަތް ކުރަނީ ވަރަށް ހިތްދަތި ހާލުގައެވެ. މިކޭމްޕްތަކުގައި ގިނަ ފަހަރު ޑޮކްޓަރުން ވެސް ނުތިބޭ ކަމަށާއި، ރަނގަޅު ފަރުވާ ދޭނެ ވަސީލަތްތައް ވެސް ނެތްކަން އޭނާ ފާހަގަކުރެއްވިއެވެ.

އަހަރެން ވަރަށް ފަހުން ސީރިއާ އަދި ލުބުނާން ބޯޑަރު ކައިރީގައި ރެފިއުޖީ ކޭންޕެއްގައި މަސައްކަތް ކުރާ ރަށްޓެހި ހެލްތް ވޯކަރަކަށް ގުޅިން. މިހާރު މި ފެތުރިއްޖެ ނަމަ ކަން ވާނެއް ގޮތް އަހާ އޮޅުން ފިލުވާލަން. ޖަވާބު ދިނުމުގެ ބަދަލުގައި އޭނަ ކުރިމަތި ކުރީ ސުވާލެއް، އަތް ދޮވެލާނެއް ސާފު ފެންފޮދެން ނުލިބޭ ތަނެއްގަ ތިބި ބަޔަކު، ބަލިން ރަށްކާތެރި ވުމަށް އަތް ދޮނާއީ ކިހިނެއް ހޭ؟މި ސުވާލުން އެކަނި އަހަނަށް އަހަރެން ބޭނުން ވި ޖަވާބު ލިބިއްޖެ.
މުހައްމަދު ޒަމަން

ގިނަ ގައުމުތަކުގައި ސްކޫލު، ކޮލެޖް އަދި ޔުނިވަރސިޓީގެ އިތުރުން ބޭރަށް ނުކުމެ އުޅުމާ އެއްވުންތައް ބޭއްވުން މަނާކޮށް، ބަލި ފެތުރުން ހުއްޓުވަން އެކި ކަހަލަ ފިޔަވަޅު އަޅަމުންދާއިރު، މިފަދަ ރެފިއުޖީ ކޭމްޕްތަކުގައި ތިބޭ މީހުންގެ މދުގައި ބަލި ފެތުރުން ހުއްޓުވަން ކުރެވޭނެ ނުވަތަ ކުރާނެ މަސައްކަތްތަކާ މެދު މިއަދު މިވަނީ ސުވާލުއުފެދިފައެވެ. އެއީ ރެފިއުޖީން ދިރިއުޅެމުންދާ ކޭމްޕްތަކުގެ ކައިރި ހިސާބެއްގައި ރަނގަޅު ހޮސްޕިޓަލެއް ނެތީމައެވެ.

ގައުމުތަކުގައި ހިންގަމުން ދާ ހަނގުރާމަތަކުގެ ސަބަބުން އެތައް މިލިއަން ބަޔަކު އަމިއްލަ ގެދޮރު ދޫކޮށް މިފަދަ ރެފިއުޖީ ކޭމްޕްތަކުން ސަލާމަތް ތެރިކަން ހޯދައިގެން ދިރިއުޅެމުންދާއިރު ދާއިރު، ކޮވިޑް-19 އެތަނުގައި ފެތުރިއްޖެނަމަ އެނިކަމެތި މީހުން އުޅެން ޖެހޭނެ ހާލު ތަސައްވުރު ކުރަން ވެސް ދައްޗެވެ.

އެތަށް މިލިއަން ބަޔަކު އަމިއްލަ ގެދޮރު ދޫކޮށް މިފަދަ ރެފިއުޖީ ކޭންޕްތަކަށް ބަދަލުވެފައި

ރެފިއުޖީންގެ ވާހަކަތައް ހިއްސާކުރަމުން ޒަމަން ވިދާޅުވެފައިވަނީ ގިނަ ރެފިއުޖީ ކޭންޕްތަކުގައި ގިނަ މީހުން ދިރިއުޅެމުންދަނީ ކުދިކުދި ޓެންޓުތަކުގައި ކަމަށެވެ. ރެފިއުޖީ ކޭންޕްތަކަކީ ތޮށްޖެހި ފުރިފައި އޮންނަ އަދި ސާފުތާހިރުކަމުގެ މިންގަނޑު އެންމެ ރަނގަޅު ތަންތަނަށް ނުވާތީ ބަލި ފެތުރުނުގެ ފުރުސަތު ބޮޑު ކަމަށެވެ. އަދި ރަނގަޅު ކާނާ ސާފުތާހިރުވާނެ ސާފު ފެން ނުލިބުމާ، ކޭންޕުތަކުގައި އުފަންވާ ކުދިންނަށް ވެކްސިން ނުދެވުމާއި މިފަދަ ކަންތައްތަކުގެ ސަބަބުން މިނިކަމެތި މީހުންނަށް ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އަދި ކޮވިޑް-19 ފެނިއްޖެއްނަމަ ކޮންޓްރޯލްނުކުރެވޭނެކަން ޒަމަން ފާހަގަކުރެއްވިއެވެ.

މިފަދަ ރެފިއުޖީ ކޭންޕަކުން ކޮވިޑް-19ގެ ކޭސްއެއް ފެނިފައިވާކަމުގެ ރިޕޯޓު ލިބިފައިނުވި ނަމަވެސް ވައިރަސްގެ އަލާމަތްތައް ފެނުނު ނަމަވެސް ޓެސްޓް ތަކެއް ހެދޭނެ ގޮތެއް އެތާކު ނެތް. މިކަމުގެ ސަބަބުން ސައްހަ ރިޕޯޓެއް ލިބުން ދަތިވާނެ ކަމަށެވެ. ސަބަބަކީ ގައުމު ތަކުން މާބޮޑު އަޅާލުމެއް ނުދޭ މި ނިކަމެތި މީހުންނަށް. އެންމެން ވެސް އުޅެނީ އެގައުމުތަކަށް ނިސްބަތްވާ ރައްޔިތުން މިބަލިން ސަލާމަތް ކުރެވޭތޯ.
މުހައްމަދު ޒަމަން

ރެފިއުޖީންގެ ގޮތުގައި ދިރިއުޅެމުންދާ ރައްޔިތުންނަކީ ގައުމުކަށް ނިސްބަތް ވާ ފަދަ ލިޔުމެއް އެމީހުންގެ އަތުގައި ނެތް މީހުންނެވެ. ނަމަވެސް އެމީހުންގެ ވެސް ހައްގުތަކެއްވާނެއްނޫންތޯއެވެ.

ޓެންޓްޖަހައިގެން ދިރިއުޅެމުންދާ ސަރަހައްދުގައި ވައިރަސް ފެތުރުމުގެ ފުރުސަތު ބޮޑު

އެހެންކަމުން ޑަބްލިއުއެޗްއޯ އަދި ރެފިއުޖީން ބަލަހައްޓަމުންދާ ގައުމުތަކުން ވެސް މިކަމަށް ޚާއްސަ އިސްކަމެއްދީ މިކޭމްޕްތަކުގައި ދިރިއުޅޭ މީހުން ވެސް ރަނގަޅު މައުލޫމާތު ފޯރުކޮށްދީ ސިއްހީ ރަނގަޅު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުން މުހިންމެވެ. މިކަމަށް އެކި އެކި ގައުމުތަކުން މާލީ ގޮތުންނާއި، އެހެނިހެން ގޮތުން އެހީވަމުން ދާއިރު، ރެފިއުޖީންއަކީ ވެސް ތިބި ބަޔަކު ކަން ހަނދާންކޮށް، އެމީހުންނަށް ވެސް ފަރުވާ ލިބޭނެ ފަދަ ގޮތަކަށް ކަންކަން އިންތިޒާމު ކުރަންޖެހެވެ. ރެފިއުޖީ ކޭމްޕުތައް ކައިރީގައި ވެސް ސިއްހީ ފަރުވާދޭ ސިއްހީ ކޭމްޕްތައް ގާއިމުކޮށް ތައްޔާރީ ހާލަތުގައި ތިބުން ވަރަށް މުހިންމެވެ.

ރެފިއުޖީންނަށް އަޅާނުލެވި ދޫކޮށްލެވިފައިވާ މިހާލަތުގައި ކޮވިޑް-19 ފެތުރި ކޮންޓްރޯލް ނުކުރެވިއްޖެނަމަ އެއީ މުޅި ދުނިޔޭގެ ފެއިލްވުމަކަށްވާނެއެވެ. އަދި އިންސާނީ ބޮޑު މުޞީބާތަކާއި ކުރިމަތިވުމަކީ ވެސް ދުރުގައި އޮތް ކަމެއް ނޫންކަމަށް މުހައްލިލުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
67%
33%
0%
0%
ކޮމެންޓް