ބުދަ 01 އޭޕުރިލް 2020
07 ރޭވަ
1441 ޝައުބާން 08
ފަތިސް 04:53
އިރުއަރާ 06:04
މެންދުރު 12:14
އަސްރު 15:12
މަޣްރިބް 18:16
އިޝާ 19:28
ލުއި ޚަބަރު - ބޮލީވުޑް

ހޯލީ އާ ގުޅިގެން "ބާގީ 3" އަށް ލިބޭ އާމްދަނީ އިތުރުވާނެ؟

  • ހަތަރު ދުވަސް ތެރޭގައި "ބާޣީ 3" އަށް ލިބިފައިވަނީ 62.92 ކްރޯޑް ރުޕީސް
  • ފިލްމް ރިލީޒް ކުރީ މިދިޔަ ހުކުރު ދުވަހު
  • ހަފްތާއެއްގެ ތެރޭގައި ފިލްމަށް ލިބޭ އާމްދަނީ 90 ކްރޯޑާއި ގާތްކުރާނެ ކަމަށް ލަފާކުރެވޭ

އަޒްލިފާ އަބްދުﷲ
AzuAzlifa

ކ. މާލެ 11 މާރޗް 2020 | ބުދަ 09:17 1,579

ބާޣީ 3 ގެ ޕޯސްޓަރު - ހިންދުސްތާނީ ޓައިމްސް

އިންޑީއާގައި މިހާރު ފާހަގަ ކުރަމުންދާ "ހޯލީ" ފެސްޓިވަލް އާ ގުޅިގެން "ބާޣީ 3" އަށް ބޮކްސް އޮފީހުގައި ލިބޭ އާމްދަނީ އިތުރުވެގެންދާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޓައިގާ ޝްރޯފް އާއި ޝްރައްދާ ކަޕޫރު ލީޑްރޯލުން ފެނިގެންދާ މި ފިލްމް ރިލީޒް ކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ.

ހަލުވި ކަމާއި އެކު ކޮވިޑް-19 ފެތުރެމުންދާ މި ދުވަސްވަރު ރިލީޒް ކުރި މި ފިލްމަށް ފުރަތަމަ ދުވަހު އާމްދަނީގެ ގޮތުގައި ވަނީ 17.50 ކްރޯޑް ރުޕީސް ލިބިފައެވެ. ނަމަވެސް ޖެހިގެން އައި ދުވަސް ތަކުގައި ފިލްމަށް ލިބުނު އާމްދަނީ ވަނީ ދަށަށް ގޮސްފައެވެ.

ފިލްމް ރިލީޒް ކުރިތާ ހަތަރު ދުވަސް ތެރޭގައި "ބާޣީ 3" އަށް ލިބިފައިވަނީ 62.92 ކްރޯޑް ރުޕީސްއެވެ. ފިލްމް ރިލީޒް ކުރުމުގެ ކުރިން ޓްރޭޑް އެނަލިސްޓުން ލަފާކޮށްފައިވަނީ މި ފިލްމަށް ހަތަރު ދުވަސް ތެރޭގައި މަދުވެގެން 70 ކްރޯޑް ރުޕީސް ލިބޭނެ ކަމަށެވެ.

ހޯލީ ވެސްޓިވަލް އާ ގުޅިގެން ގިނަ ތިއޭޓަރުތައް ހެނދުނު ގަޑީގައި ބަންދުކޮށްފައި ހުރި ނަމަވެސް މެންދުރުފަހު ތިއޭޓަރުތައް ހުޅުވުމާއި އެކު ގިނަ ބަޔަކު ދަނީ މި ފިލްމް ބެލުމަށް ތިއޭޓަރުތަކަށް ވަންނަމުންނެވެ.

އެހެންކަމުން ޕްރޮޑިއުސަރު ހިތްހަމަޖެހޭވަރަށް މި ފިލްމަށް ލިބޭ އާމްދަނީ އިތުރުވެގެންދާނެ ކަމަށް ވަނީ ބެލެވިފައެވެ. މި ފިލްމަށް ފަސް ދުވަހުގެ ތެރޭގައި ލިބުނު އާމްދަނީ ވަނީ 75-77 ކްރޯޑް ރުޕީސް އަށް ދޭތެރޭ އަދަދަކަށް އަރާފައެވެ.

އެހެންކަމުން ހަފްތާއެއްގެ ތެރޭގައި މި ފިލްމަށް ލިބޭ އާމްދަނީ 90 ކްރޯޑާއި ގާތް ކުރާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އަހުމަދު ޚާން ޑައިރެކްޓް ކުރާ މި ފިލްމްގައި ޓައިގާ އާއި ޝްރައްދާގެ އިތުރުން ރިތޭޝް ދޭޝްމުކް އަދި ވިޖޭ ވަރްމާ ފެނިގެންދެއެވެ. މި ފިލްމްގައި ޚާއްސަ ލަވައަކުން "ބާޣީ 2" ގެ ތަރި ދިޝާ ޕަޓާނީވެސް ފެނިގެން ދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް