ކ. މާލެ
|
10 މާރޗް 2020 | އަންގާރަ 19:52
މަޝްހޫރު ލަވަކިއުންތެރިތާ މަޑޯނާ
މަޝްހޫރު ލަވަކިއުންތެރިތާ މަޑޯނާ
ވަޔަން
ލަވަކިއުންތެރިޔާ މެޑޯނާ
މެޑޯނާ ފްރާންސްގައި ބާއްވަން އުޅުނު ޝޯވ ކެންސަލްކޮށްފި
 
ކޮވިޑް-19 އާ ގުޅިގެން ގިނަ އިވެންޓްތަކެއް ވަނީ ކެންސަލް ކުރެވިފައި
 
މިޝޯވ ކެންސަލް ކުރީ ކޮވިޑް-19 ގެ ސަބަބުން ފްރާންސްގައި އެއްވުންތައް މަނާކޮށްފައިވާތީ

މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19އާ ގުޅިގެން މަޝްހޫރު ލަވަކިއުންތެރިޔާ މެޑޯނާ ފްރާންސްގައި ބާއްވަން އުޅުނު ޝޯވ ކެންސަލްކޮށްފިއެވެ.

މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މެޑޯނާ ބާއްވަން އުޅުނު ''މެޑަމް އެޗްސް ކޮންސަރޓްސް'' ކެންސަލްކޮށްފައެވެ. އަދި މިޝޯވ ކެންސަލް ކުރީ ކޮވިޑް-19 ގެ ސަބަބުން ފްރާންސްގައި އެއްވުންތައް މަނާކޮށްފައިވާތީއެވެ.

މަޑޯނާގެ ޝޯވތަކަކީ ގިނަ ބައެއްގެ މެދުގައި މަގުބޫލް ޝޯވތަކެވެ.

މެޑޯނާގެ އޮފިޝަލް ވެބްސައިޓުގައި ބުނެފައިވަނީ މާރޗް 10 އަދި 11 ގައި ޕެރިސްގައި ބާއްވަން ނިންމާފައިވާ ދެ ކޮންސަރޓް ވެސް ކެންސަލް ކުރެވިފައިވާ ކަމަށެވެ. އަދި ޕެރިސްއަކީ މަޑޯނާގެ ޓުއަރގައި އެންމެ ފަހު މަންޒިލް ކަމަށްވާއިރު، އޭނާ މި ޓުއަރ ފައްޓާފައިވަނީ މިދިޔަ އަހަރު ސެޕްޓެންބަރު މަހުއެވެ.

ކޮވިޑް-19 ފެތުރެމުންދާތީ ގިނަ ޝޯވތަކާއި، ގިނަ އިވެންޓްތައް ދަނީ ކެންސަލް ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މިމައްސަރަކީ މުޅި އުމުރުގައި ކޮށްފައިވާ ފާފައިން ތާހިރުވުމަށް ލިބޭ ފުރުސަތެއް، ރޭއަޅުކަންކުރުން އިތުރުކުރޭ: ޚުތުބާ
ދައުލަތުގެ މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތް ކުރެވޭނެ ގޮތްތައް ބަޔާންކޮށް އުސޫލެއް ނެރެފި
ފުލުހުންގެ ހިދުމަތަށް 91 އަހަރު - މިދިޔަ 5 އަހަރަކީ ފުލުހުންގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްކުރެވުނު 5 އަހަރު
ފައްޔާޒު ފުލުހަށް ހާޒިރުކުރުން: މިއީ އަނިޔާވެރިކަމުގެ ފެށުންތަ؟
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމުގައި މީހަކު ބަންދުކޮށްފި
ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް
އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ