ކ. މާލެ
|
9 މާރޗް 2020 | ހޯމަ 09:27
އަނދިރިކަން ފިލްމުގެ ޕޯސްޓަރެއް
އަނދިރިކަން ފިލްމުގެ ޕޯސްޓަރެއް
ފޭސްބުކް
އަނދިރިކަން
''އަނދިރިކަން'' ދެއްކުން ވަގުތީ ގޮތުން މެދު ކަނޑާލައިފި
 
''އަނދިރިކަން'' އަކީ އާއިލީ ޑްރާމާއެއް
 
ރަށްރަށުގެ ޝޯތައް ކެންސަލް ކުރުމުގެ މަސައްކަތް އެބަކުރަން: ސީޒަން

މި މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން އޮލިމްޕަހުގައި ދައްކަމުންދާ އަލީ ސީޒަންގެ ''އަނދިރިކަން'' ދެއްކުން ވަގުތީ ގޮތުން ދެއްކުން މެދުކަނޑާލައިފިއެވެ.

އެސް ޕްރޮޑަކްޝަންސް މީޑިއާ ވައިބަރ ގްރޫޕްގައި ފޮނުވި ވޮއިސް މެސެޖެއްގައި ސީޒަން ބުނީ، ވަގުތީ ގޮތުން އަނދިރިިކަން ދެއްކުން މެދުކަނޑާލީ، މީހުން ގިނައިން އެއްވާތަނަކަށް ދާން ''ގިނަ މީހުން ޖެހިލުންވާތީއާ'' އަދި ހެލްތް ސޭފްޓީ އަށް ބަލާފައި މި ވަގުތު ފިލްމު އެޅުވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުނުކުރެވޭތީ ކަމަށެވެ.

ސީޒަން ބުނީ، ފިލްމު އިތުރަށް އަޅުވާނެ ތާރިހެއް އިއުލާން ކުރުމަށް ފަހު އޮލިމްޕަހުގައި އަޅުވާނެ ކަމަށެވެ. އޭނާ ބުނީ، ރަށްރަށުގައި އަޅުވަން ހުރި ޝޯތައްވެސް ވާހަކަ ދައްކައިގެން ކެންސަލް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަހުމަދު ޒަރީރުގެ ސްކްރީން ޕްލޭ އަކަށް ހަދާފައިވާ ''އަނދިރިކަން'' އަކީ އާއިލީ ޑްރާމާއެކެވެ. ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ މ. މަޑުއްވަރީގެ އިތުރުން އދ. ދަނގެތި އަދި ވިލިމާލޭގައެވެ.

ޖުމުލަ ތިން ލަވަ ހިމެނޭ "އަނދިރިކަން"ގެ ލީޑު ރޯލުން ފެންނާނީ އައިމިނަތު ރިޝްފާގެ އިތުރުން ،ޝީލާ ނަޖީބު އަދި ސީޒަން އެވެ. ފިލްމުގެ މުހިއްމު ރޯލުތަކުން ޒީނަތު އައްބާސް، ދަރާ ރަޝީދު، އަހުމަދު ސައީދު އަދި މަރިޔަމް ޝަކީލާ ފެންނާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް