ކ. މާލެ
|
8 މާރޗް 2020 | އާދީއްތަ 00:13
ފާމަސީއެއްގައި ބައެއް މީހުން
ފާމަސީއެއްގައި ބައެއް މީހުން
ރާއްޖެއެމްވީ
ކޮވިޑް-19
ފަރުދީ ޒިންމާ އަދާކުރާށެވެ. ހޭލުންތެރިވެ، ހޭލުންތެރި ކުރުވާށެވެ.
 
ސާފުތާހިރުކަމަށް ބަލައިގެން އުޅުމަށް ޑޮކްޓަރުން ވަނީ ނަސޭހަތްތެރިވެފައި
 
މި ވަގުތަކީ ހާސްވާންވީ ވަގުތެއް ނޫން

ރާއްޖެއިން ކޮވިޑް-19ގެ ދެ ކޭސް ފެނުނުކަން ސަރުކާރުގެ ފަރާތުން އިއުލާން ކުރީ ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އެގޮތުން އެ ވައިރަހަށް ޕޮޒިޓިވްވެފައިވަނީ ޅ. ކުރެއްދޫ އައިލެންޑް ރިސޯޓުގައި މަސައްކަތް ކުރި ދެ ބިދޭސީ މުވައްޒަފުން ކަމަށް ސަރުކާރުންގެ ފަރާތުން ވަނީ ހާމަކޮށްފައެވެ. އެކަން އިއުލާންކުރި ހިސާބުން މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ އެކި ފާމަސީތަކާއި ފިހާރަތައް މީހުން ވަނީ ފުރާލަފައެވެ. ފާމަސީތައް ފުރާލާފައިވަނީ ހޭންޑް ސެނިޓައިޒަރ އަދި މާސްކް ފަދަ ތަކެތި ހޯދުމުގެ ބޭނުމުގައެވެ.

ރާއްޖެއެމްވީއާ ވާހަކަ ދެއްކި ބައެއް ފާމާސީތަކުން ބުނީ ކޮވިޑް-19 ގެ ކޭސް ރާއްޖެއިން ފެނުނުކަން އިއުލާންކުރުމާއި އެކު، ގިނަ އަދަދެއްގެ މީހުން ހާސްވެގެން އެތަކެތި ހޯދަން ފާމަސީތަކުގެ ބޭރުގައި ކިޔު ހަދާފައިވާ ކަމަށެވެ. އެއީ ތެދެކެވެ. މިވަގުތު މާލޭގެ އެކި މަގުތަކުގައި ހުރި ފާމަސީތަކުގެ ދޮރުމައްޗަށް ބަލާލުމުންވެސް މި މަންޒަރު ރަނގަޅަށް ފެނިގެންދެއެވެ.

ބޭސްފިހާރައިގެ އިތުރުން ފިހާރަތައް ވެސް ފުރި ބާރުވެފައިވާއިރު ބައެއް ފިހާރަތަކުން ބުނީ އެއްބައި މީހުން ފިހާރަތަކަށް އައިސް ހޭންޑް ސެނެޓައިޒަރ ފުޅިތައް ވަރަށް ގިނަ އަދަދަކަށް ނުވަތަ 'ބަލްކު' ކޮށް ގަންނަމުންދާ ކަމަށެވެ. މީގެއިތުރުން ކާބޯތަކެތިވެސް ސްޓޮކްކުރަމުންދަ ކަމަށް އެމީހުން ބުނެއެވެ. އެގޮތުން ފެންކޭހާއި ނޫޑުލްސް ކޭހާއި މަސްދަޅު ކޭސް މީހުން ގިނަ އަދަދަކަށް ގަންނަމުންދާ ކަމަށާއި ބަދިގެއަށް ބޭނުންވާ އެހެނިހެން ސާމާނު ވެސް ގަނޑުކޮށް މީހުން ގަންނަމުންދާ ކަމަށް ވެސް އެ ފިހާރަތަކުން ބުންޏެވެ.

ރައްޔިތުން މިދަނޑިވަޅުގައި ވިސްނަންވީ ކަމަކީ ގެއަށް ކާބޯތަކެތި ގަނެ ސްޓޮކް ކުރުމެއް ނޫނެވެ. ނުވަތަ މާސްކާއި ހޭންޑް ސެނިޓައިޒަރތައް ގިނަ އަދަދަކަށް ގަނެ ގެއަށް ވެއްދުމެއް ވެސް ނޫނެވެ. ރާއްޖެއަކީ ރަށްތަކަށް ބެހިފައިވާ ގައުމަކަަށްވުމުން މި ވައިރަސް ފެތުރިގެންދިއުން ނާޒުކެވެ. އަދި އާންމު ދިރިއުޅުމުގައި ކަންކުރާ އުސޫލުން އަމަލުކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. އަދި މިވަގުތު ހާސްކަމަކަށް ނުދިޔުމަށާއި ސާފުތާހިރުކަމަށް ބަލައިގެން އުޅުމަށް ޑޮކްޓަރުން ވަނީ ނަސޭހަތްތެރިވެފައެވެ.

އާއްމު ފަރުދީ ޒިންމާ އަދާ ކުރުމަކީ މި ދަނޑިވަޅުގައި މުހިއްމު ކަމެކެވެ. އެކަކު އަނެކަކަށް އެހީތެރިވެ، އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ މުހިއްމުކަމެވެ. އަޅުގަނޑުމެން ދިވެހިން މިކަހަލަ ކިތަންމެ ދުވަހެއް ދެކެފީމެވެ. އެކަހަލަ ކޮންމެ ކަމަކުންވެސް އަރައިގަނެވެނީ ދިވެހިންގެ އެއްބައިވަންތަކަމުގެ ސަބަބުންނެވެ. ވީމާ، މިފަހަރުވެސް އެންމެ އެކަތިގަނޑަކަށްވެ، އެކުގައި މަސައްކަތް ކުރަމާތޯއެވެ.

މި ބަލިން ރައްކާތެރިވުމަށްޓަަކައި މިވަގުތު ކުރެވޭނެ އެންމެ މުހިންމު ކަމަކީ އެމީހަކު އަމިއްލައަށް މި ބަލީގެ އަލާމަތްތަކަށް ހޭލުންތެރިވުމެވެ. އަދި އެހެން މީހުން ވެސް ހޭލުންތެރި ކުރުވާ ކަމާ ގުޅޭ އިދާރާތަކުން ދޭ އިރުޝާދުތަކަށް ތަބާވުމެވެ. ބިރުވެރިކަމާއި ހާސްކަން ކުޑަވާނީ މި ބައްޔާ ގުޅޭ ގޮތުން އެމީހެއްގެ މައުލޫމާތު އިތުރު ކުރިވަރަކަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
100%
0%
0%
0%
ކޮމެންޓް