ކ. މާލެ
|
27 މާރޗް 2017 | ހޯމަ 17:15
ހަށިގަނޑަށް ބޭނުންވާ މިންވަރަށް ބުރެ ލޮނު ބޭނުންކުރާ މިންވަރު އިތުރު ނުކުރުމަށް ޑޮކްޓަރުން ލަފާދޭ
ހަށިގަނޑަށް ބޭނުންވާ މިންވަރަށް ބުރެ ލޮނު ބޭނުންކުރާ މިންވަރު އިތުރު ނުކުރުމަށް ޑޮކްޓަރުން ލަފާދޭ
ގޫގުލް
ލޮނު މަދުކުރުން
ރޭގަނޑު އިރުއިރު ކޮޅުން ފާހާނާއަށް ދާން ހޭލަން ޖެހޭތަ؟ - ލޮނު މަދުކޮށްލާ!
 
ޑޮކްޓަރުން ލަފާ ދެނީ ދުވާލަކު ބޮޑު މީހަކު ބޭނުން ކުރާ ލޮނުގެ މިންވަރު 6 ގުރާމަށްވުރެ މަތި ނުކުރުމަށެ

ރޭގަނޑު އަރާމު ނިދިކޮޅު އިރުއިރުކޮޅުން މެދުކަނޑާލާފައި ތެދުވެ ފާޚާނާއަށް ވަންނަން ޖެހުމަކީ އެއްވެސް މީހަކަށް ފަސޭހަ އަދި ކުރަންވެސް ބޭނުންވާނެ ކަމެއް ނޫނެވެ. އެކަމަކު އުމުރުން 50 އިން މަތީގެ މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންނަށް މިއީ ކުރިމަތިވެފައިވާ މައްސަލައެކެވެ. ނިދި މެދުކަނޑާލުމަށްފަހު އިރުއިރުކޮޅާ ހޭލަން ޖެހުމަކީ، ނިދި ފުރިހަމަ ނުވުމާއި، ހެނދުނު ހޭލާއިރު ނިދިން ހަށިގަނޑަށް ލިބިފައި ހުންނަންޖެހޭ ތާޒާކަން ނުލިބުމާއި ވަރުބަލިކަން އިހުސާސްވުން ފަދަ މައްސަލަތައް ކުރިމަތިވާ ކަމެކެވެ.

ސައިންސްވެރިން މިހާރު ބުނަނީ މި މައްސަލައަށް ހައްލެއް ހޯދިއްޖެ ކަމަށެވެ. އެއީ ނުހަނު ފަސޭހަ ކަމެކެވެ. ޚަރަދެއްވެސް އުނދަގުލެއްވެސް ހިމެނިފައިވާ ކަމެއް ނޫނެވެ.

ޖަޕާންގެ ސައިންސްވެރިން ބުނަނީ ލޮނު ހަށިގަނޑަށް އެތެރެވާ މިންވަރު ދައްކޮށްލުމުން، ރޭގަނޑު ކުޑަކަމު ދިއުމަށް ފާޚާނާއަށް ދާން ހޭލަން ޖެހޭ މައްސަލައަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށެވެ.

ދިރާސާގައި ބޭނުން ކުރި 223 ވޮލަންޓިއަރުން ހެދި ގޮތަކީ ކެއުމުގެ ތެރެއިން ދުވާލަކު ހަށިގަނޑަށް އެތެރެވާ ލޮނުގެ މިންވަރު 25 އިން ސައްތަ އަށް ދަށް ކޮށްލީއެވެ. އެއީ 10.7 ގުރާމުން 8 ގުރާމުގެ މިންވަރަށެވެ. އޭގެ ނަތީޖާއަކީ ފާޚާނާއަށް ދާން ހޭލަންޖެހޭ އެވްރެޖް ފަހަރުގެ އަދަދު 2.3 ން 1.4 ށް ދަށަށް ދިޔުމެވެ.

އަނެއް ކޮޅުން ލޮނު ބޭނުން ކުރި މިންވަރު 9.9 ގްރާމުން 11 ގްރާމަށް މައްޗަށް ޖެއްސުމުން ފާޚާނާއަށް ދާން ހޭލަން ޖެހުނު އެވްރެޖް އަދަދު 2.3 ން 2.7 ށް މައްޗަށް ދިޔައެވެ.

ޑޮކްޓަރުން ލަފާ ދެނީ ދުވާލަކު ބޮޑު މީހަކު ބޭނުން ކުރާ ލޮނުގެ މިންވަރު 6 ގުރާމަށްވުރެ މަތި ނުކުރުމަށެވެ.

ދިރާސާ ކުރި ޓީމުގެ އިސްކޮށް ހުރި، ނަގަސާކީ ޔުނިވަރސިޓީގެ ޑރ. މަޓްސޯ ޓޮމޮހިރޯ ބުނެފައިވަނީ މިއީ ލޮނު ބޭނުން ކުރުމާއި ފާޚާނާއަށް ދާންޖެހޭ ވަރާއި ހުރި ގުޅުން ވަޒަން ކުރެވުނު ފުރަތަމަ ދިރާސާ ކަމުގައެވެ.

ޑރ. ޓޮމޮހިރޯ ބުނެފައިވަނީ އުމުރުން ދުވަސްވާ ވަރަކަށް ރޭގަނޑުގެ ވަގުތު ތަކުގައި ފާޚާނާއަށް ދާން ޖެހޭ އަދަދު އިތުރުވުމުގެ މައްސަލައަކީ ވަރަށް ގިނަ ބަޔަކަށް ކުރިމަތިވާ މައްސަލައެއް ކަމަށާއި، ނަމަވެސް ކެއުން އިސްލާހު ކޮށްލުން ފަދަ ކުޑަކުޑަ ކަމަކުންވެސް މިފަދަ އުނދަގޫ މައްސަލައަކަށް ފަސޭހައިން ހައްލު ލިބިގެންދާކަން މި ދިރާސާއިން ހާމަވާ ކަމަށެވެ.

ހަށިގަނޑަށް ބޭނުންވާ ވަރަށް ވުރެ ގިނައިން ލޮނު ބޭނުން ކުރުމަކީ، ލޭ މައްޗަށް ދާ ސަބަބެއް ކަމަށް ސިއްހީ ތަޖުރިބާކާރުން ވަނީ ހާމަކޮށްފައެވެ. އަދި އޭގެ ސަބަބުން ލޭގެ ޕްރެޝަރު މަތިވުމާއެކު ހިތާއި، ސިކުނޑިއާއި ކިޑްނީގެ ބަލިތައް ޖެހުންފަދަ މައްސަލަތައް ކުރިމަތިވާ ކަމަށްވެސް ތަޖުރިބާކާރުންވަނީ ހާމާކޮށްފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
0%
0%
0%
0%
0%
100%
ކޮމެންޓް