ކ. މާލެ
|
7 މާރޗް 2020 | ހޮނިހިރު 15:51
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ގދ. އަތޮޅަށް ކުރެއްވި ކެމްޕޭން ދަތުރުގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ގދ. އަތޮޅަށް ކުރެއްވި ކެމްޕޭން ދަތުރުގެ ތެރެއިން
އެމްޑީޕީ
ރައީސް ނަޝީދު
ނަޝީދު މިފަހަރު ކެމްޕޭނަށް ނުކުންނެވީ ބޯޑާއި މާކަރު ހިއްޕަވައިގެން!
 
އެމްޑީޕީން ކެމްޕޭން ފަށާފައިވަނީ ލާމަރުކަޒުކޮށް މުޅި ރާއްޖޭގައި އެއްވަގުތެއްގައި
 
ނަޝީދަކީ އަބަދުވެސް ތަފާތު ކަންކަން ކުރައްވާ ބޭފުޅެއް
 
ކޮންމެ ރަށެއްގައި ވެސް ގެންދަވަނީ "ފްލިޕް ޗާޓް" ޖަލްސާތައް ބާއްވަމުން

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަކީ އަބަދުވެސް އައު ކަންތައް ތަޖުރިބާކޮށް ތަފާތު ކަންކަން ކުރަމުންދާ ޕާޓީއެކެވެ. އިންތިޚާބު ތަކާއި ދިމާކޮށް އެޕާޓީން ކެމްޕޭން ހަރަކާތްތައް ހިންގަމުންދާ ގޮތްވެސް ތަފާތެވެ. ބޭނުންކުރާ ޝިއާރުތަކާއި ކެމްޕެއިން ކުރަން ގެންގުޅޭ އުކުޅުތަކަކީ ވައިގައި ހިފާ ކަންކަމެވެ.

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ވެސް އިސްތިސްނާއެއް ނުވިއެވެ. ކެމްޕެއިން ފެއްޓުމުގެ ކުރިން ވެސް މި ފަހަރުގެ ކެމްޕެއިން މާ ބޮޑަށް ވެސް ތަފާތުވާނެ ކަމަށް އެ ޕާޓީން ބުނެފައިވެއެވެ. ބުނި ގޮތަށް ހަމަ އެ ޕާޓީއިން އަންނަނީ އެ ތަފާތު މިހާރު ވެސް ދައްކަމުންނެވެ.

މި އިންތިޚާބަކީ ލާމަރުކަޒީ ޤާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނެވުނު ފަހުން ބޭއްވޭ ފުރަތަމަ އިންތިޚާބެއެވެ. ލާމަރުކަޒީ ޤާނޫނަށް ގެނެވިފައިވާ ބަދަލުތަކާއި ގުޅިގެން، ޕީޕީއެމް ސަރުކާރުގައި ވަރަ ބިންދާލާފައި އޮތް ކައުންސިލްތަކަށް ބާރުތަކެއް ލިބި ކައުންސިލް ހިންގުމަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށް އެމްޑީޕީން ބުނެއެވެ. އަދި އެ ބާރުތައް ދޫކޮށް މިހާރު ވެސް ދަނީ ގިނަ ކަންކަން ކުރުމަށް ކައުންސިލްތަކަށް މަގުފަހި ކުރަމުންނެވެ.

ކައުންސިލް މެދުވެރިކޮށް ރަށުގެ ތަރައްޤީއަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވިގެންދާތަން މިހާރު ވެސް ފެނެއެވެ. އެމްޑީޕީން ކައުންސިލް އިންތިޚާބުގެ ކެމްޕޭންވެސް ފަށާފައިވަނީ ލާމަރުކަޒުކޮށް މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި އެއްވަގުތެއްގައެވެ. "ރަށްވެހި ފަތިސް" ކެމްޕޭން ފަށައިގެން ކުރިއަށް ދާއިރު އެމްޑީޕީގެ ލީޑަރޝިޕްގެ ޓީމްތައް ދަނީ އެކި ރަށްތަކަށް ދަތުރުކުރަމުންނެވެ.

މި ދަތުރުގައި ޕާޓީގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެ ވަޑައިގަންނަވާއިރު ވަޑައިގަންނަވާ ކޮންމެ ރަށެއްގައި ވެސް ގެންދަވަނީ "ފްލިޕް ޗާޓް" ޖަލްސާތައް ބާއްވަމުންނެވެ. މިއީ މިހާތަނަށް އެއްވެސް ބަޔަކު ކެމްޕޭން ކުރި ގޮތެއް ނޫނެވެ. ތަފާތުވެފައި މުޅިން އަލެވެ.

ރައީސް މުހައްމަދު ނަޝީދު ގދ. އަތޮޅަށް ކުރެއްވި ކެމްޕޭން ދަތުރުގެ ތެރެއިން

ނަޝީދަކީ އަބަދުވެސް ތަފާތު ކަންކަން ކުރައްވާ ބޭފުޅެއްކަމަށް އެއްމެންވެސް އެއްބަސްވެއެވެ. މި ފަހަރުގެ ކެމްޕޭންގައި ވެސް ފެނިގެންދާ މަންޒަރަކީ، ކްލާސް ރޫމެއްގައި ދަރިވަރުންތަކަކަށް ކިޔަވައިދޭ އުސޫލުން ލާމަރުކަޒީ އުސޫލަށް ރައްޔިތުން އަހުލުވެރިން ކުރާ މަސައްކަތެވެ.

އެ ގާނޫނަށް ރައްޔިތުން އަހުލުވެރިކޮށް، ރައްޔިތުންނަށް ލިބިދީފައިވާ ބާރުތަކާއި ކައުންސިލްތަކަށް ލިބިދީފައިވާ ބާރުތައް އަންނަނީ ސާފުކޮށް ކިޔައި ދެއްވަމުންނެވެ. ރަށުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ސަރަހައްދާއި، ރަށުގައި މަޝްރޫއުތައް ހަވާލުކުރާނެ ގޮތްތައް އަންނަނީ ކިޔައި ދެއްވަމުންނެވެ. ރަށުގެ އިގްތިސާދު ކުރިއަރުވާނެ ގޮތާއި ތަރައްގީ ގެންނާންވީ އެންމެ ފަސޭހެ ގޮތްތައް ގޮތުގެ މެސެޖު ރައްޔިތުންނާ ހަމައަށް ފޯރުކޮށްދެވޭތޯ ކެނޑިނޭޅި ގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ.

ކުލާސްރޫމްގައި ޓީޗަރު ފިލާވަޅު ނަންގަވައިދެއްވާ ގޮތަށް ބޯޑާއި މާކަރު ބޭނުން ކުރައްވައިގެން ކައުންސިލް އިންތިހާބުގެ ކެމްޕޭންގައި ނަޝީދު ކުރައްވާފައިވާ މަސައްކަތުން ބަޔަކަށް އޮޅުން ނުފިލާ އެތައް ކަމެއް ސާފު ވެއްޖެއެވެ. ރަށެއް ތަރައްގީކުރަންވީ ގޮތުގެ ސާފު މަންޒަރު ރައްޔިތުންނަށް ކުރައްސަވައިދެއްވުމުގައި އަވަދިނެތި އުޅުއްވާ މަންޒަރު ފެނި އަޖައިބެވެ.

ރައީސް މުހައްމަދު ނަޝީދު ގދ. އަތޮޅަށް ކުރެއްވި ކެމްޕޭން ދަތުރުގެ ތެރެއިން

ކެމްޕޭން ކުރުމަކީ ހަމައެކަނި ޖަލްސާއެއް ބާއްވާ ބަޔަކަށް ހިތުހުރި އެއްޗެއް ގޮވުމެއް ނޫނެވެ. އަދި މޮޅެތި ވާހަކަތަކެއް ވެސް ދެއްކުމެއް ނޫނެނެވެ. ކެމްޕޭން ކުރުމަކީ ބަޔަކު ކުރަން އުޅޭ ކަމެއް އެހެން ބަޔަކަށް ސާފުކޮށްދީ އެކަންކަން އޮޅުން ފިލުވާ ފިކުރާއި ހިޔާލު ވިއްކުމޭ ވެސް ބުނެވިދާނެއެވެ. ރައީސް ނަޝީދު އެ ދައްކަވަނީ އެކަމުގެ ލާމަސީލު މިސާލެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
84%
0%
16%
0%
0%
ކޮމެންޓް
8 މާރޗް 2020 | އާދީއްތަ 17:58
احمد
ތިހާ ތައުރީފު ނުކުރިޔަސް ކަލޯގެ ވަޒީފާ އެއް ނުގެއްލޭނެ.