އާދީއްތަ 24 ޖެނުއަރީ 2021
6 ހުވަން
1442 ޖުމާދުލް އާހިރަތު 10
ފަތިސް 05:04
އިރުއަރާ 06:18
މެންދުރު 12:22
އަސްރު 15:42
އިރުއޮއްސޭ 18:18
އިޝާ 19:33
ބޮލީވުޑް

"ސަޑަކް" ގައި ޕޫޖާ އާއި ސަންޖޭގެ ދަރުފުޅުގެ ރޯލަށް އާލިޔާ

  • މިފިލްމް ތައްޔާރު ކޮށްފައިވަނީ މައިގަނޑު ގޮތެއްގައި އާލިޔާގެ ކެރެކްޓަރ އަށް

ކ. މާލެ | 27 މާރޗް 2017 | ހޯމަ 16:29 | 5,517

އާލިއާ ބަޓް - ބޮލީވުޑް ހަންގާމާ

މަޝްހޫރު ފިލްމް ޑައިރެކްޓަރ މަހޭޝް ބަޓް 1991 ވަނަ އުފައްދަފައިވާ ކާމިޔާބު ފިލްމް "ސަޑަކް" ދެ ވަނަ ބައެއް އުފައްދަން އުޅޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.

 

ސަންޖޭ ދަތާއި ޕޫޖާ ބަޓް ލީޑް ރޯލުން ފެނިގެން ގޮސްފައިވާ މި ފިލްމްގެ ދެވަނަ ބައިން މި ދެތަރިންގެ ދަރިއެއްގެ ރޯލުން ފެނިގެންދާނީ ޕޫޖާގެ ކޮއްކޮ އާލިއާ ބަޓް ކަމަށް ރިޕޯޓްތައް ބުނެއެވެ.

 

އެންޓަޓެއިންމެންޓް ޑީއެންއޭ ރިޕޯޓް ބުނާ ގޮތުން މިފިލްމް ތައްޔާރު ކޮށްފައިވަނީ މައިގަނޑު ގޮތެއްގައި އާލިޔާގެ ކެރެކްޓަރ ކަމަށްވާ ސަންޖޭ އާއި ޕޫޖާގެ ދަރިފުޅުގެ މައްޗަށެވެ.

 

އާލިޔާ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ ވަރުން ދަވަންއާ އެކު "ބަދްރީނާތްކީ ދުލްހަނިޔާ" އިންނެވެ.

 

މި ފިލްމުގެ މަސައްކަތަށް ފަހު އޭނާ މިވަގުތު ދަނީ ޗުއްޓީ ހޭދަކުރަމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

 

ސަންޖޭ ދަތް މިވަގުތު ދަނީ އޭނާގެ ދެން އަންނަން އޮތް ފިލްމް "ބޫމީ" ގެ މަސައްކަތް ކުރަމުންނެވެ. އަދި އޭނާގެ ހަޔާތުގެ މައްޗަށް ބިނާކޮށް ތައްޔަރު ކުރަމުންދާ ފިލްމްގެ މަސައްކަތަށް އެހީތެރިވަމުންނެވެ.

 

"ސަޑަކް" ވެފައި ވަނީ 1991 ވަނަ އަހަރު ދެވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބިގެންދިޔަ ފިލްމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.