ކ. މާލެ
|
6 މާރޗް 2020 | ހުކުރު 21:11
2019 ވަނަ އަހަރު ބޭއްވި އައިފާ އެވޯޑްގެ ތެރެއިން
2019 ވަނަ އަހަރު ބޭއްވި އައިފާ އެވޯޑްގެ ތެރެއިން
ޓްވިޓަރ
އައިފާ އެވޯޑް
ކޮވިޑް-19: އައިފާ އެވޯޑް ފަސްކޮށްފި
 
ބާއްވަން ހަމަޖެހިފައި އޮތީ މަދްޔަޕްރަދޭޝްގައި
 
ތާރިހު ފަހުން އިއުލާން ކުރާނެ

ހަލުވިކަމާއި އެކު ކޮވިޑް-19 ފެތުރެމުންދާތީވެ، 21 ވަނަ އިންޓަރނޭޝަނަލް އިންޑިއަން ފިލްމު އެކަޑެމީ (އައިފާ) އެވޯޑް ކެންސަލް ކޮށްފިއެވެ.

އައިފާ އެވޯޑް ބާއްވާން ހަމަޖެހިފައި އޮތީ މި މާރޗް މަހުގެ 27 އިން 29 އަށް އިންޑިއާގެ މަދްޔަޕްރަދޭޝްގައެވެ.

އައިފާ އެވޯޑްސް އިންތިޒާމްކުރާ ފަރާތުން ހުކުރު ދުވަހު އާއްމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ، މި ދުވަސްވަރަކީ ކޮވިޑް-19 ފެތުރެމުންދާ ދުވަސްވަރަކަށް ވާތީވެ ގިނަ މީހުން އެއްތަނަކަށް ޖަމާވުމަކީ ސީއްހީ ގޮތުން އެންމެ ރައްކާތެރި ކަމަކަށް ނުވާތީވެ، މަދްޔްޕްރަދޭޝްގެ ސަރުކާރާ ވާހަކަ ދެއްކުމަށްފަހު މި ފަހަރުގެ އައިފާ މި ވަގުތަށް ކެންސަލް ކޮށްފައިވާ ކަމަށެވެ.

އެވޯޑް ބާއްވާނެ ތާރިހު ފަހުން އިއުލާން ކުރާނެ ކަމަށް އެކަން އިންތިޒާމުކުރާ ފަރާތުން ވަނީ ބުނެފައެވެ. މީގެ ކުރިން އައިފާ އެވޯޑު ބާއްވާފައިވަނީ ދުނިޔޭގެ މަޝްހޫރު ސިޓީތައް ކަމަށްވާ ނިއުޔޯކް، މެޑްރިޑް، ސިންގަޕޫރުގެ އިތުރުން ބެންކޮކްގައެވެ.

މި ފަހަރުގެ އައިފާ އެވޯޑް ވެގެންދާނީ ސަލްމާން ޚާން ހުށައަޅައިދޭ ފުރަތަމަ ޙަފުލާއަށެވެ. ސަލްމާނާއެކު ޝޯވ ހުށައަޅައިދޭނީ ރިތޭޝް ދޭޝްމުކް އެވެ. ކެޓްރީނާ އަދި ޖެކުއަލިންގެ ޙަރަކާތްތަކެއް ވެސް އެ ޙަފުލާގައި ފެނިގެންދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
100%
ކޮމެންޓް