ކ. މާލެ
|
3 މާރޗް 2020 | އަންގާރަ 08:53
އެއްކޮށް ފައިސާ ދައްކާ ގޮތަށާއި މަހުން މަހަށް ފައިސާ ދައްކާ ޕްލޭނެއް ތައާރަފުކޮށްފައިވޭ
ސޯޝަލް މީޑިއާ
އުރީދޫ
ސެމްސަންގް ގެލެކްސީ އެސް 20 އަދި އެސް 20+ ގެ ޕްރީއޯޑަރަށް އުރީދޫ އިން ހުޅުވާލައިފި
 
މޫލީ މެދުވެރިކޮށް ފޯނު ޑެލިވަރކޮށްދޭނެ ކަމަށް އުރީދޫ އިން ބުނޭ

ސެމްސަންގްގެ އެންމެ ފަހުގެ ގެލެކްސީ އެސް 20 އަދި ގެލެކްސީ އެސް 20+ ޕްރީއޯޑަރ ކުރުމަށް ރާއްޖޭގައި ހުޅުވާލައި، އެއާއިއެކު ކަސްޓަމަރުންނަށް ފޯނު ގަނެވޭނެ ފަސޭހަ ޚާއްޞަ ޕްލޭންތަކެއް އުރީދޫ އިން ތަޢާރަފުކޮށްފިއެވެ.

އުރީދޫ އިން ބުނީ އެންމެ ކުޑަ އަގެއްގެ ގޮތުގައި މަހަކު އެންމެ 1058.33 ރުފިޔާ ދެއްކެވުމަށްފަހު، އެންމެ ފަހުގެ ސެމްސަންގް ގެލެކްސީ އެސް 20 ގަނެވޭނެ 12 މަހުގެ އިންސްޓޯލްމަންޓް ޕެކޭޖްތަކެއް ވެސް ހިމެނޭ ކަމަށެވެ.

މި އޮފަރގެ ތެރެއިން ގަންނަ ކޮންމެ ސެމްސަންގް ގެލެކްސީ އެސް 20 ސީރީޒް ގެ ފޯނަކާއެކު، ކޮންމެ މަހަކު 2020 އެމް.ބީ ހިލޭ ޑޭޓާ މި އަހަރުގެ ނިޔަލަށް ލިބިގެންދާނެ ކަމަށާއި، މީގެ އިތުރުން ޕްރީ އޯޑަރ ކުރާ ކޮންމެ ސެމްސަންގް ގެލެކްސީ އެސް 20+ އަކާ އެކު ގެލެކްސީ ބަޑްސް މުޅިން ހިލޭ ލިބިގެންދާނެ ކަމަށް އުރީދޫ އިން މަޢުލޫމާތުދެއެވެ.

އުރީދޫ މޯލްޑިވްސް މެދުވެރިކޮށް ސެމްސަންގް ގެލެކްސީ އެސް 20 އަދި ގެލެކްސީ އެސް 20+ ގަތުމަށް ފަސޭހަކޮށް ދިނުމުގެ ގޮތުން ހާއްސަ ޕޭމަންޓް ޕްލޭންތައް އުރީދޫ އިން ތަޢާރަފުކޮށްފައިވާއިރު ފުލް ޕޭމަންޓް ޕްލޭންގެ ދަށުން ފޯނުތައް ގަތުމުން މި ޕެކޭޖްގެ ދަށުން، މަހަކު 2020 އެމް.ބީ ޑޭޓާ މިއަހަރުގެ ނިޔަލަށް ހިލޭ ލިބިގެންދާނެއެވެ.

އެގޮތުން މި ޕްލޭންގެ ދަށުން ސެމްސަންގް ގެލެކްސީ އެސް 20 128 ޖީބީގެ ފޯނު 15,499 ރުފިޔާއަށް ލިބިގެންދާއިރު ސެމްސަންގް ގެލެކްސީ އެސް 20+ 128 ޖީބީގެ ފޯނު 17,199 ލިބިގެންދާނެ ކަމަށް އުރީދޫ އިން މަޢުލޫމާތުދެއެވެ.

ކޮންމެ މަހަކު އެންމެ 1,058.33 ރުފިޔާ، އެއް އަހަރު ދުވަހުގެ ތެރޭގައި ދައްކައިގެން ސެމްސަންގް ގެލެކްސީ އެސް 20 ގަތުމުގެ ފުރުޞަތު މި ޕްލޭންގެ ދަށުން ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ. މި ޕްލޭންގެ ދަށުންވެސް ކޮންމެ މަހަކު 2020 އެމްބީ ހިލޭ ޑޭޓާގެ އިތުރުން އީސިމް އަށް ހިލޭ އަޕްގްރޭޑް ކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް އުރީދޫ އިން ބުންޏެވެ.

އުރީދޫ އެޕްގައި ހިމެނޭ އުރީދޫގެ އީކޮމަރސް ޕްލެޓްފޯމް، މޫލީ މެދުވެރިކޮށް، ރާއްޖޭގެ ކޮންމެ ހިސާބަކަށް ވެސް ހިލޭ ޑެލިވަރީއާއި އެކު ސެމްސަންގް ގެލެކްސީގެ ފޯނުތައް ޕްރީ އޯޑަރ ކުރެވޭނެ ކަމަށާއި ސެމްސަންގް ގެލެކްސީ 20 ސީރީޒްގެ ފޯނަށްhttp://ore.do/appއަށް ޒިޔާރަތްކޮށް މޫލީ މެދުވެރިކޮށް ޕްރީ އޯޑަރ ކުރެވޭނެ ކަމަށް އުރީދޫ އިން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް