ކ. މާލެ
|
2 މާރޗް 2020 | ހޯމަ 09:52
\"ބަގްސް ބަނީ\" ގެ ސްޕެނިޝް ވަރޝަންއަށް އަޑުއެޅި ލުއިސް އަލްފޮންސޯ މެންޑޯޒާ
"ބަގްސް ބަނީ" ގެ ސްޕެނިޝް ވަރޝަންއަށް އަޑުއެޅި ލުއިސް އަލްފޮންސޯ މެންޑޯޒާ
ގޫގުލް
ބަގްސް ބަނީ
"ބަގްސް ބަނީ" ކާޓޫންގެ ސްޕެނިޝް ވަރޝަންއަށް އަޑުއެޅި މީހާ މަރާލައިފި
 
އޭނާ މަރާލިއިރު އުމުރަކީ 55 އަހަރުކަމަށް މީޑިއާ ރިޕޯޓްތައް ބުނޭ
 
މެންޑޮސާގެ ޤާތިލު އޭނާގެ އަނބިމީހާގެ އިތުރުން އާއިލާގެ އިތުރު މެމްބަރަކުވެސް މަރާލާފައިވޭ
 
އޭނާ މަރާލާފައިވަނީ މީހަކާ ދެމެދު އުފެދުނު ދެބަސްވުމެއްގެ ތެރެއިން

ކުޑަކުދިންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ލިބިގެންދިޔަ ކާޓޫނެއްކަމަށްވާ "ބަގްސް ބަނީ" ގެ ސްޕެނިޝް ވަރޝަންއަށް އަޑުއެޅި މީހާ މަރާލައިފިއެވެ.

ބަގްސްބަނީ ކެރެކްޓަރގެ އިތުރުން ޑެފީ ޑަކްއަށް އަޑުއަޅާފައިވާ ލުއިސް އަލްފޮންސޯ މެންޑޯޒާ މަރާލާފައިވާކަން ބޭރުގެ މީޑިއާތަކުން ކަށަވަރު ކޮށްދީފައިވާއިރު، އޭނާ މަރާލިއިރު އުމުރަކީ 55 އަހަރެވެ. އެގޮތުން އޭނާ މަރާލާފައިވަނީ މެކްސިކޯގައި އޭނާ ދިރިއުޅެމުންދިޔަ ޕޯރޓޭލްސް ނޯޓޭ ސަރަޙައްދުގައެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން އޭނާ މަރާލާފައިވަނީ އޭނާގެ ސްޓޫޑިއޯއިން ބައެއް ކުއްޔަށް ހިފައިގެން އުޅޭ މީހަކާ ދެމެދު އުފެދުނު ދެބަސްވުމެއްގެ ތެރެއިންނެވެ. އެގޮތުން މެންޑޮސާގެ ޤާތިލު އޭނާގެ އަނބިމީހާގެ އިތުރުން އާއިލާގެ އިތުރު މެމްބަރަކުވެސް މަރާލާފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

އޭގެ އިތުރުން، މެންޑޯސާއާއި އޭނާގެ އާއިލާ މެންބަރުންތަކެއް މަރާލުމަށްފަހު ޤާތިލު އަމިއްލައަށް މަރުވުމަށްޓަކައި އަމިއްލަ ހަށިގަނޑަށް ބަޑި ޖަހާފައިވާ ކަަމަށާއި، ނަމަވެސް އޭނާ މަރުނުވާކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް އޭނާގެ ޙާލު ވަރަށް ސީރިއަސްއެވެ.

މެންޑޯސާވަނީ މަޝްހޫރު ކާޓޫން ކެރެކްޓަރ ތަކުގެ އިތުރުން، މަޝްހޫރު ލައިވް އެކްޝަން ފިލްމުތަކަށްވެސް ޑަބް ކޮށްފައެވެ. އެގޮތުން "ކަރާޓޭ ކިޑް"އާއި "ދަ ބިގް ބޭންގް ތިއަރީ" ފަދަ މަޝްހޫރު ފިލްމުތަކުގެ ސްޕެނިޝް ވަރޝަންއަށް އޭނާ ޑަބްކޮށްފައިވެއެވެ.

މެންޑޯސާގެ މަރާއެކު ގިނަ ބަޔަކު ދަނީ ހިތާމަފާޅު ކުރަމުންނެވެ. އަދި އެ މައްސަލަ ގާތުން ބެލުމަށްވެސް މެންޑޯސާގެ ފޭނުން ޓްވިޓަރގައި އަޑުއުފުލަމުންދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ފުލުހުންގެ ހިދުމަތަށް 91 އަހަރު - މިދިޔަ 5 އަހަރަކީ ފުލުހުންގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްކުރެވުނު 5 އަހަރު
ފައްޔާޒު ފުލުހަށް ހާޒިރުކުރުން: މިއީ އަނިޔާވެރިކަމުގެ ފެށުންތަ؟
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމުގައި މީހަކު ބަންދުކޮށްފި
ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް
އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ
ރަމަޟާންމަހު ފަހު 10ގައި ބީއެމްއެލްއިން ހިދުމަތްދޭނެ ގަޑިތައް އާންމުކޮށްފި
ގެދޮރުވެރިކަމަށް ބޭނުންޖެހިފައިވާ ދިވެހި ސިފައިންނަށް ގެދޮރުވެރިކަން ޔަގީންކޮށްދޭނަން: ރައީސް މުއިއްޒު