ކ. މާލެ
|
1 މާރޗް 2020 | އާދީއްތަ 19:29
ސަލްމާން ޚާން
ސަލްމާން ޚާން
އިންޑިއާ.ކޮމް
ބޮލީވުޑް
ސަލްމާންގެ ފޮލޯވަރުންގެ އަދަދު 30 މިލިއަނަށް އަރައިފި
 
ދެން އެންމެ އަވަހަށް ސަލްމާން ފެނިގެންދާނީ "ރާދޭ" އިން
 
ސަލްމާން އިނަސްޓަގްރާމްގައި ފޮލޯކުރަމުންދަނީ 8 ފޮލޯވަރުން

ބޮލީވުޑް ސުޕަރ ސްޓަރ ސަލްމާން ޚާންގެ އިންސްޓަގްރާމް ފޮލޯވަރުންގެ އަދަދު 30 މިލިއަނަށް އަރައިފިއެވެ.

ފޮލޯވަރުންގެ އަދަދު 30 މިލިއަނަށް އެރިކަން ފާހަގަކޮށް ސަލްމާން އޭނާގެ އިންސްޓަގްރާމް ގައި ވަނީ ފޭނުންނަށް ޝުކުރު އަދާކޮށްފައެވެ. ސަލްމާން ހިއްސާކޮށްފައިވާ ވީޑިއޯގައި އެނާގެ ފޭނުންނަށް ސެލިއުޓް ކުރާ މަންޒަރު ފެނިގެންދެއެވެ.

އަދި އެ ވީޑިއޯގެ ކެޕްޝަންގައި "އޮއި މާ 30 މިލިއަން. ތެންކިޔު އޯލް" ލިޔެފައިވެއެވެ. "އޮއި މާ" އަކީ ސަލްމާން ކުޅެފައިވާ ފިލްމް "އަންދާޒް އަޕްނާ އަޕްނާ" ގައި އޭނާ ބޭނުންކުރަމުންދާ ބަހެކެވެ. ސަލްމާންގެ ފޮލޯވަރުން ގެ އަދަދު 30 މިލިއަނަށް އަރާފައިވީނަމަވެސް ސަލްމާނުގެ ތިބެނީ އެންމެ 08 ފޮލޯވަރުންނެވެ.

އުމުރުން 54 އަހަރުގެ ތަރި އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ "ދަބަންގް3" އިންނެވެ. ދެން އެންމެ އަވަހަށް އޭނާ ފެނިގެންދާނީ "ރާދޭ" އިންނެވެ. މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އީދާއި ދިމާކޮށް މޭ މަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް