ކ. މާލެ
|
1 މާރޗް 2020 | އާދީއްތަ 17:21
ކުރީގެ ހައުސިންގ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އާއި ހައުސިންގ މިނިސްޓްރީގެ ޕީއެސް ކަމަށް ކުރިމަތިލި ފަތުހުﷲ އިސްމާއިލް
ކުރީގެ ހައުސިންގ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އާއި ހައުސިންގ މިނިސްޓްރީގެ ޕީއެސް ކަމަށް ކުރިމަތިލި ފަތުހުﷲ އިސްމާއިލް
ރާއްޖެއެމްވީ
މަގޭ ރިޕޯޓް
ބޭއިންސާފާ ނުފޫޒު ހައްދުން ނެއްޓި، ޑރ. މުއިއްޒު އެ މިނިސްޓްރީއަށް ހޮވުނު ޕީއެސްއަށް ހަދާލިގޮތް އެންމެ ކޯލަކުން!
 
ސިވިލް ސަރވިސް ކޮމިޝަނަށް ގޮންޖަހައި، އަމިއްލަ ބާރުވެރިކަން ދެއްކުމަށް މަސައްކަތްކޮށްފައިވޭ
 
މައްސަލައާއި ގުޅޭގޮތުން މަޖިލީހަށް ފޭކް ސިޓީތަކެއް ހުށަހަޅުއްވާފައިވޭ
 
ފަތުހުﷲއަށް ގުޅާ ވަޒީފާއަށް ނުނިކުތުމަށް އަންގާ މުއިއްޒު އިންޒާރުދެއްވާފައިވޭ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ސަރުކާރުގައި ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ކުރެވިފައިވެއެވެ. އެގޮތުން ހުދު އެމަނިކުފާނުވެސް މިހާރު ގެންދަވަނީ ހިޔާނާތުގެ މައްސަލައެއް ސާބިތުވެ ޖަލު ގޮޅީގައި ދުވަސްތައް ވޭތުކުރަމުންނެވެ. އަދި އެމަނިކުފާނާއި އަރިސްކޮށް އުޅުއްވި ގިނަ ބޭފުޅުންގެ މައްޗަށް ވެސް މިފަދަ އެތައް ތުހުމަތުތަކެއް ވަނީ ކުރެވިފައިވެއެވެ. އޭގެތެރޭގައި އެމަނިކުފާނުގެ ސަރުކާރުގެ ހައުސިންގ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވެސް ހިމެނިވަޑައިގަންނަވައެވެ. މިހާރު ވެސް ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް (ނޫމަޑި) އިން ދިވެހި ސަރުކާރުގެ މައްޗަށް ހުށަހެޅި އާބިޓްރޭޝަން މައްސަލައިގައި މުޢިއްޒު ޢަމަލުކުރެއްވިގޮތާއި ގުޅިގެން ޖިނާއީ ތަޙްޤީޤެއް ހިންގަވައި ދެއްވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގައި އެޓަރނީ ޖެނެރަލް (އޭޖީ)ގެ އޮފީހުން ވަނީ އެދިފައެވެ. އެ މައްސަލާގެ ތަހުޤީޤްތައްވެސް އަންނަނީ ކުރިއަށްގެދަމުންނެވެ.

އެކަމުން ވެސް އެނގިގެންދަނީ މުއިއްޒުއަކީ އޭނާ ވިދާޅުވާގޮތަށް ރައްޔިތުންގެ ހިދުމަތުގައި ހެޔޮ ނިޔަތަކާއިއެކު އުޅުއްވާ ބޭފުޅެއް ނޫންކަމެވެ. މުއިއްޒުގެ ހިޔާނާތުގެ މައްސަލަތަކުގެ ތެރެއިން ޔަޤީނުން ވެސް ސާބިތުވާ އެކަމެއް އެބައޮތެވެ. މުއިއްޒު ހައުސިންގ މިނިސްޓަރަކަށް ހުންނެވިއިރު މަޤާމުގެ ނުފޫޒާއި މަޤާމުގެ ނާޖައިޒް ފައިދާ ބޭނުންކޮށްގެން ވަކިގޮތަކަށް އަމިއްލަ މަންފާއަށް ކަންތައްތަކެއް ނިންމުމަށްޓަކައި މަސައްކަތްކުރިކަމެވެ. އަދި ވަކި ސިޔާސީ ޕާޓީއަކަށް އެ މީހެއް ނިސްބަތްވުމުން، ޒާތީ ތައައްސުބު ގެންގުޅިވިކަމެވެ. 2015 ވަނަ އަހަރު ހައުސިންގ މިނިސްޓްރީގެ ޕާމަނަންޓް ސެކްޓަރީގެ މަޤާމަށް ހޮވުނު ފަތުހުﷲ އިސްމާއިލްއަށް މުއިއްޒު ކުރި ދުއްތުރާތަކާއި ޖެއްސުންތައް އެކަމުގެ ހެއްކަކަށް ފުދެއެވެ.

އޭނާއަށް އެ މަޤާމަށް ހޮވުނުކަމުގެ ސިޓީ 20 ޖެނުއަރީ 2015 ގައި އޭނާއަށް ސިވިލް ސަރވިސް ކޮމިޝަނުން ވަނީ ހަވާލުކޮށްފައެވެ. މަޤާމަށް ހޮވުނުތާ މާގިނަ ދުވަސްތަކެއް ނުވެ އޭނާ ވަނީ އޭރު އަދާކުރަމުންދިޔަ ވަޒީފާ ދޫކޮށްލާފައެވެ. އަދި އޭރު އެމްޓީސީސީގެ ބޯޑު މެމްބަރެއްގެ ގޮތުގައި ވެސް އޭނާ ހުއްޓެވެ. ނަމަވެސް ސިވިލް ސާރވިސް ކޮމިޝަންގެ އެދުމުގެ މަތިން އޭނާ ވަނީ ބޯޑު މެމްބަރުކަމުން ވެސް އިސްތިއުފާދީފައެވެ. އޭނާއަށް މަޤާމު ހަމަޖެހި، ވަޒީފާއަށް ނިކުތުމަށް ނާންގާ ދުވަސްތަކެއް ފާއިތުވެގެންދިޔައެވެ. އަދި ސިވިލް ސަރވިސް ކޮމިޝަން އިން ފަތުހުﷲ ވަޒީފާއަށް ނެރުމަށްޓަކައި މަސައްކަތް ކުރުމުން ވެސް އެކަމަށް މުއިއްޒު ވަނީ ހުރަސް އަޅުއްވާފައެވެ.

އެގޮތުން 25 ޖެނުއަރީ 2015 ގައި މުއިއްޒު ވަނީ ސިވިލް ސަރވިސް ކޮމިޝަނަށް ސިޓީއެއް ހުށަހަޅާފައެވެ. އެ ސީޓީގައި މުއިއްޒު ވިދާޅުވީ ފަތުހުﷲ އަކީ ޕީޕީއެމް އާއި ސަރުކާރުގެ ސިޔާސަތުތަކާއި ދެކޮޅު މީހެއް ކަމަށާއި ޕީޕީއެމްއާ ސަރުކާރުގެ ސިޔާސަތުތަކަށް ދެކޮޅު ހެދުމުގެ ކަންކަންކަމުގައި އަމަލީ ގޮތުން ހަރަކާތްތެރިވި މީހެއްކަން ކަށަވަރުވެފައިވާ ކަމަށާއި އެ މަޤާމަށް އޭނާ ހަމަޖެއްސުމަށް ވެސް ދެކޮޅު ކަމަށެވެ. ނަމަވެސް އެކަންކަމަކީ ކޮބައިކަމެއް ނުވަތަ އެކަމާއި ގުޅޭ އެއްވެސް ހެއްކެއް މުއިއްޒު ހުށަހަޅުއްވާފައެއް ނުވެއެވެ. މީގެއިތުރަށް ވެސް މުއިއްޒު ވަނީ އޭރު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީއަށް މި މައްސަލަ ހުށަހަޅާފައެވެ. އަދި ފަތުހުﷲ އާ ދެކޮޅަށް އެކޮމެޓީއަށް ހުށަހަޅާފައިވާ ސިޓީތަކުން ވެސް އެނގެނީ އެއްކަމެކެވެ. އެ ސިޓީތައް ހުރީ އެއް ފޯމެޓަކަށް އެއްގޮތަކަށް ކަމެވެ. ހަމައެކަނި ބަދަލުވެފައިވަނީ ސިޓީގައި އޮތް ނަންއެކަނި ކަމެވެ.

ޤާނޫނު އަސާސީގެ 56 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތުން ޕާމަނަންޓް ސެކްރެޓަރީގެ މަޤާމަށް މީހަކު އައްޔަންކުރާނީ ސިވިލް ސަރވިސް ކޮމިޝަނުންކަން ބަޔާންކޮށްފައިވާއިރު މުއިއްޒު ވަނީ ފަތުހުﷲ އަށް ފޯނުން ގުޅާ ހައުސިންގް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަޤާމަށް ނުނިކުމެވޭނެ ކަމަށް ބުނެ އިންޒާރު ދެއްވާފައެވެ. އެގޮތުން މުއިއްޒު ވިދާޅުވެފައިވަނީ އެތާނގައި މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖައްސައިދެވެން ނެތް ވާހަކަ އެ ކޮމިޝަނަށް އެންގުމަށާއި އެކަމަށް ފުރުސަތެއްވެސް ނުދެއްވާނެ ކަމަށެވެ.

ސިވިލް ސަރވިސް އިން ސިޓީއެއް ފޮނުވާފަ އެބައޮތް، ޕީއެސްގެ މަޤާމަށް ހަމަޖައްސާ ވާހަކަ، ދެން އަޅުގަނޑު އެކަމަކަށް އެއްބަހެއް ނޫން. ވަރަށް ދެކޮޅު ހަދާފަ އޮންނާނީ. އެއްގޮތަކަށް ވެސް ޤަސްދެއް ނުކުރަން މަސައްކަތް ކުރަން ފުރުސަތު ދޭކަށެއް. މިތާނގައި މަސައްކަތްތައް ހަމަޖައްސަވައި ދެވޭކަށް ނެތް. އެބޭފުޅުންނަށް ދަންނަވާ އަޅުގަނޑު ދެންނެވިއޭ މިތާނގައި މަސައްކަތް ކުރުމުގެ އިންތިޒާމުތަކާއި އެކަންތައްތައް ހަމަޖައްސައިދެވޭކަށް ނެތޭ. އެކަމަކަށް ފުރުސަތެއް އަޅުގަނޑު ނުދޭނަމޭ. އެކަން ކުރަން އުޅޭނެކަމެއް ނެތޭ. ސާފުކޮށް ދަންނަވާ މިކަމެއް ނުވާނޭ. އެހެންވީމަ މިތަނަށް ނިކުންނަވަން އެއްވެސް ގޮތަކަށް މަސައްކަތް ކުރައްވަވާނެ ކަމެއް ނެތް އެކަމެއް ނުވާނެ.
މުއިއްޒު ފޯނު ކޯލުގައި ވިދާޅުވި

ފަތުހުﷲ ވެސް ބުނީ އޭނާއާ ދޭތެރޭގައި މުއިއްޒު ކަންތައްތައް ކުރައްވާފައިވަނީ ވަރަށް އިހާނެތިކޮށް ކަމަށާއި މުއިއްޒު މަޤާމުގެ ނުފޫޒު ބޭނުންކުރެއްވި ކަމަށެވެ. އަދި ހަޤީޤަތެއް ނެތް ކަމެއްގެ މައްޗަށް ބިނާކޮށް އޭނާއަށް ވަޒީފާއަށް ނުކުތުމަށް ވެސް ހުރަސް އަޅާފައިވާ ކަމަށެވެ.

އަޅުގަނޑު ވަޒީފާއަށް ކުރިމަތިލުމުން އެގޮތަށް ކަންތައްތައް ކުރުމުން ވަރަށް ދެރަވި. އަޅުގަނޑު ބޭނުންވީ ރައްޔިތުންނަށް ހިދުމަތްކޮށްދޭން. އެހެންނަމަވެސް ވަރަށް އިހާނެތިކޮށް އޭރު މުއިއްޒު ކަންތައްތައް ކުރެއްވީ.
ފަތުހުﷲ ބުންޏެވެ.

މި މައްސަލާގައި އިންސާފު ހޯދުމަށްޓަކައި ފަތުހުﷲ މި މައްސަލަ ކޯޓަށް ހުށަހެޅިއެވެ. އަދި ދާދިފަހުން އޭނާއާ އެއްކޮޅަށް މި މައްސަލަ ވަނީ ނިމިފިއެވެ. އެގޮތުން ފަތުހުﷲ އަށް ބަދަލުދިނުމަށް ސިވިލް ސަރވިސް ކޮމިޝަންގެ މައްޗަށް ހައިކޯޓުން ވަނީ ހުކުމްކޮށްފައެވެ. މި މައްސަލައިގައި ހައިކޯޓުން އިއްވި ހުކުމުގައި ބުނެފައިވަނީ، ފަތުހުﷲ އަދާކުރަމުންދިޔަ މަގާމުން ވަކިކުރި ދުވަހުން ފެށިގެން އެ ވަޒީފާގެ މުއްދަތު ހަމަވާ ތާރީހަށްވާ ފައިސާގެ ޖުމުލަ 278،154 ރުފިޔާ 30 ދުވަހުގެ ތެރޭގައި ސީއެސްސީގެ ފަރާތުން ސިވިލް ކޯޓަށް ދައްކާ ހަލާސްކުރުމަށެވެ.

މީހުން ބުނާތީ އަޑުއަހަމެވެ. އިންސާނުންނަކީ އާރާބާރު ލިބުނު ލިބުނުހެން އެކަމަކަށް ދަހިވެތިވާ ބައެކެވެ. އަދި އެކަމެއް ލިބުމުން އެމީހަކު މި ދުނިޔޭގައި ބޮޑާކަންމަތީގައި "ތިމާގެ ހުރި ބާރު" ދައްކާލުމަށްޓަކައި މަސައްކަތް ކުރެއެވެ. މިފަހަރު ވެސް މިވީ އެކަހަލަ ގޮތެކެވެ. ޔާމީންގެ ސަރުކާރުގައި ހައުސިންގ މިނިސްޓަރު ކަމުގެ މަޤާމު މުއިއްޒުއަށް ލިބުމުން ތިމާއަށް ތިމާ ފެނުނީއެވެ. ރައްޔިތުންނަށް ހިދުމަތްކޮށްދިނުމަށްޓަކައި އިންސާފުން ކަންތައްތައް ކުރިއަށް ގެންދިޔުމަށްޓަކައި ވީ ވައުދުގެ މަތިން ހަނދާން ނެތުނީއެވެ. ވީ ވައުދާއި ހިލާފު ވެވުނީއެވެ. ސުވާލަކީ މިފަހަރު މުއިއްޒުއަށް ވަކި އިންސާފުން ހަމަހަމަކަމާއެކީގައި ރައްޔިތުންނަށް ހިދުމަތް ކުރެވިދާނެތޯއެވެ؟

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
9%
15%
1%
56%
3%
16%
ކޮމެންޓް
7 އޭޕްރިލް 2021 | ބުދަ 18:31
ރައްޔިތުމީހާ.
އެންޓި ކެންޕޭނު ކުރުމަކީ ޤާނޫނީ ކުށެއް.
7 އޭޕްރިލް 2021 | ބުދަ 00:48
ވަހުސީސް
މިފަހަރު މުއިއްޒު ހޮވާނެކަން ޔަޤީންވީމަ ތެޅިފޮޅެނީ
1 މާރޗް 2020 | އާދީއްތަ 17:45
ތިމަންނަ
ކިޔަވައިގެން ހުރި އަމިއްލަ އެދުމުން ފުރި ފައިވާ ކަނޑުކޮހެއް
ގުޅުންހުރި
އޮޕަރޭޝަން ބްލޫ ޓައިޑްގެ އޮޕަރޭޝަނަލް ފޭސް ރަސްމީކޮށް ފަށައިފި
ޓުއަރިޒަމް މިނިސްޓްރީއަށް 25 ސިޔާސީ ބޭފުޅުން، މުސާރައަށް މަހަކު 7 ލައްކައަށްވުރެ ގިނަ ރުފިޔާ
ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް، ދެން މިގައުމުގެ ކަންކަން ދާނެ ގޮތް ރައްޔިތުން ތަސައްވުރު ކުރައްވާ: ޔާމީން
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
ނަމާދަށް އިސްކަންދީ، ތިބާ ބުނެއުޅޭ ވާހަކަތަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ގޮވާލައިފި
ދެރަށެއްގެ އެއާޕޯޓު ތަރައްގީކުރުމާއި ތިން ރަށެއްގެ ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް
އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުން ބަދުނާމުކުރުމުގެ ނިޔަތުގައި ހަބަރުފަތުރާފައިވާތީ އެކަން ކުށްވެރިކޮށްފި