ކ. މާލެ
|
1 މާރޗް 2020 | އާދީއްތަ 21:41
މޯލްޑިވްސް ލިވިން އެކްސްޕޯގެ ތެރެއިން
މޯލްޑިވްސް ލިވިން އެކްސްޕޯގެ ތެރެއިން
ހައިރައިޒް ޕްރައިވެޓް ލިމިޓަޑް
މޯލްޑިވްސް ލިވިންގ އެކްސްޕޯ 2020
އަށްވަނަ ލިވިން އެކްސްޕޯ ވަރަށް ކާމިޔާބު
 
މިފަހަރުގެ އެކްސްޕޯ ރާވާފައިވަނީ ގެދޮރުވެރިކުރުމުގެ ހުރިހާ މައުލޫމާތެއް އެއް ފުރާޅެއްގެ ދަށުން ލިބޭ ގޮތަށް
 
ޖުމްލަ 40 އެގްޒިބިޓަރުން މިފަހަރުގެ އެކްސްޕޯގައި ބައިވެރިވެފައިވޭ
 
މިއީ ވިދިވިދިގެން މި އެކްސްޕޯ ބާއްވާ އަށްވަނަ އަހަރު

ހައިރައިޒް އިންޓަނޭޝަނަލްގެ ފަރާތުން ބޭއްވި އަށްވަނަ ލިވިން އެކްސްޕޯ ވަރަށް ކާމިޔާބުކަމަށް އިވެންޓް އިންތިޒާމްކުރިން ފަރާތުން މައުލޫމާތު ދީފިއެވެ.

އެހެން އަހަރުތަކާ ހިލާފަށް އައު ކޮމްޕޯނަންޓްތަކަކާއި އެގްޒިބިޓަރުންނާއެކު ދަރުބާރުގޭގައި ބޭއްވި ލިވިންގ އެކްސްޕޯގައި 40 އެގްޒިބިޓަރުން ބައިވެރިވެފައިވެއެވެ. އެކްސްޕޯ އިންތިޒާމްކުރި ފަރާތުން މައުލޫމާތު ދީފައިވާ ގޮތުގައި މިފަހަރުގެ އެކްސްޕޯގައި މަސައްކަތްކޮށްފައިވަނީ ބޯހިޔާވަހިކަމާއި ގެދޮރުވެރިކުރުމާ ބެހޭ ހުރިހާ މައުލޫމާތެއް އެއް ފުރާޅެއްގެ ދަށުން ޒިޔާރަތްކުރާ ފަރާތްތަކަށް ފޯރުކޮށްދިނުމަށެވެ.

މި އެކްސްޕޯއާ ބެހޭގޮތުން މައުލޫމާތު ދެއްވަމުން ހައިރައިޒްގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު މަރިޔަމް މާއިޝާ ވިދާޅުވީ، މި ފަހަރުގެ އެކްސްޕޯއަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔަ ކަމަށެވެ. އޭގެ އިތުރުން އެންމެ ފަހުން ބޭއްވުނު އެކްސްޕޯއަށް ވުރެ ގިނައިން މިފަހަރުގެ އެކްސްޕޯގައި ރިއަލް އެސްޓޭޓް ކުންފުނިތަކުން ބައިވެރިވެފައިކަން ފާހަގަކުރެއްވިއެވެ. އެގޮތުން މިފަހަރުގެ އެކްސްޕޯގައި ހުޅުމާލޭގައި އިމާރާތްކޮށްފައިވާ އިމާރާތްތަކުގެ ޑިވެލޮޕަރުންގެ އިތުރުން ލަންކާގެ ތިން ޕްރޮޕަޓީއަކާއި މެލޭޝިއާގެ ރިއަލް އެސްޓޭޓް ޑިވެލޮޕަރުން ބައިވެރިވެފައިވެއެވެ.

މޯލްޑިވްސް ލިވިން އެކްސްޕޯގެ ތެރެއިން. ފޮޓޯ: ބްލޮންކް/ވެލިގާ ހާޑްވެއަރ

މިފަހަރުގެ އެކްސްޕޯގައި ރިއަލް އެސްޓޭޓް ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އިތުރުން، ކޮންސްޓްރަކްޝަން ސާމާނު ފޯރުކޮށްދޭ ކުންފުނިތަކާއި، އަރކިޓެކްޓުންނާއި އިންޓީރިއަރ ޑިޒައިންގެ މަސައްކަތް ކުރާ ފަރާތްތަކުގެ ސްޓޯލްތައް ހިމަނާފައިވެއެވެ. އޭގެ އިތުރުން ގެދޮރަށް ބޭނުންވާ ތަފާތު އެކިއެކި ސާމާނުތައް ވިއްކާ ވިޔަފާރިތަކާއި، އިންޝުއަރަންސްގެ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކާއި، ބޭންކިންގ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތައް ބައިވެރިވެފައިވެއެވެ. މިފަހަރުގެ އެކްސްޕޯގައި ގެދޮރުވެރިކުރުމުގެ އެކި ދާއިރާތަކަށް އަލިއަޅުވާލައިގެން ޕެނަލް ޑިސްކަޝަންތަކެއް ވެސް ކުރިޔަށް ގެންގޮސްފައިވެއެވެ.

އެހެން އަހަރުތަކެކޭ އެއް ފަދައިން މިފަހަރުގެ އެކްސްޕޯއަށް ޒިޔާރަތްކުރި ފަރާތްތަކުގެ މެދުގައި ވެސް ވަނީ ވަރަށް ހާއްސަ ގުރެއް ނަގާ، ނަސީބުވެރިންނާ އިނާމުތައް ހަވާލުކޮށްފައެވެ.

މޯލްޑިވްސް ލިވިން އެކްސްޕޯއަށް ޒިޔާރަތްކުރި ފަރާތްތަކުގެ ތެރެއިން އިނާމް ލިބޭ ނަސީބުވެރިން ހޮވަނީ. ފޮޓޯ: ހައިރައިޒް

ލިވިން އެކްސްޕޯއަކީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ރިއަލް އެސްޓޭޓް ހިދުމަތްދޭ ބޮޑެތި ކުންފުނިތައް އެއްތަނަކަށް ގެނެސްގެން 2013 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ހަރަކާތެކެވެ. އަދި މިފަހަރުގެ ތަޖުރިބާއަށް ބަލާފައި އަންނަ އަހަރުވެސް ކާމިޔާބު އެކްސްޕޯއަށް ބޭއްވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ހައިރައިޒުން ވަނީ މައުލޫމާތު ދީފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް