ކ. މާލެ
|
1 މާރޗް 2020 | އާދީއްތަ 16:23
އެމްއެފްއޭއާ އޭބީސީއާ އެކު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
އެމްއެފްއޭއާ އޭބީސީއާ އެކު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ރާއްޖެއެމްވީ
އެމްއެފްއޭ ފިލްމު އެވޯޑް
އެތައް އަހަރުތަކެއްގެ މެދުކެނޑުމަށް ފަހު އެމްއެފްއޭ ފިލްމު އެވޯޑް ބާއްވަނީ
 
އެއް މަހަގެ މީޑިއާ ކެމްޕޭން ހިންގުމަށް ހަަމަޖެހިފައިވޭ
 
ސީދާ ތާރީހެއް ފަހުން އިއުލާން ކުރާނެ

އަހަރުތަކެއްގެ މެދު ކެނޑުމަށް ފަހު މޯލްޑިވްސް ފިލްމު އެސޯސިއޭޝަން (އެމްއެފްއޭ) އިންތިޒާމްކުރާ ހަތަރުވަނަ ފިލްމު އެވޯޑް ބޭއްވުމަށް ތައްޔާރުވެއްޖެއެވެެ.

ފިލްމު އެވޯޑް އޯގަނައިޒިން ޕާޓްނަރަކަށް ހަމަޖައްސާފައިވާ އަ ބިސްނަސް ކޮންސެޕްޓް ޕްރައިވެޓް ލިމިޓެޑް (އޭބީސީ) އާ އެކު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. އާދިއްތަ ދުވަހު ސަރފްވިއު ހޮޓެލްގައި ބޭއްވި ކުޑަ ރަސްމިއްޔާތުގައި އެމްއެފްއޭގެ ފަރާތުން އެއްބަސްވުމުގެ ސޮއިކުރީ އެ އެސޯސިއޭޝަންގެ ޗެއަރމަން ޝިވާޒް (މާސްކޭ) އެވެ. އަދި އޭބީސީގެ ފަރާތުން ސޮއިކުރީ އޭބީސީގެ އެމްޑީ ސުހާނާއެވެ.

ސޮއިކުރުމަށް ފަހު މީޑިއާތަކާ ވާހަކަ ދައްކަމުން މާސްކޭ ބުނީ، މި ފަހަރުގެ ފިލްމު އެވޯޑަކީ އެންމެ ގްރޭންޑް އަދި އެންމެ ރީތި އެވޯޑް ހަފްލާއަަކަށް ވެގެންދާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ. ސުހާނާ ބުނީ، އެމްއެފްއޭ ބޭނުންވާ ފެންވަރުގެ ފުރިހަމަ އެވޯޑަކަށް ހެދުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށެވެ. ސުހާނާ ބުނީ، މި ސޮއިކުރުމުގެ ރަސްމިއްޔާތާއެކު އެހެން ޕާޓްނަރުންނާ އެކު ސޮއިކުރުމާއި އޭގެ އިތުރުން އެއްމަސް ދުވަހަށް ކުރިޔަށްދާ މީޑިއާ ކެމްޕޭނެއް ފަށާނެ ކަމަށެވެ. އޭނާ ބުނީ، މަސައްކަތް ކުރަނީ އޭޕްރީމް މަހުގެ 16 ވަނަ ދުވަހު ފިލްމު އެވޯޑް ބޭއްވުމަށް ކަމަށާއި، އެކަމަކު ފައިނަލް ތާރީހެއް ރޯދަ މަހުގެ ކުރިން ހާމަކުރާނެ ކަމަށެވެ.

ޕްރޮބަބްލީ މާޗް 16 އިން ފެށިގެން އޭޕްރީލް 15 އަށް 30 ދުވަހުގެ ވަރަށް ބޮޑު، މި ކަމުގެ ކަންތައްތައް ފެނިގެންދާނެ މީޑިއާ އަށް
ސުހާނާ - އެބީސީގެ އެމްޑީ

އެމްއެފްއޭގެ ބޯޑު މެމްބަރު މަނިކު ބުނީ، މި އެވޯޑަކީ ފިލްމު އެސޯސިއޭޝަންގެ މެމްބަރުންނަށް ބާއްވާ އެވޯޑެއް ކަމަށެވެ. އޭނާ ބުނީ، ފިލްމު އެސޯސިއޭޝަންގެ މެމްބަރަކަށް ނުވެ އެވޯޑުގައި ބައިވެރިނުވެވޭނެ ކަމަށެވެ.

ޕްރޮޑިއުސްކުރަ ފަރާތަކީވެސް ވާން ޖެހޭ ފިލްމު އެސޯސިއޭޝަންގެ މެމްބަރުންނަށް. އަދި ކެޓަގަރީސްތަކަށް ނޮމިނޭޓް މިސާލަކަށް ބަހާލާފައި އޮތް ކެޓަގަރީން ބެސްޓް އެކްޓަރ އަށް ނޮމިނޭޓްވަނީ ފަސް މީހަކަށް ވާއިރުގައި އޭނާ ނޮމިނޭޓްވާ ވަރަށް އޭނަގެ އެބަހުރި ގާބިލުކަން. އެހެން ނަމަވެސް އޭނައަކީ މެމްބަރަކަށް ނުވަންޏާ އޭނާ ކައުންޓެއް ނުކުރާނެ އޭގެ ތެރެއިން.
މަނިކު - އެމްއެފްއޭގެ ބޯޑު މެމްބަރު

މަނިކު ބުނީ، އެމްއެފްއޭގެ މެމްބަރުކަަށްވުމުގެ ފުރުސަތު ކޮންމެ މީހަކަށްވެސް އެބައޮތް ކަމަށާއި، ފޯމް ހުށައެޅޭނެ ކަމަށެވެ. މިހާރު އެ އެސޯސިއޭޝަންގައި 280 އަށް ވުރެ ގިނަ މެމްބަރުން އެބަތިއްބެެވެ.

މަނިކު ބުނީ، ގިނަ ދުވަސްތަކެއް ވަންދެން ފިލްމު އެވޯޑް ނުބޭއްވި ދިޔައީ އެސޯސިއޭޝަންގެ އިހުމާލެއް އޮވެގެން ކަމަށެވެ. އޭނާ ބުނީ، އެސޯސިއޭޝަންގެ ބޯޑު މެމްބަރުންގެ އިތުރުން ގިނަ މެމްބަރުންނަކީ ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށްވާތީވެ ހިނގައިގަންނަން ޖެހޭ އެންމެ ރަނގަޅު ގޮތުގައި އެމްއެފްއޭގެ މަސައްކަތް ގެންދަންވަ ސްޕީޑުގައި ނުގެންދެވޭ ކަމަށެވެ.

އެމްއެފްއޭއިން ބުނީ، ފިލްމު އެވޯޑްގައި ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް ހޯމަ ދުވަހުން ފެށިގެން ހުޅުވާލާނެ ކަމަށާއި، އަންގާރަ ދުވަހުން ފެށިގެން ފޯމް ލިބެން ހުންނާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ފުލުހުންގެ ހިދުމަތަށް 91 އަހަރު - މިދިޔަ 5 އަހަރަކީ ފުލުހުންގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްކުރެވުނު 5 އަހަރު
ފައްޔާޒު ފުލުހަށް ހާޒިރުކުރުން: މިއީ އަނިޔާވެރިކަމުގެ ފެށުންތަ؟
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމުގައި މީހަކު ބަންދުކޮށްފި
ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް
އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ
ރަމަޟާންމަހު ފަހު 10ގައި ބީއެމްއެލްއިން ހިދުމަތްދޭނެ ގަޑިތައް އާންމުކޮށްފި
ގެދޮރުވެރިކަމަށް ބޭނުންޖެހިފައިވާ ދިވެހި ސިފައިންނަށް ގެދޮރުވެރިކަން ޔަގީންކޮށްދޭނަން: ރައީސް މުއިއްޒު