ކ. މާލެ
|
28 ފެބްރުއަރީ 2020 | ހުކުރު 10:26
ހަލީމާ އަލިފުޅު އެޑްމިޓްކޮށްގެން ފަރުވާ ހޯދަނީ
ހަލީމާ އަލިފުޅު އެޑްމިޓްކޮށްގެން ފަރުވާ ހޯދަނީ
ފޭސްބުކް
މަންމަ
މަންމަ ފަހަތުން ހިނގަނީ ވަޅި ހިފައިގެން!
 
ދެކުދިން ވެސް މިހާރު ތިބީ ހައްޔަރުގައި
 
މަސްތުވާތަކެތީގެ ޝިކަރާއަކަށް ދެކުދިންވެފައި
 
މަންމަ ކޮޓަރީގައި ދަންވަރު ޓަކިޖަހާ

މަންމައަކީ ކޮންމެ ދަރިއެއްގެ ވެސް ލޮލުގެ ފިނިކަމެވެ. ހިތުގެ ހިތްހަމަ ޖެހުމެވެ. ގިނަ ދަރިންގެ ދިރިއުޅުމުގެ ހުރިހާ ވެސް އެއްޗަކީ މަންމަކަމާއި މެދު ޝައްކުއުފައްދާނެ ޖާގައެއްނެތެވެ. 09 މަސްދުވަހުގެ ގަދަވޭނުގައި އުޅުމަށްފަހު ދަރިފުޅު ދުނިޔެއަށް އުފަންކޮށް، ބަލާ ބޮޑުކުރަނީ ނުހަނު ލޯތްބާއެކުއެވެ. ހެވާއި ނުބައި އޮޅުންފިލުވައިދީ ދަރިން ތަރުބިއްޔަތު ކުރަނީ ނުހަނު ބޮޑެތި އުންމީދުތަކާއެކުއެވެ. މައިންބަފައިންގެ ޒުވާން އުމުރު ދަރިންގެ ކަންކަމުގައި ހުސްކޮށްލަނީ، ދަރިންގެ ފަރާތުން އެހީތެރިކަމާއި ލޯބި ލިބޭނެކަމުގެ އުންމީދުގައެވެ. ނަމަވެސް ހިތާމައަކީ މުޖުތަމައުއަށް މިހާރު ކުރިމަތިވެފައިވާ އެއް ވަބާކަމުގައިވާ މަސްތުވާތަކެތީގެ ޝިކާރައަކަށްވާ ބައެއް ޒުވާނުންގެ މަންމަމެން އިހާނެތިކޮށް ހިތާ، އެކަމުގެ ބިރުވެރިކަމުގެ ތެރެއަށް ވެއްޓާލުމެވެ.

އައިމިނަތު (އަސްލު ނަމެއް ނޫން) 07 ކުދިންގެ މަންމައެކެވެ. 07 ކުދިން ވެސް ތަރުބިއްޔަތު ކުރީ ލޯތްބާއެކުއެވެ. 2012 ވަނަ އަހަރު ފިރިމީހާ ކެންސަރު ބަލީގައި މަރުވި ނަމަވެސް ހިތްވަރާއެކު ދިރިއުޅެމުންދިޔައީ ދަރިންގެ ހައްގުގައެވެ. އައިމިނަތުގެ ހުރިހާ ދަރިން ވެސް ބޮޑެތި ވެއްޖެއެވެ. އަމިއްލަ ފައިމައްޗަށް ތެދުވެއްޖެއެވެ. ނަމަވެސް މިއަދާ ހަމައަށް އައިރު އެ މަންމަ ދިރިއުޅެމުންދަނީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ. ދެ ކުއްޖަކު މަސްތުވާތަކެތީގެ ޝިކާރަކަށްވެ މުޅި އާއިލާ ވިއްސިވިހާލިވެގެން ދިޔައީއެވެ. މަންމަ މި ހާލަތުގައި ވެސް ގޮދޮރު ދޫކޮށް ނުދިޔައީ ފިރިހެން ދަރިންގެ ހައްގުގައެވެ. ދަރިންނަށް ހެޔޮވިސްނުން ލިބި ރަނގަޅުވާނެ ކަމުގެ އުންމީދުގައެވެ. އާއިލާގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު މީހަކާ އިދެގެން އެހެން ރަށަކަށް ދިރުއުޅުން ބަދަލުކުރީ ވެސް އުޅެބޮޑުވި ގެއިން ރައްކާތެރި މާހައުލެއް ނުލިބިގެންނެވެ.

ވަރުގަދަ އަޒުމާއެކު، މި ނޫން ދުވަހެއް ފެންނާނެކަމުގެ އުންމީދުގައި މަންމަ ހުރި ނަމަވެސް އިންސާނަކަށް ކެތްވާނީ ވަކިވަރަކަށެވެ. އެ މަންމަގެ އަޒުމު ގުޑުވާނުލެވުނު ނަމަވެސް ހިތަށް ކުރި އަސަރެއްގެ ބޮޑު ކަމުން މިމަހުގެ 24 ވަނަ ދުވަހު މަންމަ ނ. ވެލިދޫ ސިއްހީ މަރުކަޒުގައި އެޑްމިޓްކޮށް ފަރުވާ ހޯދަންޖެހުނެއެވެ. އަދި އިތުރުފަރުވާއަށް މާލެގެނެސް މިހާރު ފަރުވާ ހޯދަމުންދާއިރު، ލިބުނު ނަފްސާނީ ބިރުވެރިކަމުން އަދިވެސް ހުރީ ބޭރަށް ނުކުންނަން ނުކެރިފައެވެ. ގައިން އަޅަމުންދާ ތުރުތުރު އެޅުމަށް ބަދަލެއް ނާދެއެވެ.

މި މައްސަލައާ ގުޅޭގޮތުން އުމުރުން 31 އަހަރުގެ މުހައްމަދު އަބްދުއް ލަތީފް ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓަކާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް ރާއްޖެއެމްވީއިން ގުޅާލުމުން އައިމިނަތުގެ ދަރިއެއް ކަމަށްވާ ލަތީފު ބުނީ މަންމަ އަބަދުވެސް މަސައްކަތް ކުރަމުންއައީ އެ ދެ ބޭބެ ރަނގަޅު ކުރުމަށް ކަމަށެވެ. ވިސްނައިދީ އެމީހުންނަށް ޚިދުމަތް ކުރުމަށް ކަމަށެވެ. ނަމަވެސް މި މަހުގެ 24 ވަނަ ދުވަހު ބޭބެއަށް ސިނގިރޭޓް ފޮއްޓެއް ގަނެ ނުދީގެން މަންމަގެ ފޯނު ވައްޓާލާ ފުޑާލިއެވެ. ސިޓިންގ ރޫމްގައި ހުރި ޓީވީ ނަގާ އެއްލާލިއެވެ. މަންމައާ ދިމާލަށް ބޭނުންކުރި ހަޑިހުތުރު ބަސްތަކުން މަންމަ އަޑުން އަޑުނަގާ ރުއި ކަމަށް އޭނާ ބުންޏެވެ. މާ ގިނަ އިރެއްނުވެ މަންމަގެ ބޮލަށް އެނބުރުންއަރާ ގޮތްވެ ހޮސްޕިޓަލްގައި އެޑްމިޓް ކުރަން ޖެހުނު ކަމަށް ލަތީފް ބުންޏެވެ.

ލަތީފް ކިޔާދިން ގޮތުގައި މަންމައަކީ ލޭމައްޗަށްދާ މީހެކެވެ. އަބަދުވެސް އެކަހަލަ ކަންތައްތަކުގައި މަންމަ ވިސްނާ ފިކުރުކޮށް ރޮއެ ހަދާކަން އޭނާ ފާހަގަކުރިއެވެ.

ޓީވީ ވައްޓާލާ ހަލާކުކޮށްލާފައި

އިތުރު ފަރުވާއަށް މާލެ ގެނެސް ފަރުވާދިނުމަށްފަހު މިހާރު އައިމިނަތު ގެއަށް ދޫކޮށްލާފައިވީ ނަމަވެސް މި ހިތްދަތިކަމަކީ މިހާރު އައިމިނަތުގެ ދިރިއުޅުމުގެ ބަޔެކެވެ. ކޮންމެ ދުވަހަކުވެސް އޭނާ ތަޙައްމަލު ކުރަންޖެހޭ ވޭނަކަށް އެކަން ވެފައިވީނަމަވެސް އެ ދެ ދަރިން އަދިވެސް އޭނާގެ ހިމާޔަތުގެ ދަށުގައި ދަރިން ގެންގުޅެނީއެވެ. އަމިއްލަ ނަފްސަށް ހިމާޔަތެއް ނެތް ހާލުގައެވެ. ބައެއް ހާލަތްތަކުގައި އެ ދަރިން ބޭނުންވާ ކަންތައްތައް ނުކޮށްދިނުމުން މަންމަ ފަހަތުން ވަޅި ހިފައިގެން ވެސް ހިނގައެވެ.

އައިމިނަތުގެ ދެ ދަރިން މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައިވާއިރު، އެތަނުން އެއްކުއްޖެއް މިހާރު ހުރީ 04 އަހަރަށް މާފުށީ ޖަލަށްލާފައެވެ. އެ ކުއްޖާ ވެސް މަސް ނިމެންވާއިރަށް، މަންމައަށްގުޅާ ރުފިޔާއަށް ކިޔައެވެ. އަދި އަނެއް ކުއްޖާ މިމަހުގެ 24 ވަނަ ދުވަހު ގޭތެރޭގައި މާރާމާރީ ހިންގުމާއެކު މިހާރު ހައްޔަރުކޮށް އޭނާގެ ބަންދަށް ވަނީ 10 ދުވަސް ޖަހާފައެވެ. 04 ކުދިންނާއެކު އެއް ގެއެއްގައި ދިރިއުޅުނު ނަމަވެސް މަންމަ ދިރިއުޅެމުންދަނީ ބިރުވެރި ނަމާން މާހައުލެއްގައެވެ.

ރުޅި އަންނަ ކޮންމެ ފަހަރަކު ގޭގެ އެއްޗިއްސަށް ގެއްލުންދޭ

ލަތީފް ކިޔާދިން ގޮތުގައި މިކަންކަން ގޭތެރޭގައި ހިނގި ނަމަވެސް މައްސަލަ ބަލާނެ މުއައްސަސާއެއް ނެތެވެ. ގޭތެރޭގެ މަސްލަހަތު ގޯސްވުމުން މަންމައާއެކު އެތައް ދުވަހަކު ފުލުހަށް ގޮސް މައްސަލަ ޖެއްސުމުން ވެސް އެކަމަށް މާބޮޑު ހައްލެއް ނެތް ކަމަށް ލަތީފް ބުންޏެވެ. ފުލުހުން ގެއަށް ގޮސް އެމީހުންނަށް ނަސޭހަތް ދިނުމަށްފަހު ދޫކޮށްލާ ކަމަށާއި، މިގޮތަށް ދިރިއުޅޭ އެތައް އާއިލާއެއް އުޅޭކަން އޭނާ ފާހަގަކުރިއެވެ.

ދަރިންގެ ފަރާތުން މަންމައަށް ހިމާޔަތާއި ރައްކާތެރިކަން ބޭނުންވާއިރު، ދަންވަރު ގަޑީގައި މަންމަގެ ކޮޓަރީގައި ޖަހަނީ ޓައްކެވެ. މަންމަ ނިދިޔަ ނުދީ ޖެއްސުންކުރުންމަތީ ހުންނަނީ ސިނގިރޭޓް ފޮއްޓެއްގެ ގަތުމަށް ކަމަށް ބުނެ ރުފިޔާ ހޯދާށެވެ. އަރާއިރާއެކު އެ ރުފިޔާ ހޯދުމަށް މަންމަ ފަހަތުން ތަސްބީހައެއް ކިޔަމުންދާއިރު، ގަނެނުދީފިނަމަ ކޮންމެ ފަހަރަކު މަންމައަށް ރުޅިވެރިކަން ދައްކާ، ގޭގެ ކޮންމެ ވެސް އެއްޗެއް ހަލާކުކޮށްލައެވެ. އުމުރުން 55 އަހަރުގެ މަންމައަށް އެ ދަރިންގެ ލޯބި މިއަދު އެންމެ ބޭނުންވާ ދުވަހު، މަންމަ ފަހަތުން ހިނގަނީ ވަޅި ހިފައިގެންނެވެ. މައިވަންތަ ލޯބީގައި މިއަދު އަގެއް ނެތް ކަހަލައެވެ!

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
2%
1%
80%
16%
1%
1%
ކޮމެންޓް
3 މާރޗް 2020 | އަންގާރަ 15:11
ދަޅޭ
ނަން ހާމަނުކުރަން މަޒުމޫނުގަ އި އަސްލު ނަން ބޭނުންކޮށްފަ ނުވާ އިރު ފޮޓޯގަ އި އަސްލު ނަން ޖަހާފަ އިވުމުން ދޭހަވަނީ ދިވެހި ނޫސްވެރުކަމުގެ ފެންވަރު.
2 މާރޗް 2020 | ހޯމަ 10:51
ސަމްވަން
ހާދަ ދެރަަައޭ.މައިންބަފައިން ދަރިންބަލާ ބޮޑެެތި ކުރަނީ ނުހަނު ލޯބިން، ވީއިރު ކީއްވެ ދަރިން މައިންބަފައިންނައް އިހާނާތްތެރި ވާންވީ؟ ވަރަށްވެސް ހިތާމަހުރި.?
1 މާރޗް 2020 | އާދީއްތަ 14:49
އިބޫ
މިއީ ބޮވެން ޖެހޭނެ ކަމައް ބުނާ މީހުން ވާޣިވެރިވާ މީސްމީހުން
1 މާރޗް 2020 | އާދީއްތަ 11:09
އިބްރާހީމް
މިވެސް ގެވެށި އަނިޔާ.
1 މާރޗް 2020 | އާދީއްތަ 06:54
ތިމަންނަ
މިރާ އްޖޭގަ އި މިކަމުގެ ހަ އްލެންލިބެން އޮތީ ދެ ގޮތެކެވެ. ފުރަތަމަ ގޮތަކީ އިލާހީ ގާނޫނު ހިންގުމެވެ.( މި އީ ކުރެވޭވެ ކަމެ އްނޫން) ދެން އޮތީ ގަ އުމުގެ އެންމެ މަތީ ވެރިން އަދި މިކަންކަމާ ގުޅޭ މު އަ އްސަސާތަކުގެ ވެރިންގެ ދަރިން މިކަން ޖެހި ، އެ ދަރިން މި އާޓިކަލް ގަ އިވާ މަ އިމީހާ އާއ އ ދިމާކުރިގޮތަށް ދިމާކުރުމެވެ
28 ފެބްރުއަރީ 2020 | ހުކުރު 23:45
އެ މަންމަ
އަހަރެން މަންމަ ދުނިޔެ ދޫ ކުރީވެސް ތި ހަާލުގައި. މިއަދު ދައްތައެއްގެ ހައިސިއްޔަތުން އަހަރެންނަށް އެ ހާލު.އަދި އެކަނިވެރި މައެއް.އަހަރެންގެ 12 އަހަރުގެ އަންހެން ދަރިޔަަކައެކު ނަފްސާނީ ބިރުވެރި ކަމެއްގަ. އެހިވެދޭނެ ފަރާތެއް މުއައްސަސާއެއް ނެތް."އެކަނިފަ އޮއްވަ ފެނިއްޖެޔާ މަރާލަަނަން."މީ އެންމެ ފަހުގެ އިންޒާރު
28 ފެބްރުއަރީ 2020 | ހުކުރު 14:18
ޢެކޮއި
ޥަރަށް ދެރަވެއްޖެ