ކ. މާލެ
|
27 ފެބްރުއަރީ 2020 | ބުރާސްފަތި 21:36
ދިރާގުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ދިރާގުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ރާއްޖެއެމްވީ
ދިރާގު
ދިރާގުން ސްޓިންގްރޭ މިއުޒިކް ތައާރަފްކޮށްފި
 
ތަފާތު ޖޯންރާތަކުގެ ހިމެނޭ މިއުޒިކް އަޑުއެހޭނެ
 
ދުނިޔޭގެ ފެންވަރުގައި މަޝްހޫރު އެތައް ބައިވަރު އަރޓިސްޓުންގެ މިއުޒިކް ސްޓްރީމް ކުރެވޭނެ
 
ދިރާގުގެ ކަސްޓަމަރުންނަށް ހިލޭ ބޭނުން ކުރެވޭ

ދިރާގުން އިނގިރޭސި މިއުޒިކް ސްޓްރީމިން ސާވިސް ކަމަށްވާ "ސްޓިންގްރޭ" މިއުޒިކް ތައާރަފުކޮށްފި އެވެ.

ބުރާސްފަތި ދުވަހު ދިރާގުގެ ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދިރާގުގެ ޕްރޮޑަކްޓް ޑިވެލޮޕްމެންޓް އެންޑް އިނޮވޭޝަން މެނޭޖަރު އައިމިނަތު ޝޫޒާ ވިދާޅުވީ ސްޓިންގްރޭ އަކީ މާކެޓް ރިސާޗު ހަދައިގެން ދިވެހިން ބޭނުންވާނެ މިއުޒިކްތަކަށް އަމާޒުކޮށްގެން ބޭނުންކުރުމަށް ރާއްޖެއަށް ތައާރަފުކުރި ޚިދުމަތެއް ކަމަށެވެ.

ޝޫޒާ ވިދާޅުވީ މިއެޕްއަކީ އިންޓަނޭޝަނަލް ހިޓް އަދި ދުނިޔޭގެ ފެންވަރުގައި މަޝްހޫރު އެތައް ބައިވަރު އަރޓިސްޓުންގެ މިއުޒިކް ސްޓްރީމް ކުރެވޭނެ އެޕްއެއް ކަމަށެވެ.

އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ ރާއްޖޭގައި އިނގިރޭސި މިއުޒިކް ޚާއްސަކޮށް އަޑު އަހާ މީހުން މިބޭނުންކުރާ އެކި އެޕްސްތަކަކީ އެބޭފުޅުން ކޮންމެވެސް ގޮތަކަށް ގަނެގެން ނޫނީ އެކައުންޓް ޝެއަރކޮށްގެން މިގޮތަށް ބޭނުންވާ އެޕްސްތަކެއް. އެހެންވީމަ އަޅުގަނޑުމެން ބެލީ ކިހިނެތްތޯ އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ތަންކޮޅެއް ފަސޭހައިން އިނގިރޭސި ލަވަތަކަށް އެކްސެސް ލިބޭނީ. މިގޮތަށް ބެލިބެލުމުގައި އަޅުގަނޑުމެންނަށް ފެނިގެންދިޔަ ސްޓިންގްރޭ އަކީ ގޫގަލް ސްޓޯރ އަދި އެޕަލް ސްޓޯރގައި އެންމެ މަގުބޫލު އެއް އެޕް.
ޕްރޮޑަކްޓް ޑިވެލޮޕްމެންޓް އެންޑް އިނޮވޭޝަން މެނޭޖަރު އައިމިނަތު ޝޫޒާ

ޝޫޒާ ވިދާޅުވީ މިއެޕްގައި އަބަދުވެސް ދުނިޔޭގެ ޓޮޕްޗާޓުގައި ހިމެނޭ 40 ލަވަ ކޮންމެ ހަފްތާއަކު އަޕްޑޭޓްވަމުންދާ ކަމަށާއި، މިއީ ޑައުންލޯޑްކޮށްގެން ކުޅެން ވަރަށް ފަސޭހަ އެޕެއް ކަމަށެވެ.

މީގެ އިތުރުން ޝޫޒާ ވިދާޅުވީ ތަފާތު ޖޯންރާތަކުގެ ހިމެނޭ މިއުޒިކް އެވެއިލަބަލްވާއިރު، ކުޑަކުދިންނަށް ޚާއްސަ މިއުޒިކް ވެސް ހިމެނޭ ކަމަށެވެ. އަދި ދުވާ މީހުންނަށާއި، ކާޑިއޯ ޖައްސާ މީހުންގެ ޚާއްސަ ޕްލޭ ސްޓޯރުތައް ހުންނަކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އީރާއަށް ދާކަމަށްވާނަމަ 1940 އިންފެށިގެން މިހާތަނަށް އެންމެ މަޝްހޫރު ލަވަތައް ލިބޭކަމަށް ވެސް ޝޫޒާ ވިދާޅުވިއެވެ.

ޝޫޒާ ވިދާޅުވީ ސްޓިންގްރޭގެ ޚިދުމަތް ދިރާގުގެ ކަސްޓަމަރުންނަށް ހިލޭ ބޭނުންކުރެވޭނެ ކަމަށާއި، ދިރާގުގެ ނަމްބަރު ބޭނުންކޮށްގެން ސްޓިންގްރޭ އެޕްލިކެޝަން އޮތޮރައިޒު ކުރެވޭނެ ކަމަށެވެ.

އެފްރިކަން އޭޝިއަން މިއުޒިކްއަށް ވަރަށް ގިނަ ރޭންޖްތަކުގެ މިއުޒިކްތައް އެވައިލަބަލްވޭ. ވަރަށް ބައިވަރު ލަވަތައް އެފްލެޓް ފޯމެއްގައި އަޅުގަނޑުމެން މިއޮފަރ ކުރަނީ އަޅުގަނޑުމެން ހުރިހާ ދިރާގު ކަސްޓަމަރުންނަށް ފްރީކޮށް އެއީ ހެން އަޅުގަނޑުމެންނަށް ކަސްޓަމަރުންނަށް ދެވޭ ހަދިޔާއަކީ.
ޕްރޮޑަކްޓް ޑިވެލޮޕްމެންޓް އެންޑް އިނޮވޭޝަން މެނޭޖަރު އައިމިނަތު ޝޫޒާ

ދިރާގުން ބުނީ ކަސްޓަމަރުންގެ ބޭނުންވާ ޚިދުމަތްތައް ހޯދައިދިނުމަށް މަސައްކަތް ކުރާ ކަމަށާއި، ޑިޖިޓަލް ރާއްޖެއަށް ވާސިލްވުމަށް މިހާރު ވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް