ކ. މާލެ
|
27 ފެބްރުއަރީ 2020 | ބުރާސްފަތި 19:00
އިންޓަރ އޮފީސް ހޭންޑްބޯޅަ މުބާރާތުގެ ތެރެއިން
އިންޓަރ އޮފީސް ހޭންޑްބޯޅަ މުބާރާތުގެ ތެރެއިން
އަބީދު
އިންޓަރ އޮފީސް ހޭންޑްބޯޅަ މުބާރާތް
އިންޓަރ އޮފީސް ހޭންޑްބޯޅަ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފި
 
މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ އެމްއެންޑީއެފުން
 
މި މުބާރާތް ކުރިޔަށްދިޔައީ ދެ ޑިވިޝަނަކަށް ބަހާލައިގެން

ފަސްވަނަ ހިޓާޗީ އިންޓަރ އޮފީސް އަދި ކުންފުނިތަކުގެ ހޭންޑްބޯޅަ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

މިއަހަރުގެ މުބާރާތްވެސް ކުރިއަށްދިޔައީ ދެ ޑިވިޝަނަކަށް ބަހާލާފައިގެންނެވެ.

ފިރިހެން އެއްވަނަ ޑިވިޝަނުގައި މިއަހަރު ހަތަރު ޓީމެއް ވާދަކުރިއިރު، މި ބައިގެ ޗެމްޕިއަންކަން ހޯދާފައިވަނީ އެމްއެންޑީއެފުންނެވެ. އެމްއެންޑީއެފް ޗެމްޕިއަންކަން ހޯދީ ބުދަ ދުވަހުގެރޭ ގައުމީ ހޭންޑްބޯޅަ ކޯޓުގައި ކުޅުނު ފައިނަލް މެޗުގައި އެމްޕީއެލް އަތުން 30-27 އިން މޮޅުވެގެންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމްއެންޑީއެފްގެ އަހުމަދު ނަޖީބެވެ.

މިއަހަރުގެ މުބާރާތުގެ ފިރިހެން ދެވަނަ ޑިވިޝަނުގައި 14 ޓީމެއް ވަނީ ވާދަކޮށްފައެވެ. މި ބައިގެ ޗެމްޕިއަންކަން ހޯދީ އެސްޓީއޯ އިންނެވެ. އެސްޓީއޯ ޗެމްޕިއަންކަން ހޯދީ ބުދަ ދުވަހު ހަވީރު ކުޅުނު ފައިނަލް މެޗުގައި އައިޖީއެމްއެޗް އަތުން 23-14 އިން މޮޅުވެގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ އެސްޓީއޯގެ އަހުމަދު ރަޒުނީ އެވެ.

އިންޓަރ އޮފީސް ހޭންޑްބޯޅަ މުބާރާތުގެ ތެރެއިން

މީގެ އިތުރުން 25 ޓީމެއް ވާދަކުރި އަންހެން ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދާފައިވަނީ އިމިގްރޭޝަނުންނެވެ. އިމިގްރޭޝަން ޗެމްޕިއަންކަން ހޯދީ ބުދަ ދުވަހު ހަވީރު ކުޅުނު މެޗުގައި އެމްޕީއެލް އަތުން 18-6 އިން މޮޅުވެގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އިމިގްރޭޝަނުގެ އައިޝަތު ރީމެވެ.

ފަސްވަނަ ހިޓާޗީ އިންޓަރ އޮފީސް އަދި ކުންފުނިތަކުގެ ހޭންޑްބޯޅަ މުބާރާތުގެ ކުޅުން ކުރިއަށްދިޔައީ މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން 26 ވަނަ ދުވަހުގެ ނިޔަލަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
50%
50%
ކޮމެންޓް