ކ. މާލެ
|
27 ފެބްރުއަރީ 2020 | ބުރާސްފަތި 21:38
މެމްބަރު ޖާބިރު މިނިސްޓަރު އަލީ ވަހީދުއާ ބައްދަލުކުރައްވަނީ
މެމްބަރު ޖާބިރު މިނިސްޓަރު އަލީ ވަހީދުއާ ބައްދަލުކުރައްވަނީ
ޓްވިޓަރ
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު
ހައްގުތައް ހޯދައިދިނުމަށް މަސައްކަތްކުރި ތާރީހު ދުށް ވަޒީރަކީ އަލީ ވަހީދު!
 
އޯޑިތަކެއް ލީކްވެފައިވާތީ ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ އަމާޒުވެފައި
 
ވަރަށް ގިނަ ވަޒީރުންގެ މަސައްކަތް ވަނީ ފެނިފައި

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުއަށް ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރްޕީގެ ލީޑަރު އަބްދުﷲ ޖާބިރުގެ ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފިއެވެ.

މެމްބަރު ޖާބިރުއަކީ ރާއްޖޭގައި ޒަމާންތަކެއްވަންދެން ރިސޯޓު ވިޔަފާރިކުރާ ވިޔަފާރިއެއްކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ ވަރަށް ގިނަ ވަޒީރު ދެކިފައިވާ ކަމަށެވެ.

މެމްބަރު ޖާބިރު ވިދާޅުވީ ސިޔާސީ ފިކުރަށް ބެލުމެއްނެތި ކޮންމެ މީހެއްގެ ހައްގުތައް ހޯދައިދިނުމަށް މަސައްކަތްކުރާ ތާރީހު ދުށް ވަޒީރަކީ އަލީ ވަހީދު ކަމަށެވެ.

މެމްބަރު ޖާބިރު މިނިސްޓަރު އަލީ ވަހީދަށް ވަރަށް ބޮޑަށް ތައުރީފްކުރައްވާފައިވަނީ އަލީ ވަހީދު ކަމަށް ބެލެވޭ މީހަކު ވާހަކަދައްކާފައިވާ އޯޑިތަކެއް ލީކްވެފައިވާ ދަނޑިވަޅެއްގައެވެ. އެހެންކަމުން ގިނަ ބައެއްގެ ފާޑު ކިޔުން މިނިސްޓަރު އަލީ ވަހީދަށް މިހާރު ވަނީ އަމާޒުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
33%
0%
17%
33%
17%
ކޮމެންޓް
28 ފެބްރުއަރީ 2020 | ހުކުރު 09:40
އަލަމާރި
1000000 އާއި އެކު އުތަ؟