ކ. މާލެ
|
27 ފެބްރުއަރީ 2020 | ބުރާސްފަތި 18:46
ޕީއެންސީގެ ރައީސް އަބްދުލްރަޙީމް އަބްދުﷲ (އަދުރޭ)
ޕީއެންސީގެ ރައީސް އަބްދުލްރަޙީމް އަބްދުﷲ (އަދުރޭ)
ރާއްޖެ އެމްވީ
ޕީޕީއެމް/ޕީއެންސީ
ޕީޕީއެމްގެ ލީޑަރޝިޕާ ހަވާލުވާނެ ފަރާތެއް ހޯދާކަށް ނޫޅެން: އަދުރޭ
 
ފާއިތުވި ދުވަސްތަކުގައި އިތުރު މައްސަލަތަކެއްގެ ތަހުޤީޤަށް ރައީސް ޔާމީން ފުލުހަށް ހާޒިރުކުރައްވާފައިވޭ
 
ލީޑަރޝިޕާ ހަވާލުވާނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފައި ނުވާކަމަށް އަދުރޭ ވިދާޅުވި
 
ރައީސް ޔާމީން ގެންދަވަނީ މަނީ ލޯންޑަރިންގގެ ކުށް ސާބިތުވެ، 5 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ލީޑަރޝިޕާ ހަވާލުވާނެ ފަރާތެއް ހޯދުމަށް މަސައްކަތް ނުކުރައްވާ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުލްރަޙީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު އަދުރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޕީޕީއެމްގެ ލީޑަރޝިޕާ ހަވާލުވާނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފައި ނުވާ ކަމަށެވެ. އަދި ވަކި ފަރުދަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންތިޙާބެއް ކާމިޔާބުވާނެކަން ނުވަތަ ނޫންކަން ނިންމުމަށް ނޭނގޭނެ ކަންވެސް އަދުރޭ ވަނީ ފާހަގަ ކުރައްވާފައެވެ.

އަދުރޭ އެހެން ވިދާޅުވެފައިވާއިރު، ޕީޕީއެމްގެ ލީޑަރ އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެންދަވަނީ މަނީ ލޯންޑަރިންގގެ ކުށް ސާބިތުވެ، 5 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެގޮތުން ފާއިތުވި ދުވަސްތަކުގައި އިތުރު މައްސަލަތަކެއްގެ ތަހުޤީޤަށް އެމަނިކުފާނު ފުލުހަށް ހާޒިރު ކުރައްވާފައިވާއިރު، ބުރާސްފަތި ދުވަހުވެސް ރައީސް ޔާމީން ފުލުހަށް ހާޒިރުކޮށްފައިވެއެވެ.

އޭގެ އިތުރުން، ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި ބާއްވައި ޕީޕީއެމް ޕީއެންސީގެ ޓިކެޓުގައި ރިޔާސީ އިންތިހާބަށް ވާދަކުރުމަށް 3 ފެކްޝަނެއް އެ ޕާޓީތަކުގެ ތެރޭގައި ހިމެނޭކަމަށްވެސް ދާދި ފަހުން ވަނީ އަޑުތައް ފެތުރިފައެވެ. އެގޮތުން ޕީޕީއެމް އަދި ޕީއެންސީގެވެސް ވިސްނުން މިހާރު ހުރީ ރައީސް ޔާމީން ޖަލުގައި ބޭއްވުމަށް ކަމަށާއި، ހިޔާނާތާއި ގުޅިގެން ކުރީގެ ރައީސް ޔާމީން ޖަލުގައި އޮންނަވަން ޖެހޭކަމަށް އެ ޕާޓީތަކުންވެސް ގަބޫލުކުރާކަމަށް ވަނީ އަޑުފެތުރިފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
63%
13%
13%
13%
0%
ކޮމެންޓް