ކ. މާލެ
|
27 ފެބްރުއަރީ 2020 | ބުރާސްފަތި 18:35
ފުލުހުންގެ މައި އިދާރާ
ފުލުހުންގެ މައި އިދާރާ
ދަ އެޑިޝަން
ފުލުހުން
އެސްއެމްއެސް މެދުވެރިކޮށް މައްސަލައާ ގުޅުންހުރި ފަރާތްތަކާއި މައުލޫމާތު ހިއްސާކުރަނީ
 
މުއައްސަސާއަށް ލިބުނު ކުރިއެރުމެއް
 
ކުރިއަށްވުރެ ފަސޭހަކަމާއެކު މައުލޫމާތު ލިބޭނެ
 
އިންވެސްޓިގޭޝަން އޮފިސަރުން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރާނެ

ފުލުހުންނަށް ހުށަހަޅާ ޖިނާއީ މައްސަލަތަކުގެ ތަހުގީގުގައި ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު، އެ މައްސަލައާ ގުޅުންހުރި ފަރާތްތަކަށް ލިބޭނެ އިންތިޒާމް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހަމަޖައްސައިފިއެވެ.

މީގެ ކުރިންވެސް މައްސަލައެއް ހުށަހެޅުމުން، އެ މައްސަލައެއް ހުށަހެޅުނުކަމާއި، އެ މައްސަލަ ކޭސްކުރާ ހިސާބުން، ކޭސް ނަމްބަރާއެކު މައްސަލަ ތަހުގީގު ކުރުމަށް ކަނޑައެޅޭ އިންވެސްޓީގޭޝަން އޮފިސަރުގެ މައުލޫމާތާއި ހުށަހެޅިފައިވާ މައްސަލައެއްގެ ތަހުގީގު ނިންމައި ޕްރޮސެކިއުޓް ކުރަން ފޮނުވުމުން ނުވަތަ ދައުވާކުރެވޭ ވަރަށް ހެކި ނުލިބުމުގެ ސަބަބުން ފައިލްކުރުމުންވެސް އެ މައްސަލަ ހުށަހަޅާފަރާތަށް އެ މައުލުމާތު އޮޓޮމޭޓެޑް ސިސްޓަމެއްގެ ތެރެއިން އެސްއެމްއެސް މެދުވެރިކޮށް ހިއްސާކުރަމުން ގެންދެއެވެ.

ނަމަވެސް، މިހާރު މި ގެނެވުނު ބަދަލާއެކު، ކުރިން ހިއްސާކުރަމުން ގެންދިޔަ މައުލޫމާތުގެ އިތުރުން، މައްސަލައިގެ ތަހުގީގުގައި އިންވެސްޓިގޭޝަން އޮފިސަރުން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު މައްސަލައާ ގުޅުންހުރި ފަރާތްތަކަށް ހިއްސާކުރަމުންދާނެ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ މި ޚިދުމަތަށް މި ގެނެވުނު ބަދަލާއެކު ފުލުހުންނަށް ހުށަހެޅޭ މައްސަލަތައް ކުރިއަށްދާ ގޮތުގެ މައުލޫމާތު، މައްސަލައާ ގުޅުންހުރި ފަރާތްތަކަށް ކުރިއަށްވުރެ ފަސޭހަކަމާއެކު ލިބިގެންދާނެ ކަމަށެވެ.

މި ޚިދުމަތަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސްޓްރެޓީޖިކް ޕްލޭން 2019-2024 ގައި ކަނޑައަޅާފައިވާ އޯގަނައިޒޭޝަނަލް ރިފޯމް އެންޑް ޓްރާންސްފޮމޭޝަން ލަނޑުދަނޑީގެ ދަށުން ހާސިލްކުރަން ކަނޑައަޅާފައިވާ މަގުސަދުތައް ހާސިލްކުރުމަށް ގެނެވުނު މުހިއްމު ބަދަލެކެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް
27 ފެބްރުއަރީ 2020 | ބުރާސްފަތި 21:21
އަޅޭދޮގޭ
ކޮންތާކު! އަދިވެސް ބުނަނީ 'ހުސެން އާދަމް ބިލްޑިން އަށް އައިސް އިނދެއިނދެގެން ބަޔާނުގައި ސޮއިކުރީމަ ނޫނީ މައްސަލައެއް ނުބެލޭނެ!"