ކ. މާލެ
|
27 ފެބްރުއަރީ 2020 | ބުރާސްފަތި 18:37
މިނިސްޓަރ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް، ޔުމްނާ މައުމޫނު
މިނިސްޓަރ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް، ޔުމްނާ މައުމޫނު
ވަން އޮންލައިން
ޤައުމީ ތާރީޚުގެ ދުވަސް
ޤައުމީ ތާރީޚުގެ ދުވަސް: ހިނގާ ހާދިސާތައް ތަޢައްސުބުތަކުން އެއްކިބާވެ ތިބެ ލިޔުމަށް މިނިސްޓަރ ގޮވާލައްވައިފި
 
ރާއްޖޭގެ ތާރީޚު އިލްމުވެރިންނާއި، ބޭރުގެ ތާރީޚީ ޢިލްމުވެރިންގެ މަސައްކަތް މިނިސްޓަރ ވަނީ ފާހަގަކުރައްވާފަ
 
ތާރީޚަށް އަހުލުވެރި މުޖުތަމަޢެއް އުފެއްދުން މުހިއްމުކަމަށް މިނިސްޓަރ ވިދާޅުވި
 
މިފަދަ ދުވަހެއް ފާހަގަ ކުރުމުގެ އެންމެ ބޮޑު މަގުސަދަކީ ތާރީޚު ދިރާސާކުރުމުގެ ރޫޙު އިތުރަށް ކުރި އެރުވުން

ރާއްޖޭގައި ހިނގާ އެކި ހާދިސާތަކުގެ ތާރީޚީ މައުލޫމާތުތައް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް ލިޔާއިރު، ވަކި ކޮޅަކަށް ބުރަ ނުވެ ތަޢައްސުބުން އެއްކިބާވެ ތިބެ ލިއުމަށް މިނިސްޓަރ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް، ޔުމްނާ މައުމޫނު ގޮވާލައްވައިފިއެވެ.

ދިވެހިރާއްޖޭގެ ގައުމީ ތާރީޚު ދުވަހުގެ މުނާސަބަތުގައި ނެރުއްވި ޚިތޯބުގައި މިނިސްޓަރ ޔުމްނާ ވިދާޅުވީ، މިފަދަ ދުވަހެއް ފާހަގަ ކުރުމުގެ އެންމެ ބޮޑު މަގުސަދަކީ ތާރީޚު ދިރާސާކުރުމުގެ ރޫޙު އިތުރަށް ކުރި އެރުވުމާއި، ދިވެހި ޒުވާން ޖީލު ތާރީޚަށް ޝައުގުވެރިކުރުވުމާއި، ތާރީޚަށް އަހުލުވެރި މުޖުތަމަޢެއް އުފެއްދުން ކަމަށެވެ.

އެގޮތުން ތާރީޚީ ލިއުންތައް ލިޔާއިރު، އަންނަން އޮތް ޖީލުތަކަށް ދިވެހި ތާރީޚު އަމާނަތްތެރިކަމާއެކު ފޯރުކޮށްދޭން ޖެހޭ ކަަމަށާއި، އެކަމަށްޓަކައި މިއަދުގެ ހާދިސާތައްވެސް ތަޢައްސުބުތަކުން އެއްކިބާވެ ތިބެ ލިޔުމަށް ބާރުއަޅަންޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، ދިވެހިރާއްޖޭގެ ތާރީޚު ލިޔުމަށް ސަރުކާރުން އެންމެ ފުރަތަމަ ފެށްޓެވީ މީލާދުން 1700ގެ އަހަރުތަކުގެ ކުރީކޮޅު އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން ސިރީ ކުލަސުންދުރަ ސިޔާކަ ސާސްތުރަ ކީރިތި މަހާރަދުންގެ ރަސްކަމުގައި ކަމަށެވެ. އެގޮތުން އެރަދުންގެ އަމުރުފުޅަށް އެ މަސައްކަތްޕުޅު ކުރެއްވީ އެއިރު އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނެވި އަލްޤާޟީ ޙަސަން ތާޖުއްދީނުލް ގަމަވީކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އޭގެ އިތުރުން، ފާއިތުވެދިޔަ ދުވަސްތަކުގައި ދިވެހި ތާރީޚު ހޯދައި ދިރާސާކުރެއްވި ރާއްޖޭގެ ތާރީޚު އިލްމުވެރިންނާއި، ބޭރުގެ ތާރީޚީ ޢިލްމުވެރިންގެ މަސައްކަތް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން މިނިސްޓަރ ވިދާޅުވީ، އެބޭފުޅުން ކުރައްވާފައިވަނީ ވަރަށް އަގުހުރި މުހިންމު މަސައްކަތްތަކެއް ކަމަށާއި، ތާރީޚު ދުވަހަކީ މިފަދަ ކަންކަމަށް ނަޒަރު ހިންގައި މާޒީއަށް ފިކުރުހިންގައި، މުސްތަގުބަލު ރާވަން އެންމެ މުނާސަބު ވަގުތު ކަމަށެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ ދިވެހި ރާއްޖޭގެ ޙަޤީޤަތާއި، ތަޖުރިބާތަކުން މަންފާ ލިބޭނެ ގޮތުގައި ތާރީޚަށް ޚިދުމަތް ކޮށްދެއްވުމަށް ތާރީޚު އިލްމުވެރިންނަށް އިލްތިމާސް ކުރައްވާފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް
27 ފެބްރުއަރީ 2020 | ބުރާސްފަތި 21:26
ހުން
ނުލާހިކު ހުނަރުވެރި ހިދުމައްތެރިން ވަޒީފާޔަށް އެދިއެދި ތިއްބާ ބުނިހާގޮތަކަށް ކަންކުރާނެ 'ނަށާކަރާނީން' ނާ ޅަކުދިންކޮޅެއްލައިގެން މިނިސްޓްރީ ހިންގާފައި ތިކަހަލަ ވާހަކަ ދެއްކެވީމާ......
27 ފެބްރުއަރީ 2020 | ބުރާސްފަތި 21:20
ބޭކާރު
ދިވެހިންގެ ތެރެއިން ކަންކޮށްފައިތިބެގެން ވާނެކަން ސާބިތުކޮށްދީފައި ތިބި ހުނަރުވެރިން އެއްކިބާކޮށްފައި އެޅިހާ ބަތަކަށް ރިހައަޅާ ޒާތުގެ މީހުން ލައިގެން މިނިސްޓްރީ ހިންގާފައި ތީ ކޮންވާހަކައެއް؟؟؟؟/