ކ. މާލެ
|
27 ފެބްރުއަރީ 2020 | ބުރާސްފަތި 19:29
ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ
ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ
ޝުއައިބް މުހައްމަދު އިގްބާލް
މަގޭ ރިފޯޓް
ފޯން ކޯލް ލީކުކުރައްވަނީ ނަހުލާ؟
 
ވީޑިއޯއެއްގެ ވާހަކަ ދައްކަވާ އަޑުވެސް އިވޭ
 
އަލީ ވަހީދު މަޤާމުން ބޭރުކުރުމަށް ބަޔަކު ކުރަމުންދާ މަސައްކަތެއް ކަމަށް ބެލެވޭ
 
ގިނަ އޯޑިއޯތަކެއް ދަނީ ލީކްވަމުން

ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދާއި ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާއާ ދެބޭފުޅުންގެ މެދުގައި ކުރެވުނު ކޯލްތައް ލީކުކުރައްވަމުން ދަނީ ނަހުލާ ނުވަތަ ނަހުލާއާއި ގުޅުން ހުރި ބައެއްކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރަން ފަށައިފިއެވެ.

މިނިސްޓަރ އަލީ ވަހީދު ސިޔާސީ ބައެއް ފަރާތްތަކަށް ފާޑު ވިދާޅުވާ އޯޑިއޯތަކެއް ލީކުކޮށްލާފައިވާ މިދަނޑިވަޅުގައި، މިމައްސަލައަށް ވަނީ ބޮޑު ސަމާލުކަމެއް ލިބިފައެވެ. މީގެ ތެރެއިން އެއް އޯޑިއޯގައި މިނިސްޓަރ އަލީ ވަހީދަށް މިނިސްޓަރ ނަހުލާ ފޯނު ކުރެއްވުމުން އަލީ ވަހީދުގެ މަސްމަގު ހުރި ގޮތުން ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އޭގެ ފަހުން ލީކްކޮށްލާފައިވާ އެހެން އޯޑިއޯއެއް ގައި މިނިސްޓަރ އަލީ ވަހީދު، މިނިސްޓަރ ނަހުލާގެ ކޯލްތައް ސްޕީކަރަށް ލައިގެން ވާހަކަ ދެއްކެވުމުން އެކަމާ ހިތްޕުޅުހަމަޖެހިވަޑައިނުގެން ނަހުލާ ވާހަކަދައްކަވާ އަޑު އިވެއެވެ. އެ އޯޑިއޯއިން މިނިސްޓަރ އަލީ ވަހީދުގެ އަޑު ފޯންކޯލެއްގެ ގޮތުގައި އިވޭއިރު، މިނިސްޓަރ ނަހުލާގެ އަޑު ސާފުކޮށް އިވޭތީ، އެއީ ނަހުލާ ހުންނެވި ތަނުން ނުވަތަ ނަހުލާގެ ފޯނުން ރެކޯޑް ކޮށްފައިވާ ކޯލެއްކަން އެނގެއެވެ. އަދި ތިންވަނަ ފަރާތަކުން ފޯން ކޯލް އަޑު އަހައިގެން، ރެކޯޑް ކުރި ކޯލެއްނަމަ ދެ ވަޒީރުންގެ އަޑުވެސް އިވޭނީ ފޯނުކޯލެއްގައި އަނެއްކޮޅުން ވާހަކަ ދައްކާ މީހެއްގެ އަޑު އަންނަ ގޮތަށްކަން ފާހަގަކުރެވެއެވެ.

އެންމެ ފަހުން ލީކުކޮށްލާފައިވާ އޯޑިއޯއިން އިވެނީ މިނިސްޓަރ ނަހުލާ އަނެއްކާވެސް މިނިސްޓަރ އަލީ ވަހީދަށް ގުޅުއްވައިގެން ވާހަކަ ދައްކަވާ އަޑެވެ. އަދި އަލީ ވަހީދު ލައްވާ ވާހަކަތަކެއް ދައްކުވަން މަސައްކަތް ކުރައްވާ ރާގަކަށް ނަހުލާގެ ވާހަކަ ހުރިއިރު، އަލީ ވަހީދު ސީދާސީދާ ޖަވާބު ދެއްވާފައެއް ނުވެއެވެ. މިކޯލްވެސް ރެކޯޑްކޮށްފައިވަނީ ނަހުލާ ހުންނެވި ތަނުން ނުވަތަ ނަހުލާގެ ފޯނުންކަން އަޑު އަހާލުމުން ސާފުވެއެވެ.

ބައެއް ފަރާތްތަކުން ބުނާ ގޮތުގައި މިއީ ޖުމްހޫރީ ޕާޓީތެރޭގައި ޖެހިފައިވާ މައްސަލައާއި ގުޅުން ހުރި ކަމެކެވެ. އަދި ފަހުން ލީކުކޮށްލާފައިވާ މިނިސްޓަރ ނަހުލާ ކުރެއްވި ފޯނު ކޯލްތަކަކީ ލީކުކޮށްލާފައިވާ އޯޑިއޯގެ މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާއިރު، ތަހުގީގު ނިމުމުގެ ކުރިން އާއްމުންގެ ތެރޭގައި ޓޫރިޒަމް މިނިސްޓަރާމެދު ރުޅިވެރިކަން އުފައްދައި، ފުލުހުން މައްސަލަ ބަލާ ނިމުމުގެ ކުރިން އަލީ ވަހީދު މަޤާމުން ބޭރުކުރުމަށް ބަޔަކު ކުރަމުންދާ ކަމެއްކަމަށް މިނިސްޓަރ އަލީ ވަހީދުގެ ގާތް ބައެއް މީހުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
51%
11%
1%
15%
13%
11%
ކޮމެންޓް
28 ފެބްރުއަރީ 2020 | ހުކުރު 13:28
ޒީރޯ ޓޮލަރެންސް
އާ އެއީ ނަހުލާގެ ލީކަކަށް ހދާ އލީވަހީދު އެއީ ހަމަ ހުދު ފޮރި ކޮޅެއް ނަހުލާގެ ރެކޯޑިންގ ކޯލް ކަޑާ ލުމައްފަހު އަލީ ވަހީދު ދައްކާ ވާހަކަ ހުރީ ކީއްވެ
28 ފެބްރުއަރީ 2020 | ހުކުރު 10:26
ަާައައިޝާ
ފޯން ކަންޑާލާފަ އަލީ ވަހީދު ދައްކާ ވާހަކަ އާއި ގޅުމުގެ ކުރީގެ ވާހަކަ އަޑު އަރަނީ ކީއްވެ އައިޝާ ކުރާ ކަމެއް ނަމަ އެހެން ނުވާނެ އެހން ނޫން ނަމަ އައިޝާ ގެއަޑު ހުންނާނީ
27 ފެބްރުއަރީ 2020 | ބުރާސްފަތި 22:25
1828
ވަކިކޮޅަކަށް ބުރަވެ ގެނެސްދީފައިވަ ޚަބަެެއއް މިއީ
27 ފެބްރުއަރީ 2020 | ބުރާސްފަތި 21:23
ހަލޯ
އަނހާ! މައްސަލަ ނިމޭނެގޮތުގެ މިސްރާބު ހުރިދިމާ މިހާރު އެނގެން ފަށާއިފި!
27 ފެބްރުއަރީ 2020 | ބުރާސްފަތި 21:17
އަލީ
ކޮބާ ސަމާހު ކިތައް ރުފިޔާ ދީގެން ތީތި ތި ލިޔުނި. ގައިމު ނަހުލާ ކީއްކުރަން އަމިއްލަ އަށް ލީކު ވާންވީ
27 ފެބްރުއަރީ 2020 | ބުރާސްފަތި 20:49
ޒޯލްޓާ
ނަހުލާ އަކީމީހުންގެ އެޓެންޝަން ހޯދަން އުޅޭ މީހެއް،
27 ފެބްރުއަރީ 2020 | ބުރާސްފަތި 20:17
ހެއްވާ
ނަހުލާއެއްނޫން އަދި ކޮންމެމީހަކު ލީކު ކުރިޔަސް އަލީ ވަޙީދު ދައްކާފައެހެރަ ހުތުރު ވާހަކަތަށް އެއީ ނަހުލާ ދައްކާފަ ހުރި ވާހަކަ ތަކަކަށް ނުވާނެ އަލީ ވަޙީދު އެމަގާމުން އިސްތިއުފާ ދޭންޖެހޭ ފަދަ ހުތުރު ވާހަކަ ތަކެއް އެއީ ނޫނީ ވަކިކުރަން ޖެހޭ ސަބަބެއް އެއީ އެއްވެސް އަންހެނަކާ ބެހޭގޮތުން އެފަދަ ހުތުރު އަދި ދީނާވެސް ޚިލާފު ވާހަކަ އެމަޤާމުގަހުރެ ނުދެެއްކޭނެ..!
27 ފެބްރުއަރީ 2020 | ބުރާސްފަތި 20:14
ވަހީދު
ޢަލީ ވަހީދުގެ ޕީއާރު ދޯމީ؟
ގުޅުންހުރި