ކ. މާލެ
|
27 ފެބްރުއަރީ 2020 | ބުރާސްފަތި 12:34
މާޒިޔާގެ ކޯޗު މަރުޖާން ސެކުލޮސްކީ
މާޒިޔާގެ ކޯޗު މަރުޖާން ސެކުލޮސްކީ
މާޒިޔާ ސްޕޯރޓްސް ކްލަބް
އޭއެފްސީ ކަޕް
މާޒިޔާގެ ކޮންމެ ކުޅުންތެރިއަކީވެސް ބަތަލެއް: ސެކުލޮސްކީ
 
މާޒިޔާ ވެފައިވަނީ ބެންގަލޫރު ދަނޑުގައި މޮޅެއް ހޯދި ފުރަތަމަ ދިވެހި ކްލަބަށް
 
މާޒިޔާ ވަނީ ދެ ލެގުގައިވެސް ބެންގަލޫރު ބަލިކޮށްފައި

އޭއެފްސީ ކަޕްގެ ޕްލޭއޮފް ދެވަނަ ލެގުގައި އިންޑިއާގެ ބެންގަލޫރު އެފްސީ ބަލިކޮށް ގްރޫޕް ސްޓޭޖުން ޖާގަ ހޯދި ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކޮންމެ ކުޅުންތެރިއަކީވެސް ބަތަލެއް ކަމަށް އެޓީމުގެ ކޯޗު މަރުޖާން ސެކުލޮސްކީ ބުނެފި އެވެ.

ބެންގަލޫރުގެ ދަނޑުގައި ކުޅުނު ދެވަނަ ލެގުގެ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 3-2 އިން ބެންގަލޫރު ބެންގަލޫރު އޮތީ ކުރީގައެވެ. އެކަމަކު މާލޭގައި ކުޅުނު ފުރަތަމަ ލެގުން މާޒިޔާ 2-1 އިން މޮޅުވެފައި އޮތުމުން، ދެ ޓީމު ވަނީ އެގްރިގޭޓުން 4-4 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. އިތުރު ވަގުތުގައި ޖަހާ ލަނޑު، އަވޭ ގޯލުގެ ގޮތުގައި ނުގުނާތީ، މި މެޗުގައި ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި މާޒިޔާ ވަނީ 4-3 އިން ކުރިހޯދާފައެވެ.

މެޗަށްފަހު މާޒިޔާގެ ކޯޗު މަރުޖާން ސެކުލޮސްކީ ބުނީ އެޓީމުގެ ކޮންމެ ކުޅުންތެރިޔަކީ ބަތަލެއް ކަމަށާއި ހުރިހާ ކުޅުންތެރިންނާއި ކޯޗިން ސްޓާފުންނާއި މެނޭޖްމަންޓް އަދި ސަޕޯޓަރުންނަށްވެސް މަރުހަބާ ކިޔާ ކަމަށެވެ. އަދި މިއީ މާޒިޔާއަށް ލިބިގެންދިޔަ ވަރަށް ބޮޑު ކާމިޔާބެއް ކަމަށާއި، އިންޑިއާގެ ސުޕަ ލީގުގެ ޗެމްޕިއަނުން ކަޓުވާލުމަކީ ފަސޭހަކަމެއް ނޫން ކަމަށްވެސް ވަނީ ބުނެފައެވެ.

ޕްލޭއޮފްގެ ދެ ލެގުންވެސް މާޒިޔާއިން ބެންގަލޫރު ބަލިކުރިއިރު، 2017 ވަނަ އަހަރު ސެކުލޮސްކީގެ އިރުޝާދުގެ ދަށުން މާޒިޔާއިން ވަނީ ގްރޫޕް ސްޓޭޖުގައި ބެންގަލޫރާ ދެކޮޅަށް ދެ މެޗު ކުޅެފައެވެ. އެފަހަރު އެ ދެ މެޗުންވެސް ބެންގަލޫރު ވަނީ 1-0 އިން މާޒިޔާ ބަލިކޮށްފައެވެ.

ބެންގަލޫރުގެ ބުދަ ދުވަހުގެރޭ ކުޅުނު މެޗުން މާޒިޔާ މޮޅުވިއިރު، އެޓީމު ވެފައިވަނީ ބެންގަލޫރު ދަނޑުގައި މޮޅެއް ހޯދި ފުރަތަމަ ދިވެހި ކްލަބަށެވެ.

އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖަށް މާޒިޔާ ކޮލިފައިވުމާއެކު، މި އަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭގެ ދެ ޓީމު ފެންނާނެ އެވެ. މިއީ 2016 ވަނަ އަހަރު އޭއެފްސީ ކަޕްގެ ފޯމެޓަށް ބަދަލުކޮށް، ދެކުނު އޭޝިއާ ޓީމުތަށް އެއް ގްރޫޕެއްގައި ވާދަކުރަން ފެށި ފަހުން ރާއްޖޭގެ ދެ ޓީމެއް ގްރޫޕް ސްޓޭޖުގައި ކުޅޭނެ ފުރަތަމަ ފަހަރެވެ.

ގްރޫޕް ސްޓޭޖުގައި މާޒިޔާ ވާދަކުރަން ޖެހޭނީ ގްރޫޕު އީ ގައެވެ. އެ ގްރޫޕުގައި ހިމެނެނީ ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބުގެ އިތުރުން އިންޑިއާގެ އައި ލީގުގެ ޗެމްޕިއަން ޗެންނާއީ ސިޓީ އާއި ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް