ކ. މާލެ
|
27 ފެބްރުއަރީ 2020 | ބުރާސްފަތި 10:43
ނޭހާ ކައްކަރު އާއި އަދިތްޔާ ނާރާޔަން
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
އަދިތުޔާ އާއި ނޭހާ ކައިވެނި ކުރުމަށް އަދިތުޔާގެ ބައްޕަ އެދިއްޖެ
 
އަދިތްޔާގެ ލޯބިވެރިޔާއާއި މިއަހަރު ތެރޭގައި ކައިވެނި ކުރާނެ ކަމަށް ނޭހާ ވަނީ ބުނެފައި
 
ނޭހާގެ މަސައްކަތަށް އުދިތް ވަނީ ތައުރީފް ކޮށްފައި

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނޭހާ ކައްކަރު އާއި އަދުތް ނާރާޔަން ކައިވެނި ކުރުމަށް އޭނާގެ ބައްޕަ އުދިތު ނާރާޔަން ގެ ކިބައިން އެދިއްޖެ އެވެ.

އުދިތު އެކަމަށް އެދިފައި މިވަނީ މިހިނގާ ފެބްރުއަރީ މަހުގެ 14 ގައި ނޭހާ އާއި އަދިތުޔާގެ ކައިވެނި ކުރަން އުޅޭ ކަމަށް ވާހަކަތަކެއް ފެންމަތިވުމާއި ގުޅިގެންނެވެ. ނަމަވެސް ފަހުން އެއީ ނޭހާ ފަނޑިޔާރުކަން އަދި އަދިތުޔާ ހޯސްޓްކަން ކުރަމުން އަންނަ ޝޯ " އިންޑިއަން އައިޑޮލް" ބަލާ މީހުން ގިނަ ކުރުމަށްޓަކައި ޖެއްސި ޕަބްލިސިޓީ ސްޓަންޓެއް ކަމަށް ވަނީ ހާމަވެފައެވެ.

އެ ޝޯއަށްގޮސް އަދިތުޔާގެ ބައްޕަ އާއި މަންމަ އުދިތު ނާރާޔަން އާއި ދީޕާ ނާރާޔަން ނޭހާގެ ބެލެނިވެރިންވެސް ވަނީ އެދެމީހުންގެ ކައިވެންޏަށް ރުހުން ދީފައެވެ. ދާދި ފަހުން ދިން އިންޓަވިއު އެއްގައި އުދިތު ބުނެފައިވަނީ އޭނާ ނޭހާއޭ ކިޔައިގެން އަދިތުޔާ އާއި ދިމާކުރާ ކަމަށެވެ. އަދި ނޭހާ އާއި ކައިވެނި ކުރުމަށް އެދިފައިވާނެ ކަމަށްވެސް އުދިތު ވަނީ ބުނެފައެވެ.

ނަމަވެސް އަދިތުޔާ އެކަމަށް ސަމާލުކަން ނުދޭ ކަމަށާއި، އަދިތުޔާ ބޭނުންވަނީ އޭނާގެ ކެރިއަރ އަށް ފޯކަސް ކުރަން ކަމަށް އަދިތުޔާގެ ބައްޕަ ވަނީ ބުނެފައެވެ.

ނޭހާ އަކީ އިންޑިއާގައި މިހާރު ހުރި އެންމެ ކުޅަދާނަ އެއް ލަވަކިއުންތެރިޔާ ކަމަށް އުދިތު ބުނެއެވެ. އަދި ނޭހާގެ މަސައްކަތައް އޭނާ ވަރަށް ތަޢުރީފް ކުރެއެވެ. ކުޑަ ދުވަސްކޮޅެއް ކުރިން ނޭހާ ވެސް ވަނީ އޭނާއާއި އަދިތުޔާ އާއި ދެމެދު ލޯބީގެ އެއްވެސް ގުޅުމެއް ނެތް ކަމަށް ބުނެފައެވެ. އަދި އަދިތުޔާގެ ދުވަސްވީ ލޯބިވެރިޔާ އާއި، މިއަހަރު ތެރޭގައި އަދިތުޔާ ކައިވެނި ކުރާނެ ކަމަށް ނޭހާ ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
100%
0%
0%
0%
0%
ކޮމެންޓް