ކ. މާލެ
|
27 ފެބްރުއަރީ 2020 | ބުރާސްފަތި 10:39
އޮޕޯ ރެނޯ2 އެފް ފޯން
އޮޕޯ ރެނޯ2 އެފް ފޯން
ސޯޝަލް މީޑިއާ
އޮޕޯ ފޯން
އޮޕޯ ފޯން ރާއްޖެއަށް ތައާރަފުކޮށް އުރީދޫ އިން ހާއްސަ އިންސްޓޯލްމަންޓް ޕްލޭންތަކެއް
 
ފުލް ޕޭމަންޓާއި މަހުން މަހަށް ފައިސާ ދައްކާ ޕްލޭން ތައާރަފުކޮށްފައިވޭ

އޮޕޯ ފޯން ރާއްޖެއަށް ތަޢާރަފުކޮށް އުރީދޫ އިން ޚާއްޞަ އިންސްޓޯލްމަންޓް ޕްލޭންތަކެއް ތަޢާރަފުކޮށްފިއެވެ.

ރާއްޖެއަށް ތަޢާރަފުކުރެވުނު ފޯނުތަކުގެ ތެރޭގައި، އޮޕޯ ރެނޯ2 އެފް، އޮޕޯ އޭ1ކޭ އަދި އޮޕޯ އޭ5 2020 ހިމެނެއެވެ.

މި ޕްލޭން މެދުވެރިކޮށް އުރީދޫ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް އެންމެ ރަނގަޅު އަގުގައި، ޚާއްޞަ އޮފަރގެ ތެރެއިން ފޯނުތައް ގަނެވޭނެ ކަމަށް އުރީދޫ އިން މަޢުލޫމާތުދެއެވެ.

އެގޮތުން އުރީދޫ އިން ތަޢާރަފުކޮށްފައިވާ ފުލް ޕޭމަންޓް ޕްލޭނަކީ:

މަހުންމަހަށް ފައިސާދައްކާ ޕްލޭން:

މަހަކު އެންމެ ކުޑަ ޢަދަދެއްގެ ގޮތުގައި 333 ރުފިޔާ ދައްކައިގެން، އުރީދޫ ކަސްޓަމަރުންނަށް 6 މަހުގެ އިންސްޓޯލްމަންޓް ޕެކޭޖްތަކެއްވެސް ވަނީ ފަށާފައެވެ. ފުލް ޕޭމަންޓް ޕްލޭނެކޭ އެއްގޮތަށް، އިންސްޓޯލްމަންޓް ޕްލޭންގެ ދަށުން ކަސްޓަމަރުންނަށް ހިލޭ ޑޭޓާ އަދި ރެނޯ ސީރީސްގެ ފޯނާއި އެކު ލިބޭ ޖޭބީއެލް ޓިއުން 115ބީޓީ ގެ ވައަރލެސް ހެޑްސެޓެއްވެސް ލިބިގެންދާނެ ކަމަށް އުރީދޫ އިން ބުނެއެވެ.

ފާއިތުވި 10 އަހަރުގެ ތެރޭގައި ޓެކްނޮލޮޖީގެ އާލާތްތައް އުފައްދާ ކުންފުންޏެއްގެ ގޮތުގައި ބައިނަލްއަޤުވާމީ ޓެކްނޮލޮޖީ ދާއިރާގައި ކުރިއެރުން ހޯދާފައިވާ އޮޕޯ ކުންފުނިންވަނީ ފޯނުގެ ފޮޓޯގްރަފީއަށް ޚާއްޞަ އަހަންމިއްޔަތު ކަމެއްދީގެން އީޖާދީ ސްމާރޓް ފޯނުތަކެއް ނެރެ މީހުންގެ މަޤުބޫލުކަން ހޯދާފައެވެ.

އޮޕޯގެ މި އައު ފޯނުތަށް އުރީދޫގެ އީ ކޮމަރސް ޕްލެޓްފޯރމް މޫލީ މެދުވެރިކޮށް ގަންނަ ފަރާތްތަކަށް، ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މުޅިން ހިލޭ ގެންގޮސްދެވޭނެ ކަމަށް އުރީދޫ އިން މައުލޫމާތުދެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
100%
0%
0%
0%
0%
ކޮމެންޓް