ކ. މާލެ
|
27 ފެބްރުއަރީ 2020 | ބުރާސްފަތި 08:51
ހަރަމްފުޅު
ހަރަމްފުޅު
ސޯޝަލް މީޑިއާ
ކޮރޯނާވައިރަސް
ކޮވިޑް-19 ފެތުރޭތީ އުމްރާ އަށް މީހުން އައުން ސައުދީން ވަގުތީ ގޮތުން މަނާކޮށްފި
 
އުމްރާއަށް މީހުން އައުން މަނާކުރީ ކިހާ މުއްދަތަކަށް ކަމެއް މިބަޔާނުގައި ހާމަކޮށްފަ އެއްނުވޭ
 
ކޮރޯނާވައިރަސް ހަލުވިކަމާއެކު ފެތުރެމުންދާ ގައުމުތަކުން ސައުދީއަށް ޓޫރިސްޓު ވިސާގައި އައުންވެސް ވަނީ މަނާކޮށްފައި

ހަލުވިކަމާއެކު ދުނިޔޭގައި ކޮވިޑް-19 ފެތުރެމުންދާތީ އުމްރާ އަށް މީހުން އައުމާއި މަސްޖިދުއް ނަބަވީ އަށް ޒިޔާރަތްކުރުން ސައޫދީ އަރަބިއްޔާ އިން ވަގުތީ ގޮތުން މަނާކޮށްފި އެވެ.

ސައުދީގެ ފޮރިން އެފެއަރޒް އިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮރޯނާވައިރަސް ހަލުވިކަމާއެކު ފެތުރެމުންދާ ގައުމުތަކުން ސައުދީއަށް ޓޫރިސްޓު ވިސާގައި އައުންވެސް މަނާކޮށްފައިވާ ކަމަށެވެ. އުމްރާއަށް މީހުން އައުން މަނާކުރީ ކިހާ މުއްދަތަކަށް ކަމެއް މިބަޔާނުގައި ހާމަކޮށްފައެއްނުވެ އެވެ. މިވައިރަސް ފެތުރެމުންދާގޮތް ގާތުން ބަލަމުންދާ ކަމަށްވެސް އެގައުމުން ވަނީ ބުނެފަ އެވެ.

ބައްޔާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއި ސިއްހީ އެހެން ޖަމާއަތްތަކުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް ސައޫދީން ވެސް އަމަލުކުރަމުން ދާނެ ކަމަށް މިބަޔާނުގައި ބުނެފައިވެ އެވެ. މިބަޔާނުގައި އިތުރަށް ބުނެފައިވަނީ މިއީ ސައޫދީ ރައްޔިތުންނާއި ހަރަމްފުޅުތަކަށް ޒިޔާރަތްކުރާ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅި ފިޔަވަޅެއް ކަމަށެވެ.

މިވައިރަސް ފެތުރޭ ގައުމުތަކަށް ސައޫދީ ރައްޔިތުން ދަތުރު ނުކުރުމަށް އިލްތިމާސްކޮށް، އެ ގައުމުން ވަނީ ވިސާއާ ނުލާ އައިޑެންޓިޓީ ކާޑު ބޭނުންކޮށްގެން ސައޫދީ އާއި ގަލްފުގެ ގައުމުތަކުގެ މީހުން އެ ގައުމުތަކުގެ ދެމެދުގައި ދަތުރުކުރެވޭ ގޮތަށް އޮތް އޮތުން ވެސް މި ވަގުތަށް މެދުކަނޑާލާފަ އެވެ. މެދުއިރުމަތީގައި މިވަގުތު ހަލުވި މިނެއްގައި މިވައިރަސް ފެތުރެމުންދާތީ އެކަމަށް ރައްކާތެރިވުމުގެ ގޮތުން އެގައުމުތަކަށް ނުދިޔުމަށްވެސް އެގައުމުން ވަނީ ރައްޔިތުންނަށް އިލްތިމާސްކޮށްފަ އެވެ.

މިހާތަނަށް މިވައިރަސް ޖެހިގެން 2801 މީހުން ވަނީ މަރުވެފަ އެވެ. އަދި މިވައިރަސް 80،000 ށް ވުރެ ގިނަ މީހުންނަށް ވަނީ ޖެހިފަ އެވެ.

ކޮރޯނަވައިރަސްގެ ވައްތަރެއް ކަމަށްވާ މިޑްލްސް އީސްޓް ކޮރޯނާވައިރަސް (މާސް) އަހަރު ސައޫދީ އަރަބިއްޔާގައި ފެތުރިފައިވެ އެވެ. އެފަހަރު ސައޫދީން ވަނީ ހައްޖާއި އުމްރާ އަށް މީހުން އެތެރެވުން ކޮންޓްރޯލްކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިފަ އެވެ. ނަމަވެސް ހައްޖާއި އުމްރާ އަށް މީހުން ގެނައުން ހުއްޓައެއް ނުލައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
33%
67%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް، ދެން މިގައުމުގެ ކަންކަން ދާނެ ގޮތް ރައްޔިތުން ތަސައްވުރު ކުރައްވާ: ޔާމީން
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
ނަމާދަށް އިސްކަންދީ، ތިބާ ބުނެއުޅޭ ވާހަކަތަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ގޮވާލައިފި
ދެރަށެއްގެ އެއާޕޯޓު ތަރައްގީކުރުމާއި ތިން ރަށެއްގެ ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް
އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުން ބަދުނާމުކުރުމުގެ ނިޔަތުގައި ހަބަރުފަތުރާފައިވާތީ އެކަން ކުށްވެރިކޮށްފި
އެހާ އިޚުލާސްތެރިނަމަ "އުޑުގައި ނުޖެހި ބިމުގައި ނުޖެހި" މައްސަލަ ބަލަން ގޮވާލައްވާނެ
އިނގިރޭސި ލީގު ބަލަން ވަން މީހުންގެ 28 ޕަސެންޓަކީ އަންހެނުން