ކ. މާލެ
|
27 ފެބްރުއަރީ 2020 | ބުރާސްފަތި 00:53
ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާ މުހައްމަދު
ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާ މުހައްމަދު
ރާއްޖެއެމްވީ
ގާޒީ ހުޒައިފާ
ގާޒީ ހުޒައިފާގެ މައްސަލައެއް އަނެއްކާވެސް ޖޭއެސްސީން ބަލަނީ
 
ދެން ހިމެނެނީ ލ ގަމު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓްގެ މައްސަލައެއް
 
މިދިޔަ އަހަރުގެ ޖޫން މަހުގެ 19 ވަނަ ދުވަހުވެސް ހުޒައިފާގެ ސުލޫކީ މައްސަލައެއް ހުށައެޅުނު
 
2 މައްސަލައެއް ބެލުމަށް ތަހުޤީޤު ކޮމިޓީއެއް އެކުލަވާލާފައިވޭ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާ މުހައްމަދާ ގުޅޭ މައްސަލައެއް ބަލަން ނިންމާފައިވާކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ.

ބުދަ ދުވަހު ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނީ، ޖޭއެސްސީގެ ޤާނޫނުގެ 22.1 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުގެ މަތިން "މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީ"އިން ބެލުމަށްފަހު ކޮމިޝަނަށް ހުށައަޅާފައިވާ މައްސަލަތަކުގެ ތެރެއިން 2 މައްސަލައެއް ބެލުމަށް ތަހުޤީޤު ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށެވެ. އެގޮތުން ކޮމިޝަނުން ބަލަން ނިންމާފައިވަނީ ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާ މުޙައްމަދާއި، ލ ގަމު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަބްދުލްފައްތާހު އަބްދުލްޤަފޫރުއާ ގުޅޭ ސުލޫކީ މައްސަލަތަކެއް ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.

ނަމަވެސް އެފަރާތްތަކާ ގުޅިގެން ބަލަނީ ކޮން ސުލޫކީ މައްސަލައެއް ކަމެއް ޖޭއެސްސީން ހާމައެއް ނުކުރެއެވެ.

ގާޒީ ހުޒައިފާއާ ގުޅޭ ސުލޫކީ މައްސަލައެއް ބެލުމަށް ތަހުޤީޤު ކޮމިޓީއެއް އެކުލަވާލާފައިވާއިރު، ނިމިދިޔަ އަހަރުގެ ޖޫން މަހުގެ 19 ވަނަ ދުވަހުވެސް ގާޒީ ހުޒައިފާގެ ސުލޫކީ މައްސަލައެއް ޖޭއެސްސީއަށް ހުށައެޅުނެވެ. އެގޮތުން އޭރު ޖޭއެސްސީއަށް ހުށައަޅާފައިވާ ހުޒައިފާގެ މައްސަލައަކީ، ފެމިލީ ކޯޓުގެ މުވައްޒަފެއްގެ ބޮލުގައި ދޮގު ތުހުމަތުތަކެއް އަޅުވަން މަސައްކަތް ކުރުމުގެ އިތުރުން އެ މުވައްޒަފު ފްރޭމް ކުރަން އުޅުމުގެ މައްސަލައެވެ.

ނަމަވެސް އެ މައްސަލައަކީ އެއްވެސް އަސާސެއް ނެތް މައްސަލައެއް ކަމަށް ވާތީ އެ މައްސަލަ ނުބަލަން އޭރު ކޮމިޝަނުން ވަނީ ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
25%
25%
0%
50%
0%
ކޮމެންޓް