ކ. މާލެ
|
26 ފެބްރުއަރީ 2020 | ބުދަ 22:18
ބްރެޒިލްގެ ސިއްހަތާބެހޭ ވަޒީރު ލުއިޒް ހެންރީކޭ މަންޑޭއްޓާ
ބްރެޒިލްގެ ސިއްހަތާބެހޭ ވަޒީރު ލުއިޒް ހެންރީކޭ މަންޑޭއްޓާ
ރޮއިޓަރސް
ކޯވިޑް-19
ކޯވިޑް-19: ދެކުނު އެމެރިކާގެ ފުރަތަމަ ކޭސް ބްރެޒިލްއިން ފެނިއްޖެ
 
ޖުމްލަ 81،293 މީހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފަައިވާއިރު، މި ބަލީގައި މަރުވީ މީހުންގެ އަދަދަކީ 2770
 
ޖުމްލަ 45 ގައުމަކުން ކޯވިޑް-19 ވަނީ ފެނިފައި
 
މިއީ ދެކުނު އެމެރިކާގެ ގައުމަކުން ކޯވިޑް-19 ފެނުނު ފުރަތަމަ ފަހަރު

ބްރެޒިލްގެ 61 އަހަރުގެ ފިރިހެނަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް އެ ގައުމުގެ ސިއްހަތު ވުޒާރާއިން ކަށަވަރުކޮށްދީފިއެވެ.

މިއީ ދެކުނު އެމެރިކާގެ ގައުމަކުން މި ވައިރަސް ފެނުނު ފުރަތަމަ ފަހަރެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ވައިރަސްއަށް ޕޮޒިޓިވްވީ މީހާއަކީ ދާދި ފަހުން އިޓަލީވިލާތަށް ދަތުރުކޮށްފައިވާ މީހެކެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ގައުމުގެ ސިއްހަތާބެހޭ ވަަޒީރު ލުއިޒް ހެންރީކް މަންޑެއްޓާ ވިދާޅުވީ، ވައިރަސް އިތުރަށް ފެތުރުނަ ނުދިނުމަށް ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ސަރުކާރުން މިހާރުވެސް އަޅާފައިވާ ކަމަށެވެ.

ބްރެޒިލްއިން ފެނުނު މި ކޭސްއާއެކު މިހާރު އެންޓަރޓިކާ ބައްރު ފިޔަވާ އެހެން ހުރިހާ ބައްރަކުން މި ބަލި ވަނީ ފެނިފައެވެ. އަދި މިއީ މި ބަލި ފެނުނު 45 ވަނަ ގައުމެވެ. މުޅި ދުނިޔެއަށް އަޅާ ބަލާއިރު، 81،293 މީހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އަދި މަރުވީ މީހުންގެ އަދަދު ވަނީ 2770 އަށް އަރާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް