ކ. މާލެ
|
26 ފެބްރުއަރީ 2020 | ބުދަ 19:14
ނައިބް ރައީސް ފައިސަލް ނަސީމް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތްކުރެއްވުން
ނައިބް ރައީސް ފައިސަލް ނަސީމް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތްކުރެއްވުން
ރައީސް އޮފީސް
ނައިބް ރައީސް
އުނގޫފާރުގައި ތިބި ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ ހާލު ނައިބް ރައީސް ބައްލަވައިފި
 
ޚާއްސައެހީއަށް ބޭނުންވާ މީހުންގެ ހުރި ގޮންޖެހުންތައް ވަނީ އޮޅުން ފިލުއްވާފައި
 
ހޮސްޕިޓަލްގެ ހާލަތު ވަނީ ބައްލަވާފައި
 
ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ ބައެއް މީހުންނާއި ނައިބް ރައީސް ވަނީ ބައްދަލު ކުރައްވާފައި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެރަށުގައި ދިރިއުޅޭ ޚާއްޞަ އެހީއަށް ބޭނުންވާ ބައެއް މީހުންނާއި ބައްދަލުކުރައްވައި އެ ފަރާތްތަކުގެ ޙާލަތު ބައްލަވާލައްވައިފިއެވެ.

ނައިބު ރައީސް އުނގޫފާރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި ބައްދަލުކުރައްވައި އެ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކުގެ މަޢުލޫމާތު ސާފުކުރައްވާ، އެމަނިކުފާނު ވަނީ އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތަށް ސަރުކާރުން ކަންކަން މަގުފަހި ކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ނައިބް ރައީސްގެ ދަތުރުފުޅުގެ ތެރެއިން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި، އެތަނުގެ ޙާލަތު ވަނީ ބައްލަވާފައެވެ. މި ޒިޔާރަތުގައި އެމަނިކުފާނުވަނީ، ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ ބައެއް މީހުންނާއި ބައްދަލުކުރައްވައި، އެ މީހުންގެ ޙާލު އޮޅުންފިލުއްވާފައެވެ.

މި ޒިޔާރަތުގެ ތެރެއިން ހޮސްޕިޓަލުގެ އިސް ވެރިންނާއި މުވައްޒަފުންނާއިއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ނައިބް ރައީސް ވަނީ ހޮސްޕިޓަލުގެ ތަރައްޤީއަށް ރާވާފައިވާ ކަންކަމާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އަދި، ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ހޮސްޕިޓަލަށް ކުރިމަތިވާ ދަތިތައް އޮޅުންފިލުއްވައި، އެ ތަނުގައި ޤާއިމުކޮށްފައިވާ ވަޞީލަތްތަކާއި ބެހޭގޮތުން މަޢުލޫމާތު ސާފު ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ހޮސްޕިޓަލުގެ އިސް ވެރީންނާއި މުވައްޒަފުން ވަނީ، އެތަނަށް ކުރިމަތިވެފައިވާ މުވައްޒަފުންނާއި ވަޞީލަތްތަކުގެ ދަތިކަމުގެ އިތުރުން ބޭސް ލިބުމުގައި ހުރި ދަތިތަކުގެ މަޢުލޫމާތު ނައިބު ރައީސާއި ޙިއްޞާ ކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ހޮސްޕިޓަލަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލު ހޯއްދަވައިދެއްވާން ހެލްތު މިނިސްޓްރީއާއި ގުޅިގެން މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ކުރެއްވި ޒިޔާރަތަށްފަހު ނައިބު ރައީސް ވަނީ އެރަށުގައި ދިރިއުޅޭ ޚާއްޞަ އެހީއަށް ބޭނުންވާ ބައެއް މީހުންނާއި ބައްދަލުކުރައްވައި އެ ފަރާތްތަކުގެ ޙާލަތު ބައްލަވާލައްވާފައެވެ. އަދި، އެ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކުގެ މަޢުލޫމާތު ސާފުކުރައްވާ، އެމަނިކުފާނު ވަނީ އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތަށް ސަރުކާރުން ކަންކަން މަގުފަހި ކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް