ކ. މާލެ
|
26 ފެބްރުއަރީ 2020 | ބުދަ 10:26
ކޮރޯނާވައިރަސް އަށް ފަރުވާ ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުން
ކޮރޯނާވައިރަސް އަށް ފަރުވާ ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުން
ޓްވިޓަރ
ކޮރޯނާވައިރަސް
ކޮވިޑް-19: ޗައިނާއިން އިއްޔެ 52 މީހުން މަރުވިއިރު ޗައިނާ ނޫން ގައުމުތަކުން 48 މަރު
 
މިހާތަނަށް އާއިރު މިވައިރަސް މުޅި ދުނިޔެއިން 80,970 އަށް މީހުންނަށް ޖެހިފައިވޭ
 
މިވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު އަރަނީ 2,763 އަށް

ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޖެހިގެން އިއްޔެ ޗައިނާއިން 52 މީހުން މަރުވެފައިވާކަމަށް އެގައުމުން ހާމަކޮށްފި އެވެ.

ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިއާއެކު ޗައިނާއިން މިވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު އަރަނީ 2,715 އަށެވެ. ޗައިނާ ނޫން ގައުމުތަކުން އިއްޔެ 48 މީހުން މިވައިރަސް ޖެހިގެން މަރުވެފައިވެ އެވެ. އެއާއެކު މިހާތަނަށް މިވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު އަރަނީ 2,763 އަށެވެ.

ޗައިނާ ނޫން ގައުމުތަކުން އެންމެ ގިނައިން މީހުން މިވައިރަސް ޖެހިގެން މަރުވެފައިވަނީ އިރާނުންނެވެ. އެއީ 15 މީހުންނެވެ. ސައުތުކޮރެއާ އިން 12 މީހުން މިހާތަނަށް އާއިރު މަރުވެފައިވާއިރު އިޓަލީން 11 މީހުން ވަނީ މަރުވެފަ އެވެ. ޖަޕާނުން 5 މީހުން މަރުވެފައިވާއިރު ހޮންގ ކޮންގ އިން ވަނީ 2 މީހުން މަރުވެފަ އެވެ. ފިލިޕީންސް އާއި ފްރާންސް އަދި ތައިވާނުން ވަނީ އެކަކު މިހާތަނަށް އާއިރު މިވައިރަސް ޖެހިގެން މަރުވެފަ އެވެ.

މިހާތަނަށް އާއިރު މިވައިރަސް މުޅި ދުނިޔެއިން 80,970 އަށް މީހުންނަށް ޖެހިފައިވެ އެވެ. ޗައިނާއިން މިވައިރަސް ޖެހުނު މީހުންގެ އަދަދު އުޅެނީ 78,064 ގައެވެ. ޗައިނާއިން މިވައިރަސް ޖެހިގެން މިހާތަނަށް 29,745 މީހުން ވަނީ ރަނގަޅު ކުރެވިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
100%
0%
0%
0%
ކޮމެންޓް