ކ. މާލެ
|
25 ފެބްރުއަރީ 2020 | އަންގާރަ 13:16
މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު، ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހީމް ނަސީމް، ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ
މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު، ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހީމް ނަސީމް، ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ބޮންޑޭގެ ވާހަކައާއިއެކު މުޅި މަޖިލިސް ހޫނުވެއްޖެ
 
ބޮންޑޭ އާއި އެމްޑީޕީގެ މެމްބަރުންނާއި ދެމެދުވެސް ބަހުގެ ހަމަލާތަކެއް އަމާޒުކުރި
 
މިނިސްޓަރުންގެ ފައިބުޑަށް ވެއްޓި، ނާޖާއިޒް ފައިދާ ނަގަން އުޅޭ މެމްބަރުންނަކަށް ހަޖަމެއް ނުވާނެ: ބޮންޑޭ
 
ދިއްފުށީގެ ފެނުގެ އަގު ކަނޑައަޅަނީ އެދާއިރާގެ މެމްބަރު ކަމަސް ބޮންޑޭ ވިދާޅުވި

ޔޫޓިލީޓީ ރެގިއުލޭޓަރީ އޮތޯރިޓީއާއި ބެހޭ ބިލުގެ އިބްތިދާއީ ބަހުސްގައި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ދެއްކެވި ވާހަތަކާއި ގުޅިގެން މަޖިލީހުގެ ޖަލްސާ ހޫނުވެއްޖެއެވެ.

އަންގާރަ ދުވަހުގެ ޖަލްސާގައި މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވީ ދާދިފަހުން ދިއްފުއްޓަށް ކުރެއްވި ދަތުރެއްގައި އެ ރަށުގެ ކަންތައްތައް ބައްލަވާލެއްވި ކަމަށެވެ. އެގޮތުން އެރަށުގެ ބޯފެން ހިލޭ ލިބޭނެ ގޮތް 'އަލި ފުޅު ފައުންޑޭޝަން' ނަމަކަށް ކިޔާ ކުންފުންޏަކުން ފޯރުކޮށްދެމުން ދިޔަ ކަމަށެވެ. ނަމަވެސް މިހާރު އެ ރަށުގައި އެ ޚިދުމަތް ދެމުންގެންދަނީ އެ ދާއިރާގެ މެމްބަރު، އިބްރާހީމް ނަސީމް ކަމަށާއި އެ ރަށުގެ ފެނުގެ އަގު ކަނޑައަޅުއްވަނީވެސް އެ މެމްބަރު ކަމަށް ބޮންޑަ ވިދާޅުވިއެވެ.

އަލި ފުޅު ފައުންޑޭޝަނުން ހިލޭ ދިން ފެން ޕްލާންޓާއި ފެނާއި ކޮންޓްރޯލް ކުރަނީ މަޖިލިސް މެމްބަރު. އަގު ކަނޑައަޅަނީވެސް.
މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)

އިބްރާހިމް ރަޝީދު ދެއްކެވި ވާހަކައަށް ރައްދުދެއްވައި މެމްބަރު އިބްރާހިމް ނަސީމް ވިދާޅުވީ އޭނާ ހިތުހުރި އަގެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތް ދެނިއްޔޭ ވިދާޅުވުމަކީ ގޯހެއް ކަމަށެވެ. ނަސީމް ވިދާޅުވީ ވާހަކަދައްކަވާއިރު ކަމުގެ ހަގީގަތް ބެއްލެވުމަށްފަހު ވާހަކަދެއްކެވުމަށެވެ.

އަޅުގަނޑާ ނިސްބަތްކޮށް ބަސްތައް ވިދާޅުވަމުން އިއްޒަތްތެރި މެމްބަރު އެގެންދަވާއިރު އަޅުގަނޑު ހިތުހުރި އަގެއްގައި މިވެނި ތަނެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތް ދެނިއްޔޭ ވިދާޅުވުމުން އެއީ ގޯހެއް. އެއީ ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތަކީ ވަކި ތަނަކުންދޭ، ވަކި ލައިސަންސެއް އޮވެގެން އެއީ ސަރުކާރުން ނިންމާ އަގުތަކެއް. އެއީ އެއްވެސް ހާލަތެއްގައި އެއީ ހަނޑޫ ހަކުރު ފުށާއި ފެނާއި ނަރުދަމާ ކަރަންޓުގެ ޚިދުމަތެއް ނުދެވޭނެ ދިވެހި ރާއްޖެއަށް.
ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހީމް ނަސީމް

އިބްރާހިމް ރަޝީދު ވިދާޅުވީ މިހާރު އެރަށަށް ފެނުގެ ޚިދުމަތްދެމުންގެންދާ ކުންފުންޏަކީ 'ދިއްފުށީ ފައުންޑޭޝަން' ކަމަށާއި އެ ކުންފުނީގެ އުފައްދާފައިވަނީ ތުލުސްދޫ ދާއިރާގެ މެމްބަރުގެ ނަމުގައި ކަމަށެވެ. އުސޫލުތަކާއި ޚިލާފަށް 'އަލި ފުޅު ފައުންޑޭޝަން'ގެ ވަސީލަތްތައް މެމްބަރު ނަންގަވައިގެން އުޅުއްވާކަމުގެ ތުހުމަތުކުރައްވާ އިބްރާހިމް ރަޝީދު ވިދާޅުވީ އެއީ ބަލަން ޖެހޭ މައްސަލައެއް ކަމަށެވެ.

ބިލަށް އިޝާރާތް ކުރައްވާ މެމްބަރު ވިދާޅުވީ އެ ބިލިގައި ވަނީ ޖަޒީރާ ރާއްޖޭގެ ކޮންސެޕްޓެއް ނޫން ކަމަށެވެ. އަދި މިހާރު އޮތް ކޮންސެޕްޓަކީ ޚުދުމުޚުތާރު ކޮންސެޕްޓެއް ކަމަށާއި އަލުން ބޯޑެއް ހަދާ، އެއީ މިނިސްޓްރީއަށް ބާރުތައް ދިނުން ކަމަށް ވިދާޅުވިއެވެ. މިހެން ވިދާޅުވުމުން ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ނިޒާމީ ނުކުތާއެއް ނަންގަވާ ވިދާޅުވީ ބިލުގައި ބަޔާން ކުރަނީ ޔޫޓިލިޓީ އޮތޯރިޓީއެއް ނޫން ކަމަށެވެ.

މި ބިލުގައި އޮތް އެއްޗަކާއި މުޅިން ޚިލާފު ވާހަކަދައްވާތީ، މި ބިލަކީ ރެގިއުލޭޓްރީ ބޮޑީއެއް. ތަންފީޒީ ވުޒާރާއެއް ނޫން.
ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ

ޣަފޫރަށް ރައްދުދެއްވައި އިބްރާހިމް ރަޝީދު ވިދާޅުވީ މިނިސްޓަރުންގެ ފައިބުޑަށް ވެއްޓި، ނާޖާއިޒް ފައިދާ ނަގަން އުޅޭ މެމްބަރުންނަކަށް ހަޖަމެއް ނުވާނެ ކަމަށެވެ.

މިނިސްޓަރުންގެ ފައިބުޑަށް ވެއްޓި، ނާޖާއިޒް ފައިދާ ނަގަން އުޅޭ މެމްބަރުންނަކަށް ހަޖަމެއް ނުވާނެ. އަޅުގަނޑެއް ނުވެއްޓޭނަން ވަޒީރެއްގެ ފައިބުޑަކަށް. ނުވެއްޓޭނަން އިއްޒަތްތެރި ރައީސް މުޅިން އުޅެނީ ރައިސުލްޖުމްހޫރިއްޔާ ވެގެން، ވަޒީރަކު ވެގެން ވައި އަޅުވަން.
މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)

މެމްބަރު ވިދާޅުވީ އެއީ މެމްބަރުގެ ތަބިއްޔަތުގައި ހުންނަ ކަމެއް ނޫން ކަމަށެވެ.

މެމްބަރު ވިދާޅުވީ ދައްކަމުންދަނީ 'އަލުން ރައްވެހި ފަތިހަކަށް އަލި ވިލޭ' ވާހަކަ ކަމަށެވެ. ދިވެހި ރާއްޖޭގެ ރައްޔިތުންނަކީ ދިވެހި ރައްވެހިންކަން އެނގޭނެ އެއްވެސް ގޮތެއް ނެތް ކަމަށް ވިދާޅުވެ އިބްރާހިމް ރަޝީދު ވިދާޅުވީ ދިވެހި ރާއްޖޭގެ ބިންތަކަކީ ބަންޑާރަ ބިންތަކެއް ކަމަށެވެ. މެމްބަރު ވިދާޅުވީ ރައްޔިތުން ބާރުވެރުކުރަން ޖެހޭ ކަމަށާއި އާ ފަތިހަކަށް އަލި ވިލޭނީ އޭރުން ކަމަށެވެ.

ކަނޑައެޅިގެން ބިލުގައިވާ ކަންކަން އޮޅޭ ގޮތަށް ވާހަކަދައްކަވަމުން ގެންދަވާ ކަމަށް ވިދާޅުވެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް ނިޒާމީ ނުކުތާއެއް ނެންގެވިއެވެ.

ސަރުކާރުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، ޢާންމު ބޭނުންތަކުގެ ޚިދުމަތްތައް ދިނުމާގުޅޭ ކަންކަން ތަންފީޒު ކުރުމަށްޓަކައި ތަންޒީމުކުރުމަށްޓަކައި އޮތޯރިޓީއެއް އުފައްދައި، އެ އޮތޯރިޓީގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ކަނޑައެޅުމެވެ. މި ބިލުގެ މަގްސަދުތަކަކީ އާންމު ބޭނުންތަކުގެ ޚިދުމަތްތަކަކީ ދިވެހިރާއްޖޭގައި ދިރިއުޅޭ އެންމެނަށް އެކަށިގެންވާ ހެޔޮ އަގެއްގައި، ހަރުދަނާ، އިތުބާރުހުރި އަދި ދެމެހެއްޓެނެވި ގޮތެއްގެމަތިން، ފޯރުކޮށްދެވޭ ޚިދުމަތްތަކަކަށް ހެދުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
4%
11%
0%
41%
15%
30%
ކޮމެންޓް