ކ. މާލެ
|
24 ފެބްރުއަރީ 2020 | ހޯމަ 23:14
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ނާޒިލް
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ނާޒިލް
ފޭސްބުކް
ކުލީގެ މައްސަލަ
ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ބިލުން ދެފަރާތައްވެސް ހައްގުތަކެއް ކަށަވަރުވޭ: ނާޒިލް
 
މާލޭގައި ދިރިއުޅޭ 60 ޕަސެންޓް މީހުން ދިރިއުޅެނީ ކުށްޔަށް
 
ބޯހިޔާވަހިކަމަށް އަވަސް ހައްލެއްް ބޭނުންވޭ
 
ކުލީގެ މައްސަލަތައް އެންމެ ބޮޑީ މާލޭގައި

ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ބިލުން ކުއްޔަށް ދޭ ފަރާތާއި ކުއްޔަށް ހިފާ ފަރާތުގެ ހައްގުތަކެއް ކަށަވަރުކޮށްދޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން، މުލަކު ދާއިރާގެ މެންބަރު އިބްރާހީމް ނަޞީރު ހުށަހަޅުއްވާފައިވާ، ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ބިލަށް ބަހުޘް ކުރައްވަމުން، ޢިމާރާތް ކުރުމުގެ ދާއިރާގައިވެސް މަސައްކަތް ކުރައްވާ ނާޒިލް ވިދާޅުވީ، މިބިލުން ކުށްޔަށް ދޭ ތަންތަނުގައި ހުންނަޖެހޭ އަސާސީ މިންގަނޑުތައް ވަރަށް ފުރިހަމައަށް ބަޔާން ކޮށްދީފައިވާ ކަމަށެވެ.

މިބިލުން އެބަ ޔަގީންކޮށްދޭ ކުށްޔަށް ހިފާ ފަރާތްތަށް، ކުށްޔަށް ދޭ ފަރާތުން ލާޒިމްކޮށްފައި ހުންނަންޖެހޭ ކަންތައްތަކެއް. އަސާސީ ކަންތައްތަކަށް ބަލާއިރު، ފެނައި ނަރުދަމާއާއި ކަރަންޓްގެ ހިދުމަތްތައް، އެންމެ އަސާސީ ހިދްމަތްތައް ހުންނަށް އެބަޖެހޭ،
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ނާޒިލް

މީގެއިތުރުން ނާޒިލް ވިދާޅުވީ، ސިޓީއެއްނަމަ، ސިޓީ ކައުންސިލް، ރަށެއް ނަމަ ރަށު ކައުންސިލް ދަފުތަރެއް އެކުލެވި، އެދަފްތަރު ކުރެވިގެން ނޫން ގޮތަކަށް ކުށްޔަށް ނުދެވޭނެ ކަމަށް އެބިލުގައި ބުނެފައިވާ ކަމަށެވެ.

ނާޒިލް ވިދާޅުވީ، ދިރިއުޅޭ ތަންތަނުގެ ކުލީގެ މައްސަލައަކީ ޒަމާންތަކެއް ވަންދެން ދިވެހި ރައްޔިތުން ހައްލެއް ބޭނުންވެގެން އުޅުނު ކަމެއް ކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުން ގާނޫނެއްގެ ސިފަ ގެނެސްދިނުމަށް މިބިލު މަޖިލީހަށް ހުށަހަޅުއްވާފައިވާތީ އުފާ ކުރައްވާ ކަމަށެވެ.

ނާޒިލް ވިދާޅުވީ ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ މިބިލުގެ ސަބަބުން ކުށްޔަށް ހިފާ ފަރާތާއި ކުށްޔަށް ދޭ ފަރާތައް ބޭނުންވާނެ ކިތަންމެކަމެއް މިބިލު ގާނޫނަކަށް ވެގެން އަންނައިރު ޔަގީން ކޮށްދޭނެ ކަމަށެވެ.

މީގެކުރީގައި ވެސް ރަށްރަށުގައި ފޭނާއި ނަރުދަމާއާއި ކަރަންޓާ، މި ހިދުމަތްތަކެއް އެންމެ އެކަށީގެންވާ ގޮތެއްގައި ނެތް ރަށްރަށް ކަމުގައިވާނަމަ އަޅުގަނޑުމެން ކިހިނެއްތޯ، ސާފު ބޯފެނާއި ނަރުދަމާގެ ކަންތައްތައް، ކުށްޔަށް ދޭ ތަންތަނުގައި ހުންނާނެކަމުގެ ޔަގީންކަށް ކައުންސިލްތަކުން ކުށްޔަށް ހިފާ ފަރާތަށް ދޭނީ، މިއީވެސް އަޅުގަނޑުމެން ކޮންމެހެން ބަލަންޖެހޭނެ ކަންތައްތަކެއް،
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ނާޒިލް

ނާޒިމް ވިދާޅުވީ މި ބިލު ކޮމެޓީން ދިރާސާ ކުރަމުންދާއިރު، އިތުރަށް ރަނގަޅުކުރަންޖެހޭ ކަންކަން ވަރަށް ރަނގަޅަށް ބަަލައި، ދިރާސާކުރަން ޖެހޭ ކަމަށެވެ.

ދިރިއުޅުމަށް ކުށްޔަށް ދޭ ތަންތަކުގެ މައްސަލަތަކާއި ކުލީގެ މައްސަލަތަކައް ހައްލެއް ގެނައުމަކީ އާންމު ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވެ، އެވާހަކަތައް އަބަދުވެސް ދައްކަމުންދާ އަދި ހައްލުނުވެ އޮތް މައްސަލަ އެކެެވެ. ޚާއްޞަކޮށް މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތްއިރު، މާލޭގައި ދިރިއުޅޭ 60 އިންސައްތަ މީހުން ދިރިއުޅެނީ ކުށްޔަށް ކަމަށް ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
33%
33%
33%
0%
0%
0%
ކޮމެންޓް
25 ފެބްރުއަރީ 2020 | އަންގާރަ 19:22
ނޯޓް
ނާޒިލް ވެސް ތިތާކު އަބަދަކު ނުހުންނާނެ ފަހުން ނުރޯތި ޔޫވެސް ރިއަލް