ކ. މާލެ
|
24 ފެބްރުއަރީ 2020 | ހޯމަ 17:45
ޓްރަމްޕް، އިންޑިއާއަށް ވަޑައިގެންނެވުމުން މޯދީ މަރުހަބާ ދަންނަވަނީ
ޓްރަމްޕް، އިންޑިއާއަށް ވަޑައިގެންނެވުމުން މޯދީ މަރުހަބާ ދަންނަވަނީ
ގޫގުލް
ޑޮނަލްޑް ޓްރަމްޕް
ޑީޑީއެލްޖޭއާ ޝޯލޭއަކީ ދުނިޔޭގެ އެތައް ބަޔަކު ފޯރިއާއެކު ބަލާ ފިލްމުތަކެއް: ޓްރަމްޕް
 
ޓްރަމްޕް ވަނީ ބޮލީވުޑް އަށް ތައުރީފްކުރައްވާފައި

ބޮލީވުޑުގެ މަޝްހޫރު ދެ ބޮލޮކްބަސްޓަރ ކަމަށްވާ ދިލްވާލޭ ދުލްހަނިޔާ ލޭޖައެގީ (ޑީޑީއެލްޖީ) އާއި ޝޯލޭއަކީ ދުނިޔޭގެ އެތައް ބަޔަކު ފޯރިއާއެކު ބަލާ ފިލްމުތަކެއް ކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބޮލީވުޑުގެ ފިލްމުތަކަށް ތަޢުރީފުކުރައްވައިފިއެވެ.

ވެރިކަމާއި ޙަވާލުވެވަޑައިގެންނެވި ފަހުން ފުރަތަމަ ފަހަރަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ ހޯމަ ދުވަހު އިންޑިއާއަށް ވަޑައިގަންނަވާފައެވެ. ޓްރަމްޕަށް މަރުޙަބާ ދެންނެވުމަށް ގުޖުރާތު ސްޓޭޓުގެ އަޙްމަދުއާބަދުގައި ބޭއްވި ''ނަމަސްތޭ ޓްރަމްޕް'' ޙަފުލާގައި ވާހަކަފުޅު ދައްކަވަމުން އެމެރިކާގެ ރައީސް ވިދާޅުވީ، އިންޑިއާގެ މުނިފޫހިފިލުވުމުގެ މައި ހަބު ބޮލީވުޑުން ކޮންމެ އަހަރަކު ދެހާއެއްހާ މޮޅެތި ފިލްމުތައް ނެެރެމުންދާ ކަމަށެވެ.

މުޅި ކައުނުގެ އެންމެންވެސް އިންޑިއާގެ ބަންގްރާ، މިއުޒިކް، ޑާންސް، އަދި ލޯބީގެ ފިލްމުތައް ބެލުމަށް ޚާއްޞަ ޝައުގުވެރިކަމެއް ހުންނަ ކަމަށް ވިދާޅުވިއެވެ. އެއަށް ފަހުގައި ޓްރަމްޕު ވިދާޅުވީ، އިންޑިއާގެ ކްލެސިކް ފިލްމުތައް ކަމަށްވާ ޑީޑީއެލްޖޭ އަދި ޝޯލޭއަކީ މުޅި ދުނިޔޭގެ އެންމެންވެސް ފޯރިއާއެކު ބަަލަމުންދާ ފިލްމުތަކެއް ކަމަށެވެ.

ޝާހްރުކް ޚާން ފެނިގެންދާ ޑީޑީއެލްޖޭ ރިލީޒްކޮށްފައިވަނީ 1995 ވަނަ އަހަރުއެވެ. އެ ފިލްމަކީ މިހާރުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހައުސްފުލް ޝޯވތައް އަޅުވަމުންދާ ފިލްމެކެވެ. ފިލްމުގައި ޝާހުރުކް ޚާނާ އެކު ފެނިގެންދަނީ ކާޖޮލް އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
100%
0%
ކޮމެންޓް