ކ. މާލެ
|
24 ފެބްރުއަރީ 2020 | ހޯމަ 11:40
ރާއްޖެ އައި ޔޫއޭއީގެ ނޫސްވެރިން
ރާއްޖެ އައި ޔޫއޭއީގެ ނޫސްވެރިން
އެމްއެމްޕީއާރްސީ
ޓުއަރިޒަމް
ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ޔޫއޭއީގެ ނޫސްވެރިން ރާއްޖެ އަތުވެއްޖެ
 
މިދިޔަ އަހަރު މެދު އިރުމަތިން 60،003 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި
 
ޓީމު ތިބޭނީ އެމެރަލްޑް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ، ވެސްޓިން މޯލްޑިވްސް އަދި ގްރޭންޑް ޕާކް ކޮއްދިއްޕަރުގައި
 
މި ޓީމުން ރާއްޖޭގައި ހޭދަކުރާނީ 5 ދުވަސް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ދައުވަތަކަށް ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ޔޫއޭއީގެ ތަޖުރިބާކާރު ނޫސްވެރިންތަކެއް ރާއްޖެ އަތުވެއްޖެއެވެ.

އާދިއްތަ ދުވަހު ރާއްޖެ އައި ޔޫއޭއީގެ ނޫސްވެރިންގެ ޓީމު ނިސްބަތްވަނީ ދަ އިންސައިޑާ އަދި މެދު އިރުމަތީގެ މަޝްހޫރު ލައިފް ސްޓައިލް ބްލޮގަރުންގެ މައްޗަށެވެ.

މި ޓީމުން ރާއްޖޭގައި ހޭދަކުރާ 5 ދުވަހުގެ ތެރޭގައި ފަތުރުވެރިންނަށް ރާއްޖޭގައި ތަޖުރިބާކުރެވެން ހުރި އެންމެ ހިތްގައިމު ކަންތައް އަމިއްލަ އަށް ތަޖުރިބާ ކުރާނެ އެވެ. މި ދަތުރުގައި ނޫސްވެރިންގެ ޓީމު ތިބުމަށް ހަމަޖެހިފައިވަނީ އެމެރަލްޑް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ، ވެސްޓިން މޯލްޑިވްސް އަދި ގްރޭންޑް ޕާކް ކޮއްދިއްޕަރުގައެވެ. ދަތުރުގެ ތެރޭގައި އެ ރިސޯޓުތަކުން ލިބެން ހުރި ތަފާތު ހިދުމަތްތައް އެ ޓީމުން ތަޖުރިބާ ކުރާނެއެވެ.

މިދިޔަ އަހަރު މެދު އިރުމަތިން ޖުމްލަ 60،003 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިއީ 2018 ވަނަ އަހަރާއި އަޅާބަލާއިރު 51.1 އިންސައްތައިގެ ކުރިއެރުމެކެވެ.

މެދު އިރުމަތީގެ ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތްކުރާ މިންވަރު އިތުރު ކުރުމުގެ ގޮތުން މިއަހަރު އެމްއެމްޕީއާރުސީ އިން ގިނަ ކަންތައްތަކެއް ކުރިޔަށް ގެންދިއުމަށް ރާވާފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް