ކ. މާލެ
|
24 ފެބްރުއަރީ 2020 | ހޯމަ 09:07
މީޑިއާނެޓް
މީޑިއާނެޓް
ރާއްޖެއެމްވީ
މީޑިއާނެޓް
މީޑިއާނެޓް ޑީކޯޑަރ ބޭނުންކޮށްގެން ކަރޯކޭ ބޭނުން ކުރެވޭގޮތް ހަދައިފި
 
500 އަށްވުރެ ގިނަ ލަވަ ކިޔާލުމުގެ ފުރުސަތު ލިބިގެންދާނެ
 
މީޑިއާނެޓްގެ ފިހާރަތަކުން ކަރޯކޭ ސައުންޑް ބާރ އަދި މައިކް ލިބެން ހުންނާނެ
 
މީޑިއާނެޓްގެ އެމް580 އަދި އެމްއެކްސް380 ޑީކޯޑަރ ބޭނުންކޮށްގެން ކަރޯކޭ ބޭނުންކުރެވޭނެ

މީޑިއާނެޓްގެ ޑީކޯޑަރ ބޭނުންކޮށްގެން ދިވެހިންގެ މެދުގައި މަޤުބޫލުކަން ހޯދާފައިވާ "ކަރޯކޭ" ބޭނުން ކުރެވޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

އެކަމާ ގުޅޭގޮތުން މީޑިއާނެޓްގެ ޕީއާރް އެންޑް މާކެޓިންގް އެގްޒެކްޓިވް ޝުވައިކާ ޝަރީފް ވިދާޅުވީ، މީޑިއާނެޓްގެ އެމް580 އަދި އެމްއެކްސް380 ޑީކޯޑަރ ބޭނުންކޮށްގެން މިހާރު ކަރޯކޭ ބޭނުން ކުރެވޭނެ ކަަމަށާއި، މިއީ ދިވެހިރާއްޖޭގައި ޑީކޯޑަރ ބޭނުންކޮށްގެން މިފަދަ މުނިފޫހި ފިލުވުމުގެ ޚިދުމަތެއް ދެވޭ ފުރަތަމަ ފަހަރު ކަމަށެވެ.

އޭގެ އިތުރުން، މި ޙިދުމަތް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި މީޑިއާނެޓްގެ ފިހާރަތަކުން ކަރޯކޭ ސައުންޑް ބާރ އަދި މައިކް ލިބެން ހުންނާނެ ކަމަށާއި، ކަރޯކޭގެ އަޖުމަ ބަލަން ބޭނުންވާ ފަރާތްތަކަށްވެސް އެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް ބުނެފައިވެއެވެ. އެގޮތުން މީޑިއާނެޓް ފްރޮންޓް އޮފީހަށްގޮސް ކަރޯކޭ ޚިދުމަތުގެ އަޖުމަ ބަލާލެވޭނެ ކަމަށް ޝުވައިކާ ވިދާޅުވިއެވެ.

ޝުވައިކާ އިތުރަށް ވިދާޅުވީ ކަރޯކޭ އެޕްލިކޭޝަން ޑީކޯޑަރުން ޑައުންލޯޑްކޮށް އިންސްޓޯލް ކުރުމުން، މިވަގުތަށް ދިވެހި، ހިންދީ، އަދި އިނގިރޭސި 500 އަށްވުރެ ގިނަ ލަވަ ކިޔާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި، މުސްތަޤުބަލުގައި މި އަދަދު އިތުރުވެގެންދާނެ ކަމަށެވެ.

ކަރޯކޭ އަކީ ލަވައިގައި ކިޔާ ޅެންބައިތުތައް (ސަބްޓައިޓަލް) މިއުޒިކާއެކު ޓީވީން ފެންނަ ގޮތަށް އިންތިޒާމް ކުރެވިފައިވާ މުނިފޫހި ފިލުވުމުގެ ހަރަކާތެކެވެ. އެގޮތުން ލަވައިގެ ލިރިކްސް ފެންނަ ގޮތަށް ލަވައިގެ މިިއުޒިކް ޓްރެކަށް ލަވަކިއުމުގެ ފުރުސަތު ކަރޯކޭއިން ލިބިގެންދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
60%
0%
40%
0%
0%
ކޮމެންޓް