ކ. މާލެ
|
23 ފެބްރުއަރީ 2020 | އާދީއްތަ 18:05
ނޭހާ ކައްކަރު އާއި އަދިތްޔަ ރޯއީ ކަޕޫރު
ނޭހާ ކައްކަރު އާއި އަދިތްޔަ ރޯއީ ކަޕޫރު
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
ނޭހާ އާއި އަދިތްޔާގެ ކައިވެނީގެ ހަޤީގަތް އެނގޭތަ؟
 
ނޭހާ އާއި އަދިތްޔާގެ ކައިވެންޏަކީ ޕަބްލިސީ ސްޓަންޓެއް
 
މި ކައިވެނި މިއަހަރުތެރޭގައި ކުރާނެ ކަމަށް ނޭހާ ބުނި
 
އަދިތްޔަ ކައިވެނި ކުރަން އުޅެނީ އެނާގެ ދުވަސްވީ ލޯބިވެރިޔާ އާއި ކަމަށް ނޭހާ ވަނީ ބުނެފައި

އިންޑިއަން އައިޑޮލްގެ ހޯސްޓް އަދިތްޔާ ނާރާޔަން އާއި ޝޯގައި ފަނޑިޔާރުކަން ކުރަމުންދާ ނޭހާ ކައްކަރު މިހިނގާ ފެބްރުއަރީ މަހުގެ 14 ގައި ކައިވެނިކުރަން އުޅުނު ވާހަކަތައް ފެންމަތިވުމަކީ، ޕަބްލިސިޓީ ސްޓަންޓެއްކަން ހާމަވެއްޖެއެވެ.

ނޭހާ އާއި އަދިތްޔާގެ ކައިވެނީގެ ވާހަކަ ދެކެވެން ފެށިފައިވަނީ އަދިތްޔާގެ ބައްޕަ އާއި މަންމަ އުދިތް ނާރާޔަން އާއި ދީޕާ ނާރާޔަން އިންޑިއަން އައިޑޮލް ޝޯގައި މި ޚަބަރު ދިނުމުންނެވެ. ނޭހާގެ ބެލެނިވެރިންވެސް ވަނީ މި ޝޯގައި އެދެމީހުންގެ ކައިވެންނަށް ރުހުން ދީފައެވެ.

ނަމަވެސް ފަހުން އެކަން ވެގެން ގޮސްފައިވަނީ އިންޑީއަން އައިޑޮލްގެ ޚާއްސަ "ވެޑިން" އެޕިސޯޑްގެ ޝޫޓިންއެއް ކަމަށެވެ. އުދިތް ވެސް ފަހުން ވަނީ އެއީ ޕަބްލިސިޓީ ސްޓަންޓެއް ކަމަށް ބުނެފައެވެ.

އުދިތް ބުނެފައިވަނީ އަދިތްޔާ އަކީ އޭނާގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅު ކަމަށާއި އޭނާގެ ކައިވެނީގެ އިންތިޒާރުގައި އާއިލާ ތިބި ކަމަށެވެ. ނަމަވެސް ކައިވެނީގެ ވާހަކަ އަދިތްޔާ އޭނާ އާއި ހިއްސާކޮށްފައި ނުވާ ކަމަށް އުދިތް ވަނީ ބުނެފައެވެ.

އުދިތް ވަނީ ނޭހާ އަށް ތައުރީފްކޮށް ނޭހާ އޭނާގެ ދަނބިދަރިއަކަށް ވެއްޖެ ނަމަ އުފާވާނެ ކަމަށް ބުނެފައެވެ. ނޭހާ އާއި އަދިތްޔާގެ ކައިވެންޏާ ގުޅޭ ގޮތުން ދެކެވޭ ވާހަކަ ތަކަކީ އަސްލެއް ނަމައޭ ހިތަށް އަރާކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ޓައިމްސް އޮފް އިންޑިއާއަށް ދިން އިންޓަވިއުއެއްގައި ނޭހާ ބުނެފައިވަނީ އަދިތްޔާ އަކީ ވަރަށް ރަނގަޅު އަދި ހިތްހެޔޮ މީހެއް ކަމަށެވެ. އަދި ނޭހާގެ ރަހުމަތްތެރިޔާ އަދިތްޔާ މިއަހަރު ތެރޭގައި އޭނާގެ ދުވަސްވީ ލޯބިވެރިޔާ އާއި ކައިވެނި ކުރާ ޚަބަރު ހިއްސާ ކުރުމަކީ ލިބޭ އުފަލެއް ކަމަށް ނޭހާ ވަނީ ބުނެފައެވެ. އަދި ދެމީހުންނަށް އުފާވެރި ހަޔާތަކަށް ނޭހާ ވަނީ އެދިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
57%
4%
4%
0%
21%
14%
ކޮމެންޓް
ގުޅުންހުރި
މިމައްސަރަކީ މުޅި އުމުރުގައި ކޮށްފައިވާ ފާފައިން ތާހިރުވުމަށް ލިބޭ ފުރުސަތެއް، ރޭއަޅުކަންކުރުން އިތުރުކުރޭ: ޚުތުބާ
ދައުލަތުގެ މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތް ކުރެވޭނެ ގޮތްތައް ބަޔާންކޮށް އުސޫލެއް ނެރެފި
ފުލުހުންގެ ހިދުމަތަށް 91 އަހަރު - މިދިޔަ 5 އަހަރަކީ ފުލުހުންގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްކުރެވުނު 5 އަހަރު
ފައްޔާޒު ފުލުހަށް ހާޒިރުކުރުން: މިއީ އަނިޔާވެރިކަމުގެ ފެށުންތަ؟
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމުގައި މީހަކު ބަންދުކޮށްފި
ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް
އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ