ކ. މާލެ
|
23 ފެބްރުއަރީ 2020 | އާދީއްތަ 00:36
ނ ހޮޅުދުއަަށް އުދައަރަމުންދަނީ
ނ ހޮޅުދުއަަށް އުދައަރަމުންދަނީ
ސޯޝަލް މީޑިއާ
އުދައެރުން
ނ.ހޮޅުދުއަށް އުދަ އަރަމުންދާތީ ރައްޔިތުން ތައްޔާރީ ހާލަތުގައި
 
މިހާތަނަށް ގެއަކަށް ފެންވަދެފައިނުވާކަމަށް ކައުންސިލުން ބުނޭ
 
މެޓް އޮފީހުން ބުނެފައިވަނީ ކުރިޔަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް އުދައިގެ އަސަރު ކުރާނެ ކަމަށް
 
ގެތަކަށް ފެންވަނަ ނުދިނުމަށްޓަކައި ވެލި ބަސްތާތައް ޖަހާފައިވާކަމަށް ރަށު ކައުންސިލުން މައުލޫމާތުދޭ

ނ ހޮޅުދުއަށް އުދަ އަރަމުންދާތީ ރައްޔިތުން ތައްޔާރީ ޙާލަތެއްގައި ތިބިކަމަށް އެރަށުން ބުނެފި އެވެ.

އެރަށު އިރުމަތީ ފަރާތަށް އުދަ އަރަމުންދާއިރު މިމަހުގެ 12 ވަނަ ދުވަހުގެ ރޭ އެޞަރަޙައްދަށް އުދައެރުމުގެ ސަބަބުން ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެގޮތުން އެރޭ އެރި އުދައިގެ ސަބަބުން ރަށުގެ ޞަރަޙައްދުތަކުގައި ގާތްގަނޑަކަށް 3 ފޫޓަށް ލޮނުގަނޑު ބޮޑުވެފައިވާ ކަމަށާއި، ވަރަށް ގިނަ ގެތަކަށްވެސް ފެންވަދެފައިވާކަމަށް ރަށު ކައުންސިލުން ވަނީ ބުނެފަ އެވެ.

ހޮޅުދޫ ކައުންސިލުން މަޢުލޫމާތުދޭ ގޮތުގައި މިރޭ އަދި އެވަރަށް އުދަނޭރި ނަމަވެސް އެޞަރަޙައްދުގެ ރައްޔިތުން ތިބީ ތައްޔާރީ ޙާލަތެއްގަ އެވެ. އެގޮތުން ގެތަކަށް ފެންވަނަ ނުދިނުމަށްޓަކައި ވެލި ބަސްތާތައް ޖަހާފައިވާކަމަށް ރަށު ކައުންސިލުން މަޢުލޫމާތު ދެއެވެ. އެހެންކަމުން އަދި މިހާތަނަށް ގެއަކަށް ފެންވަދެފައިނުވާކަމަށް ކައުންސިލުން ބުނެއެވެ.

މީގެކުރިން އެރަށަށް އުދަ އަރާ ބައެއް ގޭގޭގައި ފޫޓަކަށްވުރެ ބޮޑަށް ފެންވަދެ، ހިފާގެންގުޅޭ ސާމާނުތަކާއި ފަރުނީޗަރުތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިގެންގޮސްފަ އެވެ. އަދި އެރޭ ގާތްގަނޑަކަށް 12 ވަރަކަށް ގެއަށް އެއްކޮށް ފެންވަދެފައިވާކަމަށް ހޮޅުދޫ ކައުންސިލުން ވަނީ މަޢުލޫމާތު ދީފަ އެވެ.

އޭގެފަހުންވެސް ދޭތެރެ ދޭތެރެއިން ބައެއް ރޭރޭ އެރަށަށް އުދައިގެ އަސަރު ވަނީ ކޮށްފަ އެވެ.

މެޓް އޮފީހުން ބުނެފައިވަނީ ކުރިޔަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް އުދައިގެ އަސަރު ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެންކަމުން އެކަމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
100%
0%
0%
0%
ކޮމެންޓް
23 ފެބްރުއަރީ 2020 | އާދީއްތަ 09:00
ނާޒިމް
ތިރަށަޢްވެސް އުދަ އަރަމުން ތިދަނީ ރަ އީސް ޔާމިން ތިނަދޫގެ އުތުރު ފަރާތުބިމުން 53ހެކްޓަރުގެ ބިންހި އްކުމުގެ ސަބަބުން ކަމަށްވަނީ