ކ. މާލެ
|
22 ފެބްރުއަރީ 2020 | ހޮނިހިރު 18:24
ޝިލްޕާ ޝެޓީ އާއި ރާޖް ކުންދްރާ
ޝިލްޕާ ޝެޓީ އާއި ރާޖް ކުންދްރާ
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
އަންހެން ދަރިއަކު ހޯދުމަށް ޝިލްޕާ ދެކުނު ހުވަފެން ކާމިޔާބު ވެއްޖެ
 
އަބަދުވެސް އަންހެން ދަރިއަކު ދެއްވާތޯ ދުއާ ކުރާކަމަށް ޝިޕްލާ ބުނި
 
ދަރިފުޅަށް ދީފައިވާ ނަމަކީ ސަމީޝާ
 
ޝިލްޕާއަށް އަންހެން ދަރިއަކު ލިބިފައިވަނީ މިމަހުގެ 15 ގައި

ބޮލީވުޑްގެ ތަރި ޝިލްޕާ ޝެޓީއާއި ރާޖް ކުންދްރާއަށް ދެވަނަ ދަރިއަކު ލިބިފައިވަނީ އެދެމަފިރިން އަންހެން ދަރިއަކު ހޯދުމަށް މަސައްކަތް ކުރާތާ ފަސް އަހަރު ފަހުން ކަމަށް ޝިލްޕާ ބުނެފިއެވެ.

މިދިޔަ ހުކުރު ދުވަހު ޝިޕްލާ ވަނީ އެނާއަށް އަންހެން ދަރިއަކު ލިބުނު ކަން އިއުލާން ކޮށްފައެވެ.

ދަރިފުޅުގެ އަތްތިލަ ފެންނަ ފޮޓޮއެއް ހިއްސާކޮށް ދަރިފުޅު އުފަންވީ މިހިނގާ ފެބްރުއަރީ މަހުގެ 15 ގައި ކަމަށާއި ދަރިފުޅަށް ދީފައިވާ ނަމަކީ ސަމީޝާ ޝެޓީ ކުންދްރާ ކަމަށް ޝިލްޕާ ވަނީ ބުނެފައެވެ. އަދި އެނާގެ ހުވަފެން ހަޤީގަތަކައް ވެފައިވާ ކަމަށްވެސް ޝިލްޕާ ވަނީ ބުނެފައެވެ.

މުމްބާއީ މިރަރއަށް ދިން އިންޓަވިއުއެއްގައި ޝިލްޕާ ބުނެފައިވަނީ އެނާއަށް ފެބްރުއަރީ މަހު ދަރިއަކު ލިބޭނެ ކަމުގެ ޚަބަރު ލިބުނު އިރު، ދެ ފިލްމެއްގައި މަސައްކަތް ކުރަން ސޮއި ކޮށްފައި އޮތް ކަމަށެވެ. އެހެންކަމުން މަސައްކަތާއި ދުރުވެ މި މަސްއެއްކޮށް ދަރިފުޅަށްޓަކައި ހުސްކޮށްފައިވާ ކަމަށް ޝިލްޕާ ބުނެފައިވެއެވެ. އަދި ޝިލްޕާ ވަނީ އޭނާގެ ގިނަ މަސައްކަތްތައް ފެބްރުއަރީއަށް ނިންމުމަށް ފިލްމުގެ ޓީމުން ވެދިން އެހީތެރިކަމަށް ޝުކުރުއަދާކޮށްފައެވެ.

ދަރިފުޅަށް ނަން ދިނުމާއި ގުޅޭ ގޮތުން ޝިލްޕާ ބުނެފައިވަނީ ސަމީޝާ، އެ ނަމަކީ ޝިލްޕާގެ އުމުރުން 21 އަހަރުގައި އޭނާއަށް އަންހެން ދަރިއަކު ލިބުމުން ކިޔަން އޭރުއްސުރެ ނިންމާފައިވާ އޮތް ނަމެއް ކަމަށާއި، އޭނާ އަބަދުވެސް އަންހެން ދަރިއަކު ލިބޭނެކަމުގެ ހުވަފެންތައް ދެކެމުން އައިކަމަށެވެ.

ޝިޕްލާ އާއި ރާޖް ކައިވެނި ކޮށްފައިވަނީ 2009 ވަނަ އަހަރުގެ ނޮވެންބަރު މަހުއެވެ.

އަދި އެދެމަފިރިންނަށް ފިރިހެން ދަރިފުޅު ވިއާން ލިބިފައިވަނީ 2012 ވަނަ އަހަރުގެ މެއި މަހުއެވެ. ސަމީޝާ އަކީ ސަރޮގޭޓް މަންމައެއް ބޭނުންކޮށްގެން ހޯދި ދަރިއެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
40%
0%
20%
0%
40%
0%
ކޮމެންޓް