ކ. މާލެ
|
26 މާރޗް 2017 | އާދީއްތަ 15:03
ސަލްމާން ޚާން އާއި ކެޓްރީނާ ކައިފް މުހާރު ކުޅެމުންދާ ފިލްމް"ޓައިގާ ޒިންދާހޭ" ގެ މަންޒަރެއް
ސަލްމާން ޚާން އާއި ކެޓްރީނާ ކައިފް މުހާރު ކުޅެމުންދާ ފިލްމް"ޓައިގާ ޒިންދާހޭ" ގެ މަންޒަރެއް
ގޫގުލް
ބޮލީވުޑް
"ޓައިގާ ޒިންދާހޭ" ގެ ޝޫޓިން ނިންމާލުމަށްފަހު ކެޓްރީނާ އެނބުރި މުމްބާއީއަށް!
 
މުމްބާއީ އެއަރޕޯޓްގައި ނަގާފައިވާ ފޮޓޯތަކެއް ޓުވީޓް ކޮށްފައި

 ބޮލީވުޑް އެކްޓްރެސް  ކެޓްރީނާ ކައިފް އޭނާގެ ކުރީގެ ލޯބިވެރިޔާ އަދި މެގަ ސްޓާ ސަލްމާން ހާންއާއެކު ކުޅެމުންދާ ފިލްމް "ޓައިގާ ޒިންދާހޭ" ޝޫޓް ކުރުމަށް މި ދެތަރިން މިހިނގާ މާރޗް މަހުގެ ތެރެގައި ވަނީ  އޮސްޓްރިއާއަށް ގޮސްފައެވެ.

 

ކެޓްރީނާ އޭނާގެ ޝޫޓިން ނިންމާލުމަށްފަހު އެނބުރި މުމްބާއީ އަށް އައިސްފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ. އަދި އޭނާ ވަނީ މުމްބާއީ އެއަރޕޯޓްގައި ނަގާފައިވާ ފޮޓޯތަކެއް ޓުވީޓް ކޮށްފައެވެ.

 

ކެޓްރީނާ އޮސްޓްރިއާއަށް ގޮސްފައިވަނީ "ޓައިގާ ޒިންދާހޭ"ގެ ޓައިޓްލް ލަވަ "ދިލް ދިޔަން ގައްލަން" ގެ ރޮމޭންޓިކް މަންޒަރުތަކެއް ސަލްމާން އާއެކު ޝޫޓް ކުރުމަށް ކަމަށް ޚަބަރުތައް ބުނެއެވެ.

 

މި ފިލްމްގެ ޝޫޓިންގެ މަންޒަރެއް ދައްކުވައިދޭ ފޮޓޯއެއް ސަލްމާން ހާން ވަނީ ޓުވިޓާ މެދުވެރިކޮށް ބެލުންތެރިންނާ ހިއްސާކޮށްފައެވެ.

 

 "ޓައިގާ ޒިންދާ ހޭ" ފުރަތަމަ މަންޒަރު ސަލްމާން ހިއްސާކޮށްފައިވާއިރު އެ ފޮޓޯ އިން ފެނިގެން ދަނީ ދެ މީހުން އެކަކު އަނެކަކަށް ބަލަން ތިބޭ މަންޒަރެވެ.

 

ސަލްމާން ހާން މި ފިލްމުގައި ފެނިގެން ދާނީ އިންޑިއާގެ ޖާސޫސީ އިދާރާ ކަމަށްވާ ރޯ ގައި މަސައްކަތްކުރާ އެޖެންޓެއްގެ ރޯލެވެ. އަދި ކެޓްރީނާ ފެނިގެން ދާނީ ޕާކިސްތާނުގެ ޖާސޫސީ އިދާރާގައި މަސައްކަތްކުރާ ސްޕައި އެޖެންޓެއްގެ ރޯލެވެ.

 

މި ދެތަރިން އެކުގައި  އެންމެ ފަހުން ފެނިފައިވަނީ މީގެ ފަސް އަހަރު ކުރިން "އޭކް ތާ ޓައިގާ" އިންނެވެ.

 

"ޓާއިގާ ޒިންދާހޭ" އަކީ ބެލުންތެރިންގެ ފަރާތުންނާއި ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި "އޭކް ތާ ޓައިގާ" ގެ ދެވަނަ ބައެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް، ދެން މިގައުމުގެ ކަންކަން ދާނެ ގޮތް ރައްޔިތުން ތަސައްވުރު ކުރައްވާ: ޔާމީން
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
ނަމާދަށް އިސްކަންދީ، ތިބާ ބުނެއުޅޭ ވާހަކަތަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ގޮވާލައިފި
ދެރަށެއްގެ އެއާޕޯޓު ތަރައްގީކުރުމާއި ތިން ރަށެއްގެ ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް
އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުން ބަދުނާމުކުރުމުގެ ނިޔަތުގައި ހަބަރުފަތުރާފައިވާތީ އެކަން ކުށްވެރިކޮށްފި
އެހާ އިޚުލާސްތެރިނަމަ "އުޑުގައި ނުޖެހި ބިމުގައި ނުޖެހި" މައްސަލަ ބަލަން ގޮވާލައްވާނެ
އިނގިރޭސި ލީގު ބަލަން ވަން މީހުންގެ 28 ޕަސެންޓަކީ އަންހެނުން