ކ. މާލެ
|
22 ފެބްރުއަރީ 2020 | ހޮނިހިރު 14:01
އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
އެމްޑީޕީ
ލޯކަލް ކައުންސިލްތަކުގެ އިންތިހާބު
އެމްޑީޕީގެ ޖަލްސާގެ ހާޒިރީ ދަށް، އާންމު މެންބަރުންގެ ކަންބޮޑުވުންތައް ހައްލު ކުރާނަން: ރައީސް ނަޝީދު
 
ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ހައްލެއް ހޯއްދެވޭނެ ކަމަށް
 
53.000 ރައްޔިތުން މުޅި ރާއްޖެއިން ޖަލްސާތަކުގައި ބައިވެރިވެފައިވާ ކަމަށް އަންދާޒާ ކުރެވޭ
 
161 ރަށުގައި ޖަލްސާ ބާއްވާފައިވޭ

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެމްޕެއިން ފެށުމަށް އެމްޑީޕީން މާލޭގައި ބޭއްވި ޚާއްޞަ ޖަލްސާގައި ބައިވެރިވި މީހުންގެ ޢަދަދު މަދުކަމަށް އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ބެހޭ މަޢުލޫމާތު ދެއްވުމަށް އެމްޑީޕީގެ ކެމްޕެއިން މައި އޮފީހުގައި ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެމްޕެއިން ރަސްމީކޮށް ލޯންޗުކުރުމަށް ހުކުރު ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި ޖަލްސާގައި ބައިވެރިވި މީހުން މަދުކަމަށާއި، އެހެން އެގޮތަށް ދިމާވި މައިގަނޑު ސަބަބަކީ، މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ކަންބޮޑުވުންތަކަށް އެދެވޭ ޙައްލެއް ގެނެސްދެވިފައިނުވާތީކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ޕްރައިމަރީގެ ތެރޭގައި ވެސް ބައެއް ބޭފުޅުންގެ ހިތްހަމަ ނުޖެހުން ހުރިކަމަށެވެ. އެހެންނަމަވެސް ޕްރައިމަރީއާ ގުޅިގެން ހިތްހަމަ ނުޖެހުން ހުރި ފަރާތްތަކާއި ރައްޔިތުންގެ ޙައްޤުތަކާއި ގުޅޭ މަސައްކަތަކާއި ޚާއްޞަކޮށް ބޯހިޔާވަހިކަމާ ގުޅޭ މައްސަލަތައް ޙައްލު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ވަރަށް ގިނަ ބޭފުޅުން އެބަވިދާޅުވޭ، ރޭގެ ޖަލްސާއަށް މީހުން ނިކުތް މިންވަރު މަދޭ، އަޅުގަނޑުމެން ބަލައިގަންނަން މީހުން ނިކުތް މިންވަރު މަދުކަމަށް. އަޅުގަނޑުމެންގެ އަމާޒަކީ އަޅުގަނޑުމެންގެ ކެންޑިޑޭޓުންނާއި އެބޭފުޅުންގެ ވޯޓަރުން (ރައްޔިތުންނާ) ދެމެދުގައި މަޝްވަރާތައް ކުރެވި ވާހަކަދެކެވި ކަންކަން ފާހަގަކުރެވި، ދެން ޕާޓީއާ ސަރުކާރާ ގުޅިގެން އެމައްސަލަތައް، އެކަންކަން ހައްލު ކުރަމުންދިއުން. އަޅުގަނޑުމެން ދެކޭގޮތުގައި މާލޭގެ ރައްޔިތުންނަށް އަޅުގަނޑުމެންނަށް ހައްލު ހޯދާދެވޭނެ. އަޅުގަނޑުމެނެއް ނުދެކެން އެހެން ސިޔާސީ ޕާޓީއަކަށް، މާލޭގެ ރައްޔިތުންނަށްވެސް އަދި ރާއްޖޭގެ ރައްޔިތުންނަށް ވެސް ދެމެހެއްޓެނެވި ހައްލެއް ހޯދާދެވިދާނެ ކަމަށް،
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ އެމްޑީޕީގެ ކެމްޕެއިން ސްޕޯކްސް ޕަރސަން އަފްޝަން ލަޠީފް ވިދާޅުވީ، ހުކުރު ދުވަހުގެ ރޭ އެމްޑީޕީން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެމްޕެއިން ލޯންޗުކުރުމަށް ބޭއްވި ޚާއްޞަ އިވެންޓުގައި މާލޭގެ އިތުރުން، ރާއްޖޭގެ 161 ރަށުގައި ޖަލްސާ އެއްފަހަރާ އެއް ވަގުތެއްގައި ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

އަފްޝަން ވިދާޅުވީ 108 އަށަކުން އެޖަލްސާ ލައިވް ޓެލަކާސްކޮށްފައިވާ ކަމަށެވެ. އަފްޝަން ވިދާޅުވީ 877 ކެންޑިޑޭޓުން އެ ކެމްޕެއިން ލޯންޗިން ޙަރަކާތުގައި ބައިވެރިވެފައިވާ ކަމަށެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށް ވާދަކުރައްވާ 442 ކެންޑިޑޭޓުން ވެސް އެ ޙަރަކާތުގައި ބައިވެރިވެފައިވާ ކަމަށް އަފްޝަން ވިދާޅުވި އެވެ.

އަފްޝަން ވިދާޅުވީ ކެމްޕެއިން ލޯންޗުކުރުމުގެ ޙަރަކާތުގައި މުޅި ރާއްޖެއިން 53،000 ރައްޔިތުން ބައިވެރިވެފައިވާކަމަށް އަންދާޒާކުރެވޭ ކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
48%
0%
25%
20%
8%
ކޮމެންޓް
23 ފެބްރުއަރީ 2020 | އާދީއްތަ 02:45
ޙުނު
މަ އިގަޑުު މަ އްސަލަ އަކީ ބޯހިޔާ ވަހިކަމުގެ މަ އްސަލަ އަވަހަ އް ހަ އްލުކޮ އްދީ
22 ފެބްރުއަރީ 2020 | ހޮނިހިރު 19:21
ބޭބެ
އަޅުގަޑުމެންގެމިނިވަންވޭޖުއާއިސާ ސާވީސްޗާޖުގެވާ ހަކައޮތީބުރަހެ އިގަޖެ ހިވިހެއުންލަސްވެެެެެފަމި ހާރުވެސްބައެއްރިސޯޓުތަކުގަމުސާރައާސާވީސްޗާޖުދެނީދިވެ ހިރުފިއާއިންމިކަންބަލާނެ ހިއްވަރެއްހުސަރުކާރެއްނެއް
22 ފެބްރުއަރީ 2020 | ހޮނިހިރު 18:21
ދުންމާރި
ކޮބާ، މިހާރުވެސ އޮއެވަރު ފެނިއްޖެ ދެއްތޯ