ކ. މާލެ
|
21 ފެބްރުއަރީ 2020 | ހުކުރު 22:58
އެމްޑީގެ ޓިކެޓުގައި އައްޑޫ ސިޓީގެ މެމްބަރުކަމަށް ވާދަކުރައްވާ އަލީ ނިޒާރު
އެމްޑީގެ ޓިކެޓުގައި އައްޑޫ ސިޓީގެ މެމްބަރުކަމަށް ވާދަކުރައްވާ އަލީ ނިޒާރު
ޓްވިޓަރ
އެމްޑީޕީ- އެލްސީއީ 2020
ޤާނޫނުތަކަށް ބަދަލު ގެންނަ އެބަޖެހޭ، އަދި ސިޔާސީ ބޭފުޅުންގެ ވާހަކަ ވެސް ބަދަލުވާންޖެހޭ: ނިޒާރު
 
އަތޮޅުތަކުގެ ރައްޔިތުން ތަރައްޤީ ލިބިގަތުމަށް ދައްކާ ވާހަކަތައް ވެސް މިހާރު ބަދަލު ކުރަން ޖެހިފައިވޭ
 
އެމްޑީޕީން ކުރަމުން ގެންދާ މަސައްކަތަކީ ރާއްޖެ ބަދަލުކުރުމާއި ކަންކަން ބަދަލުކުރުން: ނިޒާރު
 
އެ ބަދަލު ނައިސް ރައްޔިތުންނަށް ބަދަލު ނާންނާނެ: ނިޒާރު

ޤާނޫނުތަކަށް ބަދަލު ގެންނަ ޖެހޭ ކަމަށާއި އަދި ސިޔާސީ ބޭފުޅުންގެ ވާހަކަ ވެސް ބަދަލުވާން ޖެހޭ ކަމަށް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި އައްޑޫ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓް އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީގެ ކެމްޕެއިން ލޯންޗިންގް ޖަލްސާގައި ވާހަކަ ދައްކަވަމުން ނިޒާރު ވިދާޅުވީ ސިޔާސީ ބޭފުޅުންގެ ވާހަކަ ބަދަލުވާންޖެހޭ ކަމަށާއި އެ ބަދަލު ނައިސް ރައްޔިތުންނަށް ބަދަލު ނާންނާނެ ކަމަށެވެ. އެމްޑީޕީން ކުރަމުން ގެންދާ މަސައްކަތަކީ ރާއްޖެ ބަދަލުކުރުމާއި ކަންކަން ބަދަލުކުރުމުގެ އިތުރުން މަލަމަތި ބަދަލުކުރަން ކުރާ މަސައްކަތް ކަމަށް ނިޒާރު ވިދާޅުވިއެވެ.

މީގެ ކުރިންވެސް ރަށްތަކުގެ ރައްޔިތުން ހައްޤުވާ މިންވަރު ހޯދުމަށްޓަކައި މަސައްކަތް ކުރި ކަމަށާއި އެހެންނަމަވެސް ހިތާމަކުރަން ޖެހޭ ކަމަކީ މިއަދާ ހަމައަށް އައިރު އެ ހާލަތަށް ބަދަލު ނައުން ކަމަށް ނިޒާރު ފާހަގަކުރެއްވިއެވެ.

ނިޒާރު އިތުރަށް ވިދާޅުވީ އަތޮޅުތަކުގެ ރައްޔިތުން ތަރައްޤީ ލިބިގަތުމަށް ދައްކާ ވާހަކަތައް ވެސް މިހާރު ބަދަލު ކުރަން ޖެހިފައިވާ ކަމަށެވެ. އަދި އެއްގަމުގެ ތޮއްޓާއި ގަމު ތޮއްޓަށް ޑިމާންޑުކޮށްގެން ތަރައްޤީ ފެންނަން ނެތްކަން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގައި ވިސްނަންޖެހޭ ކަމަކީ އަޅުގަނޑުމެން އެއްގަމު ތޮއްޓާއި ގަމު ތޮއްޓަށް ހަމައެކަނި ޑިމާންޑުކޮށްގެން ތަރައްޤީ ފެންނަން ނެތްކަން. އަޅުގަނޑުމެން އެހެން ވާހަކަތަކެއް އެހެން މޭރުމަކުން އެހެން ރާގަކަށް ދައްކަން އެބަޖެހޭ. އެހެން ނޫންނަމަ އަޅުގަނޑުމެންނަށް ތަރައްޤީއާ ދިމާލަށް ދަތުރެއް ނުކުރެވޭނެ
އެމްޑީޕީގެ ޓިކެޓުގައި އައްޑޫ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ އަލީ ނިޒާރު

ޤާނޫނަށް ބަދަލު ގެނައުމުގެ ހިތްވަރު ހުރީ އަދި އެ ޤާނޫނުތަކުގެ ވާހަކަ ދައްކަނީ ވެސް އެމްޑީޕީން އެކަނި ކަމަށް ނިޒާރު ވިދާޅުވިއެވެ. މި ޖަލްސާގައި ވާހަކަ ދައްކަވަމުން ނިޒާރު ވިދާޅުވީ އަންހެނުން ބާރުވެރިކޮށް، އަންހެންނުން ސިޔާސީ މައިދާނަށް ނެރުމަށްޓަކައި މަސައްކަތްކޮށްދިން އެންމެ ފުރަތަމަ ޕާޓީއަކީ ވެސް އެމްޑީޕީ ކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
50%
0%
0%
50%
0%
ކޮމެންޓް